29 އެއްދުވަހަކު ޔަޢުޤޫބުގެފާނު ތަރުކާރީ ސުރުވާ ކައްކަވަމުން ގެންދަވަނިކޮށް ޢީސޫ ޝިކާރައިން އެނބުރި ގެއަށް ވަނެވެ. އެކަލޭގެފާނު ވަނީ ވަރަށް ބޮޑަށް ބަނޑުހައި ވެފައެވެ.
އެ ހިނދު ޢީސޫ ޔަޢުޤޫބަށް މިފަދައިން ދެންނެވިއެވެ. ”އަހަރެން މިވަނީ ވަރަށް ބަނޑުހައިވެފަ. ތިބާ ތިޔަ ކައްކާ ރަތް ސުރުވާއިން ސުރުވާ ތައްޓެއް އަހަންނަށް ދީބަލަ.“ (ޢީސޫއަށް އަދޫމުގެ ނަމުން މީހުން މުޚާތަބު ކުރަނީ މިހެން ވެގެންނެވެ.)
ދެން ޔަޢުޤޫބުގެފާނު ޢީސޫއަށް ބޯ ރޮއްޓާއި ސުރުވާ ދިނެވެ. އެކަލޭގެފާނު ފަރީއްކުޅުއްވައި ފެންފޮދު ހިއްޕެވުމަށް ފަހު ތެދުވެވަޑައިގެން ޙައްޤު ވިއްކާލެއްވުނު ކަމާމެދު އެއްވެސް ފިކުރުފުޅެއް ނުކުރައްވާ ވަޑައިގެންފިއެވެ.
ހެޔޮގޮތުގައި އުޅޭމީހާއަށް ހިތްފުރެންދެން ކާން ލިބެއެވެ. ނުބައިމީހާ ހުންނާނީ ހާބަނޑަށެވެ.
އެވަގުތު އޭގެ ތެރޭން މީހަކު އޭނާގެ ގާތު ބުންޏެވެ. ”ކަލޭގެ ބައްޕަ ވަނީ މިއަދު އަހަރެމެންނާ ހުވައެއް މަތި ކުރައްވާފައި. އެއީ ދުޝްމަނުން ބަލި ނުވަނީސް އެކަކު ވެސް ކާ އެއްޗެއް ނުކެއުމަށް. އެހެންނޫނީ އެމީހަކަށް ލަޢުނަތް ލެވިދާނެޔޭ. އެހެންވެ އެންމެން މިތިބީ ހާންތިވެފަ“
އެދުވަހު އިސްރާއީލީން ފިލިސްޠީނުންނާ މިޚްމާސްއާއި އައްޔަލޫންއާ ދެމެދު ގަދަފަދައަށް ހަނގުރާމަކޮށް އެމީހުން ވަނީ ބަޑުހައިވެ ވަރުދެރަ ވެފައެވެ.