Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 25:31 - ކިތާބުލް މުޤައްދަސާ

31 ޔަޢުޤޫބުގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”⁠އަހަރެން ތިބާއަށް ސުރުވާ ތައްޓެއް ދޭނީ އެންމެ ދޮށީ ފިރިހެން ދަރިފުޅުގެ ޙައްޤު އަހަރެންނަށް ވިއްކާ ގޮތުގެ މަތިން.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 25:31
9 ပူးပေါင်းရင်းမြစ်များ  

އެ ހިނދު ޢީސޫ ޔަޢުޤޫބަށް މިފަދައިން ދެންނެވިއެވެ. ”⁠އަހަރެން މިވަނީ ވަރަށް ބަނޑުހައިވެފަ. ތިބާ ތިޔަ ކައްކާ ރަތް ސުރުވާއިން ސުރުވާ ތައްޓެއް އަހަންނަށް ދީބަލަ.⁠“ (ޢީސޫއަށް އަދޫމުގެ ނަމުން މީހުން މުޚާތަބު ކުރަނީ މިހެން ވެގެންނެވެ.)


ޢީސޫ ދެންނެވިއެވެ. ”⁠އެންމެ ރަނގަޅު! އަހަރެން މިވަނީ ބަނޑުހައިވެގެން ގޮސް ހާންތިވެފައި. މި ގޮތުގައި އަހަރެން މަރުވެއްޖެނަމަ އެ ޙައްޤުން އަހަރެންނަށް ކުރާނީ ކޮން ފައިދާއެއް؟⁠“


ޢީސޫ ދެންނެވިއެވެ. ”⁠ޔަޢުޤޫބު އެއީ އެކަލޭގެފާނަށް ކިޔުން އެންމެ އެކަށީގެންވާ ނަން. ދެފަހަރުމަތިން އެކަލޭގެފާނު އަހަރެންނަށް އޮޅުވާލައިފި! އެއީ ދޮށީ ދަރިއެއްގެ ގޮތުން އަހަރެންނަށް ލިބެންޖެހޭ ޙައްޤާއި އަދި މިފަހަރު އަހަރެންނަށް ލިބެންޖެހޭ ބަރާކަތް!⁠“ ޢީސޫ އިސްޙާޤުގެފާނަށް އިތުރަށް ދެންނެވިއެވެ. ”⁠ބައްޕާފުޅާ، އަޅުގަނޑަށްޓަކައި ހަމަ އެންމެ ބަރަކާތެއް ވެސް ނެތީތޯ؟⁠“


އެއަށް ފަހު އެމީހާ ބުންޏެވެ. ”⁠މީގެ ފަހުން ތިބާގެ ނަމަކީ ޔަޢުޤޫބެއް ނޫން. ތިބާގެ ނަމަކީ އިސްރާއީލު. ސަބަބަކީ ތިބާ އިންސާނުންނަށާއި އަދި މާތްކަލާނގެއަށް ދޫނުކޮށް ތަޅާފޮޅައިގެން ތިބާ މޮޅުވުން.⁠“


އަދި ޢީސޫ ފަދަ ހަމައެއް ނެތް، ކަލެއް ނެތް ވަހުޝީ މީހަކަށް ނުވާށެވެ. ހަމަ އެކަނި އެންމެ ކާއެތިކޮޅަކަށްޓަކައި ދޮށީދަރީގެ ޙައްޤު އޭނާ ދޫކޮށްލިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