Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 25:23 - ކިތާބުލް މުޤައްދަސާ

23 މާތްރަސްކަލާނގެ އެކަމަނާއަށް ވަޙީކުރެއްވިއެވެ. ”⁠ކަމަނާގެ ދެ ދަރިކަލުން ވާހުށީ ވަކި ދެ ޤައުމެއް ކަމުގައޭ. ދެ ދަރިކަލުންގެ ތެރެއިން ހަގު ދަރިކަލުން ދޮށީ ދަރިކަލުންގެ މައްޗަށް ބާރު ފޯރުވާނޭ. އަދި ދޮށީ ދަރިކަލުން ވާހުށީ ހަގު ދަރިކަލުންގެ ޚާދިމަކަށޭ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 25:23
33 ပူးပေါင်းရင်းမြစ်များ  

”⁠ތިމަންކަލާނގެއާ ތިބާއާ ދެމެދު ކުރެވޭ ޢަހުދުނާމާއަކީ މިއީ: ތިބާއަކީ އެތައް ޤައުމު ތަކެއްގެ ކާބަފައިކަލުން ކަމުގައި ލައްވާނެ ކަމުގެ ވަޢުދު ކުރައްވަމު. އެ ސަބަބަށްޓަކައި އަބްރާމްގެ ބަދަލުގައި ތިބާގެ ނަމަކަށް މީގެފަހުން ވާނީ އިބްރާހީމް. އެއީ ތިބާއަކީ އެތައް ޤައުމު ތަކެއްގެ ކާބަފައިކަލުން ކަމުގައި ވާނެތީ.


ރިފްޤާގެ އާއިލާ އެކަނބުލޭގެއަށް ރަޙުމަތް ލެއްވުން އެދި މިފަދައިން ދުޢާކުރިމެއެވެ. ”⁠އުޚުތާ، ތިބާއަކީ އެތައްހާސް ބައެއްގެ މަޔަކަށް ވާށި. އަދި ތިބާގެ ދަރިފަސްކޮޅު، އެމީހުންގެ ޢަދާވާތްތެރިންގެ ޤައުމުތައް ޙިސާރު ކުރާށި.⁠“


ރިފްޤާ އެއްމާބަނޑު ދެ ދަރިކަލުންނާއިގެން ރައްކާވެ ވަޑައިގެންނެވިއެވެ.


ދެ ދަރިކަލުން ބޮޑުވަމުން ދިޔައެވެ. އެ ދެ ދަރިކަލުން ތެރެއިން ޢީސޫ ޝިކާރަ ކުރުމުގެ ކުޅަދާނަ ބޭފުޅަކަށް ވިއެވެ. އަދި ހާމަކަންބޮޑު ދަނޑުތަކުގެ ތެރޭގައި އުޅުމަށް ލޯބި ކުރެއްވިއެވެ. ނަމަވެސް ޔަޢުޤޫބުގެފާނު ވީ ބަސްމަދު ބޭފުޅެއްގެ ގޮތުގައެވެ. އަދި އެކަލޭގެފާނު ގިނަ ވަގުތު ފޭލިގެކޮޅު ކައިރީގައި ހޭދަކުރެއްވުމަށް ލޯބި ކުރެއްވިއެވެ.


އެންމެހާ ވަންހަތަކުގެ މީސްތަކުން ދަރިފުޅުގެ އަމުރަށް ކިޔަމަންތެރިވެ ދަރިފުޅަށް ޚިދުމަތް ކުރާނެ. ދަރިފުޅުގެ ގާތްތިމާގެ މީހުންގެ މައްޗަށް ދަރިފުޅު ވެރިކަން ހިންގުމަށް މާތްރަސްކަލާނގެ މެދުވެރި ކުރައްވާނެ. އަދި ދަރިފުޅުގެ އެއްބަނޑު ކުދިން ދަރިފުޅަށް ކުރުނީސް ކުރާނެ. ދަރިފުޅަށް ބަދު ކަންތައްތަކަށް ހިތާ ފަރާތްތަކާއި މެދު މާތްރަސްކަލާނގެ ލަޢުނަތް ލައްވާނެ. އަދި ދަރިފުޅަށް ބަރަކާތަށް އެދޭ ފަރާތްތަކަށް ބަރަކާތް ލެވިގެންވާނެ.⁠“


އެ ހިނދު އިސްޙާޤުގެފާނު ތުރުތުރުއަޅާ ޙާލުކޮޅުގައި ވިދާޅުވިއެވެ. ”⁠އެހެން ކަމަށް ވާނަމަ ދަރިފުޅު އައުމުގެ ކުރިން ޝިކާރަ ކުރެވުނު ޖަނަވާރުގެ މަހުން ތައްޔާރުކޮށްފައިވާ ކެއުމެއް މިތަނަށް އެ ގެނައީ ކާކު؟ ދަރިފުޅު މިތަނަށް އައުމުގެ ކުރިން އަހަރެން އެ ކާނާ ކައިފިން. އަދި އެ މީހަކަށް ބަރަކާތް ލެއްވުމަށް އެދި ދުޢާކޮށްފީމު. ހަމަކަށަވަރުން އެމީހަކަށް ބަރަކާތް ލެވިގެންވާނެ.⁠“


