ފެށުން 25:26 - ކިތާބުލް މުޤައްދަސާ26 ދެވަނަ ދަރިފުޅާއިގެން ރައްކާވެ ވަޑައިގެންނެވި ހިނދު އެ ދަރިކަލުން އޮންނެވީ ދޮށީ ދަރިކަލުން ޢީސޫގެ ފުންނާބުގައި ވަރަށް ބާރަށް ހިފަހައްޓައިގެންނެވެ. އެދަރިފުޅަށް ޔަޢުޤޫބުއޭ ކިޔައި ނަން ދެއްވިއެވެ. އިސްޙާޤުގެފާނަށް މި ދެދަރިކަލުން ލިބިވަޑައިގެންނެވީ އެކަލޭގެފާނުގެ އުމުރުފުޅުން ފަސްދޮޅަސް އަހަރު ގައެވެ. အခန်းကိုကြည့်ပါ။ |
ޢީސޫ ދެންނެވިއެވެ. ”ޔަޢުޤޫބު އެއީ އެކަލޭގެފާނަށް ކިޔުން އެންމެ އެކަށީގެންވާ ނަން. ދެފަހަރުމަތިން އެކަލޭގެފާނު އަހަރެންނަށް އޮޅުވާލައިފި! އެއީ ދޮށީ ދަރިއެއްގެ ގޮތުން އަހަރެންނަށް ލިބެންޖެހޭ ޙައްޤާއި އަދި މިފަހަރު އަހަރެންނަށް ލިބެންޖެހޭ ބަރާކަތް!“ ޢީސޫ އިސްޙާޤުގެފާނަށް އިތުރަށް ދެންނެވިއެވެ. ”ބައްޕާފުޅާ، އަޅުގަނޑަށްޓަކައި ހަމަ އެންމެ ބަރަކާތެއް ވެސް ނެތީތޯ؟“
މާތްރަސްކަލާނގެ އިބްރާހީމްގެފާނަށް އެންގެވި. ’ތިމަންކަލާނގެއާއި ކަލެއާއި ދެމެދު މި ކުރެވުނު ޢަހުދުނާމާ ހަނދާން ހުރިކަމާއި އަދި އެ ޢަހުދުނާމާގައި ކަލޭ އެއްބަސްވެފައިވާ ކަން ހާމަކުރުމަށްޓަކައި ކަލޭމެންގެ ހުރިހާ ފިރިހެންދަރިން ޚިތާނު ކުރަން ޖެހޭނޭ.‘ އެހެން ކަމުން އިބްރާހީމްގެފާނު އެކަލޭގެފާނުގެ ދަރިކަލުން އިސްޙާޤުގެފާނުގެ އުމުރުފުޅުން އަށްވަނައަށް ވީ ދުވަހު އެދަރިކަލުން ޚިތާނު ކުރެއްވި. އަދި ފަހުން އިސްޙާޤުގެފާނު އެކަލޭގެފާނުގެ ދަރިކަލުން ޔަޢުޤޫބުގެފާނު ޚިތާނު ކުރެއްވި. އަދި ޔަޢުޤޫބުގެފާނު ވެސް އެކަލޭގެފާނުގެ ބާރަ ފިރިހެން ދަރިކަލުން ޚިތާނު ކުރެއްވި. މިއީ އަހަރެމެންގެ ދަރިކޮޅުގެ މަޝްހޫރު ބާރަ ކާބަފައިކަލުން.