ފެށުން 24:7 - ކިތާބުލް މުޤައްދަސާ7 އުޑުގައި ވޮޑިގެންވާ ރަސްކަލާނގެ، މާތްކަލާނގެ އަހަރެންގެ އަމިއްލަ ޤައުމުންނާއި ބަފާކަލުންގެ ގެދޮރުން ނެރުއްވައި، މިރަށަށް އަހަރެން ގެނެސްދެއްވި ސަބަބަކީ މި ބިމަކީ އަހަރެންގެ ދަރިފަސްކޮޅަށް އަބަދަށްޓަކައި ދެއްވާނެ، ބިމެއް ކަމުގައި ވަޢުދުވެ ވޮޑިގެންފައިވާތީ. އަހަރެންގެ ދަރިފުޅަށް އެރަށުން އަނތްބަކު ހޯދުމަށްޓަކައި ތިބާ އެރަށަށް ދިއުމުގެ ކުރިން ތިބާގެ މަސައްކަތަށް އެހީތެރި ވުމަށްޓަކައި މާތްކަލާނގެ، އެކަލާނގެ މަލާއިކަތާ އެރަށަށް ފޮނުއްވާނެ. အခန်းကိုကြည့်ပါ။ |
މާތްރަސްކަލާނގެ އެދުވަހު އަބްރާމް އާއިއެކު ޢަހުދުނާމާއެއް ކުރައްވާ މިފަދައިން ވަޙީކުރެއްވިއެވެ. ”މިޞްރުގެ ސަރަހައްދު ކައިރީގައި އޮންނަ ކޯރުން ފެށިގެން ފުރާތު ކޯރާއި ހަމަޔަށް ކަލޭގެފާނުގެ ދަރިފަސްކޮޅު އާބާދުވާނެ. އެއީ ޤައިނީންގެ ރަށާއި، ޤަނިއްޒީންގެ ރަށާއި، ޤަދްމޫނީންގެ ރަށާއި، ޙިއްޘީންގެ ރަށާއި، ފިރިއްޒީނުގެ ރަށާއި، ރަފާއީމުގެ މީހުންގެ ރަށާއި، އަމޫރީންގެ ރަށާއި، ކަންޢާނުގެ މީހުންގެ ރަށާއި، ޖިރްޖާޝީންގެ ރަށާއި، އަދި ޔަބޫސީންގެ ރަށާއި ހަމައަށް ތިބާގެ ދަރިފަސްކޮޅު ދެމިގެން ދާނެ.“
ޝޫރަށް ދާ މަގުމަތީގައިވާ ސަހަރާގެ ތެރޭ، ފެންއާރެއްގެ ކައިރީ ހާޖަރު ހުއްޓާ މާތްރަސްކަލާނގެ މަލާއިކަތާ އޭނާ އާއި ބައްދަލު ކުރެއްވިއެވެ. އެ މަލާއިކަތާ ހާޖަރަށް ވިދާޅުވިއެވެ. ”ސާރާއީގެ އަޅު އަންހެނާ. ތިޔަ އަންނަނީ ކޮންތާކުންތަ؟ ތިޔަ ދަނީ ކޮންތާކަށްތަ؟“ ހާޖަރު ޖަވާބުގައި ދެންނެވިއެވެ. ”އަޅާ މި ދުވަނީ އަޅުގެ ސާހިބާ ސާރާއީ އާއި ދުރަށް ދިޔުމަށް.“
ނަމަވެސް އަހަރެންގެ ސާހިބާ މިފަދައިން ޖަވާބުދެއްވި. ’ތިމަންކަލޭގެފާނު ކިޔަމަންތެރިކަން އަދާކުރަނީ އަބަދުވެސް މާތްރަސްކަލާނގެއަށް. ތިމަންކަލޭގެފާނުގެ ދަރިފުޅަށް އެރަށުން އަނތްބަކު ހޯދުމަށްޓަކައި ތިބާ އެރަށަށް ދިއުމުގެ ކުރިން ތިބާގެ މަސައްކަތް ކާމިޔާބު ކޮށްދިނުމަށްޓަކައި މާތްރަސްކަލާނގެ މަލާއިކަތާ އެރަށަށް ފޮނުއްވާނެ.
