ފެށުން 25:21 - ކިތާބުލް މުޤައްދަސާ21 ނަމަވެސް ރިފްޤާއަށް ދަރިކަލަކު ލިބިވަޑެއް ނުގެންނެވިއެވެ. އެގޮތުން އިސްޙާޤުގެފާނު އެކަމަނާގެ ޙާލަތު ބަޔާންކުރައްވައި މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާ ދެންނެވިއެވެ. އެ ހިނދު މާތްރަސްކަލާނގެ އެކަލޭގެފާނުގެ ދުޢާ އިޖާބަ ކުރެއްވިއެވެ. ދެން ރިފްޤާ އާލާސްވެ އިންނަވައިފިއެވެ. အခန်းကိုကြည့်ပါ။ |
”ކުޅަދުންވަންތަ މާތްރަސްކަލާނކޯ! މިއަޅާގެ ހިތާމަތަކަށް ބައްލަވާ ވޮޑިގަންނަވައި، މިއަޅާގެ މަތިން ހަނދުމަފުޅު ނައްތަވާ ނުލައްވައި، މިއަޅާއަށް ފިރިހެން ދަރިފުޅަކު ދެއްވާފާނދޭ! އޭރުން މިއަޅާ އެ ދަރިފުޅު އިނބަ ރަސްކަލާނގެއަށް ޚިދުމަތް ކުރުމަށްޓަކައި މުޅި އުމުރަށް ވެދުން ކުރާހުށީން! އަދި އޭނާގެ ބޮލުގެ އިސްތައްޓަކު ކުރަފަތް ވެސް ޖައްސައި ނުލާ ހުށީން!“