ފެށުން 24:67 - ކިތާބުލް މުޤައްދަސާ67 ދެން އިސްޙާޤުގެފާނު، އެކަލޭގެފާނުގެ މައިކަމަނާ ސާރާ އަވަހާރަވެ ވަޑައިގެންނެވުމަށް ދާންދެން އުޅުއްވި ފޭލިގެކޮޅަށް ރިފްޤާ ގެންދިޔައެވެ. އަދި ރިފްޤާ އާއި ކައިވެނި ބައްލަވައިގަތެވެ. ރިފްޤާ ދެކެ އިސްޙާޤުގެފާނު ނިހާޔަތަށް ލޯބިފުޅުވިއެވެ. އަދި މި ކައިވެނީގެ ސަބަބުން އެކަލޭގެފާނުގެ މައިކަމަނާ ނެތުމުގެ އުނިކަން ފިލައި ހިތްޕުޅު ހަމަޖެހިވަޑައިގަތެވެ. အခန်းကိုကြည့်ပါ။ |
އެކަލޭގެފާނުގެ ފިރިހެން ދަރިންނާއި އަދި އަންހެން ދަރިން އެކަލޭގެފާނުގެ ހިތްޕުޅު ހަމަޖައްސަވައި ދިނުމަށާއި ހިތްވަރު ދިނުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް ޔޫސުފުގެފާނާއިމެދުގައި އެކަލޭގެފާނު ކީރިތިކުރެއްވުމުގައި ދެމިހުންނަވައި އެކަލޭގެފާނުގެ ދަރިންނަށް މިފަދައިން ވިދާޅުވިއެވެ. ”އަހަރެން ކަށްވަޅަށް ދާނީ އަހަރެންގެ އެ ދަރިފުޅާއި މެދުގައި ހިތާމަކުރުމުގަ.“ މިފަދައިން ވިދާޅުވުމަށް ފަހު ކީރިތި ކުރައްވަމުން ގެންދެވިއެވެ.
ތިޔަބައިމީހުންނަށް އަހަރެން މި ބުނެދެނީ މާތްސާހިބާ އެކަލޭގެފާނުގެ އަމިއްލަ ޒާތުފުޅުގައި ވިދާޅުވި ޚަބަރުފުޅު ތަކެވެ. މާތްސާހިބާ އެނބުރި ވަޑައިގަންނަވާހިނދު، އަހަރެމެން ފަދައިން ދިރި ދުނިޔޭގައި ތިބި މަސީޙީންނަށް ކުރިން ނިޔާވެފައި ތިބި މަސީޙީންނަށް ވުރެ ކުރިން ގޮސް އެކަލޭގެފާނާއި ބައްދަލެއް ނުކުރެވޭނެއެވެ.