އެ ރަށަށް އެކަލޭގެފާނު ވަޑައިގެންނެވި ރޭ އެކަލޭގެފާނުގެ ކުރިފުޅުމައްޗަށް މާތްރަސްކަލާނގެ ފައުޅުވެވަޑައިގެން ވަޙީކުރެއްވިއެވެ. ”ބިރު ނުގަނޭ. ތިމަންކަލާނގެއީ ތިބާގެ ބައްޕާފުޅުގެ ވެރިރަސްކަލާނގެމެ. ތިމަންކަލާނގެ ޚާދިމު އިބްރާހީމްގެފާނަށް ތިމަންކަލާނގެ ވަޢުދުވެ ވޮޑިގެންނެވި ފަދައިން، ތިމަންކަލާނގެ އެކަލޭގެފާނަށްޓަކައި ތިބާއަށް ބަރަކާތްލައްވައި ތިބާއާ އެކުގައި ވޮޑިގެންވަމު. އަދި ތިބާއަށް ގިނަ ދަރިކޮޅު ދެއްވާނަން. އެ މީހުން ވާހުށީ ބޮޑު ޤައުމަކަށް.“
ކަލޭމެން ކަންޢާނީންނާއި ޙިއްޘީންނާއި އަމޫރީންނާއި ޙިއްވީންނާއި ޔަބޫސީންގެ ބިމަށް މާތްރަސްކަލާނގެ ގެންދަވާ މިދުވަހުގެ މަތިން ކޮންމެ އަހަރަކު ހަނދާން އާކޮށް އުފާފާޅު ކުރަން ވާނެ. މިއީ ކަލޭމެންގެ ކާބަފައިންނަށް ދެއްވާނެކަމަށް މާތްރަސްކަލާނގެ ވަޢުދުވެ ވޮޑިގެންފައިވާ ބިން. އަދި އެއީ މާމުޔާއި ކިރު ލިބެންހުރި ގޮވާން ތަނަވަސް ބިމެއް.
އިބްރާހީމްގެފާނާއި އިސްޙާޤުގެފާނާއި ޔަޢުޤޫބުގެފާނުގެ މަތިން ހަނދުމަފުޅު ކުރައްވާ! އިނބަރަސްކަލާނގެ އިސްމަފުޅު ގަންދެއްވައި ހުވާ ވަޙީކުރެއްވީމު ނޫންތޯ، ’ތިމަންކަލާނގެ ކަލޭގެފާނުގެ ދަރިކޮޅު އުޑުގައިވާހައި ތަރިތަކާ އެއްވަރަށް އިތުރު ކުރައްވާނަމޭ، އަދި އެމީހުންގެ ދަރިކޮޅުގެ މީހުންނަށް މި ހުރިހާ ބިމެއް ދެއްވާނަމޭ، އެބިންތައް އެމީހުންނަށް ދާއިމަށް ހިބަ ކޮށްދެއްވާނަމޭ.‘“
އޭރު އެކަލާނގެ އިބްރާހީމްގެފާނަކަށް އެ ބިމަކުން އެއްވެސް ބައެއް ހިބަކޮށެއް ނުދެއްވާ. އެންމެ ކުޑަވެގެން ފޫޓެއް ހާ މިންވަރު ވެސް އޭރު އަދި އެކަލާނގެ އިބްރާހީމްގެފާނަކަށް ނުދެއްވާ. ނަމަވެސް މާތްރަސްކަލާނގެ އިބްރާހީމްގެފާނަށް ވަޢުދުފުޅު ކުރެއްވީ އެކަލޭގެފާނާއި އެކަލޭގެފާނުގެ ދަރިކޮޅުގެ މީހުންނަށް އެބިން ދެއްވާނެ ކަމުގަ. މާތްރަސްކަލާނގެ އިބްރާހީމްގެފާނަށް މި ފަދައިން ވަޢުދު ކުރެއްވި އިރު އަދި އިބްރާހީމްގެފާނުގެ އެއްވެސް ދަރިކަލަކު ނުވޭ.
އިބްރާހީމްގެފާނު، ވަޢުދު ކުރެއްވުނު ޤައުމުގައި ބީރައްޓެއްސެއްގެ ގޮތުގައި އުޅުއްވީވެސް އެކަލޭގެފާނުގެ އީމާންތެރިކަމުގެ ސަބަބުންނެވެ. އެރަށުގައި އެކަލޭގެފާނު ދިރި އުޅުއްވީ ފޭލިގެގަނޑެއްގައެވެ. ޔަޢުޤޫބުގެފާނާއި އިސްޙާޤުގެފާނު ވެސް އުޅުއްވީ އެފަދަ ހާލުކޮޅެއްގައެވެ. އެ ދެބޭކަލުންނަށް ވެސް ވަނީ ހަމަ އެއް ވަޢުދުފުޅެއް ކުރައްވާފައެވެ.