ފެށުން 25:28 - ކިތާބުލް މުޤައްދަސާ28 ޢީސޫ ޝިކާރަ ކުރައްވައި ވަލު ޖަނަވާރުތަކުގެ މަސް އެކަލޭގެފާނުގެ ބައްޕާފުޅު އިސްޙާޤުގެފާނު ފަރިއްކުޅުއްވުމަށް އަރުވައެވެ. އިސްޙާޤުގެފާނު ޢީސޫ ދެކެ ނުހަނު ލޯބިފުޅުވެއެވެ. ނަމަވެސް ޔަޢުޤޫބުގެފާނަކީ އެކަލޭގެފާނުގެ މަންމާފުޅު، ރިފްޤާ އެންމެ ރުހޭ ދަރިކަލުންނެވެ. အခန်းကိုကြည့်ပါ။ |
ދެން އިސްޙާޤުގެފާނު ވިދާޅުވިއެވެ. ”ދަރިފުޅު ތިޔަގެނައި ކެއުން ބައްޕައަށް ދީ. އެ ތަކެތި ކެއުމަށް ފަހު ދަރިފުޅަށް ބަރަކާތް ލެއްވުމަށް އެދި ބައްޕަ ދުޢާ ކޮށްދެއްވާނަމު.“ ދެން ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ ބައްޕާފުޅަށް ފަރިއްކޮޅު އެރުވިއެވެ. އަދި އެތަކެތި އިސްޙާޤުގެފާނު ފަރިއްކުޅުއްވުމުން މޭބިސްކަދުރުގެ ދިޔަ ވެސް އެރުއްވިއެވެ. ދެން އިސްޙާޤުގެފާނު އެ ދިޔަ ފޮދު ވެސް ހިއްޕެވިއެވެ.
އަދި އެކަލޭގެފާނު ވެސް ވަރަށް މީރު ފަރިއްކޮޅެއް ތައްޔާރު ކުރައްވައިގެން ބަފައިކަލުންނަށް ވެދުމަށް އެރުވުމަށް ވަޑައިގެންނެވުމަށް ފަހު ދެންނެވިއެވެ. ”ބައްޕާފުޅާ، ތެދެވެވަޑައިގަންނަވާ، އަދި ބައްޕާފުޅުގެ ދަރިފުޅުގެ ޝިކާރައިން ގެނައި ފަރިއްކޮޅުން ފަރީއްކުޅުއްވާ. އެއަށް ފަހު އަޅުގަނޑަށް ބަރަކާތަށް އެދިވަޑައިގެން ދުޢާކޮށްދެއްވާ!“