އިސްޙާޤުގެފާނު ވިދާޅުވިއެވެ. ”⁠ދަރިފުޅުގެ މައްޗަށް ވެރިކަން ކުރުމުގެ ބާރު ޔަޢުޤޫބުއަށް އަހަރެން ދީފިން. އަދި އެކަލޭގެފާނުގެ އެއްބަނޑު މީހުންނާއި ގާތްތިމާގެ މީހުންނަކީ އެކަލޭގެފާނުގެ ޚާދިމުން ކަމުގައި ވުމަށް ނިންމައިފިން. އަދި އެކަލޭގެފާނަށް ގިނަގުނަ ގޮވާމާއި މޭބިސްކަދުރު ދެއްވުމަށް އެދި ދެންނެވިއްޖެ. މަގޭ ދަރިފުޅާ. ދަރިފުޅަށް ދިނުމަށް އިތުރު އެއްވެސް ކަމެއް ދޫކޮށްލެވިފައި ނުވޭ؟⁠“


ދަރިފުޅުގެ ދިރިއުޅުން ބިނާވާނީ ދަރިފުޅުގެ ކަނޑީގެ ބޭނުން ކޮށްގެން. އަދި ދަރިފުޅު ވާނީ ދަރިފުޅުގެ ކޮއްކޮގެ ޚާދިމެއްގެ ގޮތުގަ. ނަމަވެސް ދަރިފުޅަށް ކެތްނުވެގެން ދެކޮޅުވެރިވެގަތުމުން އެކަލޭގެފާނުގެ އަތްދަށުން ދަރިފުޅު ސަލާމަތް ވެދާނެ.⁠“


މި ޚަބަރާއިގެން ޢީސޫގެ ގާތަށް ދިޔަ މީހުން އެނބުރި ޔަޢުޤޫބުގެފާނުގެ އަރިހަށް އައިސް މިފަދައިން ދެންނެވިއެވެ. ”⁠އަހަރެމެން ކަލޭގެފާނުގެ ބޭބެ އާއި ބައްދަލު ކުރީމު. އަދި ކަލޭގެފާނުގެ ބޭބެ ހަތަރު ސަތޭކަ މީހުން ގޮވައިގެން ކަލޭގެފާނާއި ބައްދަލުކުރެއްވުމަށް މިތަނަށް އެބަ އާދޭ.⁠“


އެއަށް ފަހު އެކަލޭގެފާނު އާއިލާގެ އެންމެ ކުރީގައި ހުންނަވައިގެން ޢީސޫއާއި ބައްދަލު ކުރުމަށް ހިންގަވާ ވަޑައިގެންނެވިއެވެ. އަދި ޢީސޫއާއި ހަމައަށް ދެވުމުގެ ކުރިން، ޢީސޫއަށް ޤަދަރު ކުރުމުގެ ގޮތުން ބިންމަތީގައި އެކަލޭގެފާނުގެ އިސްތަށިފުޅުޖައްސަވައި ހަތްފަހަރު ގުދުވެ ކުރުނީސް ކުރެއްވިއެވެ.


ބަނީއިސްރާއީލުންގެ މައްޗަށް ވެރިކަން ހިންގާނޭ ރަސްކަލަކު އެބައިމީހުންގެ މައްޗަށް ލިބިފައި ވުމުގެ ކުރީގައި މި ބަޔާންކުރާ ރަސްރަސްކަލުން އަދޫމްގައި ރަސްކަން ހިންގާފައި ވެއެވެ.


އެހެނަސް އެކަމާއި އިންކާރު ކުރައްވައި ޔަޢުޤޫބުގެފާނު މިފަދައިން ވިދާޅުވިއެވެ. ”⁠ނޫން ދަރިފުޅާ. ބައްޕަ މިކުރާ ކަންތައް ބައްޕައަށް ރަނގަޅަށް އެނގޭ. މަނައްސާ މަތިވެރިވެ އޭނާއަށް ދަރިފަސްކޮޅެއް ދެއްވާނެ. ނަމަވެސް އޭނާގެ ކޮއްކޮ އަފްރާއިމް އޭނާއަށް ވުރެން މަތިވެރިވެ، އޭނާގެ ދަރިފަސްކޮޅު ގިނަވެ އެ ދަރިފަސްކޮޅަކީ މަތިވެރި ޤައުމެއް ކަމުގައި ވާނެ.⁠“


އެކަލޭގެފާނު އަދޫމްގައި ވެސް ސިފައިންގެ ބައިގަނޑެއް ބައިތިއްބެވިއެވެ. އެއާއެކު އަދޫމީންގެ އެންމެން ވެސް ދާއޫދުގެފާނުގެ ބާރުފުޅުގެ ދަށަށް ހިނގައްޖެއެވެ. އެކަލޭގެފާނު ވަޑައިގެންނެވި ކޮންމެ ތަނަކުން މާތްރަސްކަލާނގެ އެކަލޭގެފާނަށް ފަތަޙަ ދެއްވިއެވެ.


އެންމެ ހަގީ ދާއޫދު އެވެ. އޭނާގެ ދޮށީ ތިން ބެއިން ހުރިހާއިރަކު ވެސް ޝާއުލްގެފާނުގެ ލަޝްކަރުގައި ހިމެނިފައިވެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