24 ރިފްޤާ އެއްމާބަނޑު ދެ ދަރިކަލުންނާއިގެން ރައްކާވެ ވަޑައިގެންނެވިއެވެ.
މާތްރަސްކަލާނގެ އެކަމަނާއަށް ވަޙީކުރެއްވިއެވެ. ”ކަމަނާގެ ދެ ދަރިކަލުން ވާހުށީ ވަކި ދެ ޤައުމެއް ކަމުގައޭ. ދެ ދަރިކަލުންގެ ތެރެއިން ހަގު ދަރިކަލުން ދޮށީ ދަރިކަލުންގެ މައްޗަށް ބާރު ފޯރުވާނޭ. އަދި ދޮށީ ދަރިކަލުން ވާހުށީ ހަގު ދަރިކަލުންގެ ޚާދިމަކަށޭ.“
ފުރަތަމަ ދަރިކަލުން ވަނީ ރަތް ކުލައިގައެވެ. އޭނާގެ ގައިގެ ހަން ވަނީ ލޯލީގެ ރިދާއެއް ފަދައިންނެވެ. އެދަރިފުޅަށް ޢީސޫ އޭކިޔައި ނަންދެއްވިއެވެ.
މިއީ ޢީސޫގެ ދަރިފަސްކޮޅު އުފެދިގެން އައިގޮތެވެ. އަދި ޢީސޫއަށް އަދޫމްގެ ނަމުން މުޚާތަބު ކުރެވެއެވެ.
ތާމާރު ވިހެމުގެ ވަގުތު ކުޑަތަންވަމުން އައި ހިނދު އެކަނބުލޭގެ ނިބޫ ދެކުދިންނާއިގެން ބަލިވެއިންކަން އެނގުނެވެ.