Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 24:65 - ކިތާބުލް މުޤައްދަސާ

65 އަދި ޚާދިމުކަލޭގެ ކައިރިން މިފަދައިން އެހިއެވެ. ”⁠އެ ދަނޑުބިންތަކުގެ ތެރެއިން ހިނގާފައި އަހަރެމެންނާއި ދިމާއަށް އެއަންނަނީ ކާކު؟⁠“ ޚާދިމުކަލޭގެ މިފަދައިން ޖަވާބު ދިނެވެ. ”⁠އެއީ އަހަރެންގެ ސާހިބާ.⁠“ އެ ހިނދު ރިފްޤާ އޭނާގެ ކޮޑުމަތީގައިވާ ބުރުގާއިން މޫނު ނިވާކުރިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 24:65
9 ပူးပေါင်းရင်းမြစ်များ  

އަބީމާލިކު ސާރާއަށް ވިދާޅުވިއެވެ. ”⁠އަހަރެން ކަމަނާގެ ބޭބެ އިބްރާހީމްއަށް އެއްހާސް ރިހި ރުފިޔާ ވެދުންކޮށްފިން. އެއީ ކަމަނާގެ އެއްވެސް ކުށެއް ނެތްކަން އެންމެހާ މީސްތަކުންނަށް ހާމަކޮށް ދިނުމަށް އަހަރެން އެދޭތީ.⁠“


އެ ހިނދު ރިފްޤާއަށް ވެސް އިސްޙާޤުގެފާނު ފެނިއްޖެއެވެ. އެއާއެކު އެކަނބުލޭގެ ޖަމަލުގެ މަތިން ފުންމާލިއެވެ.


ދެން ޚާދިމުކަލޭގެ މިހިނގާދިޔަ ޙާދިސާތަކުން އިސްޙާޤުގެފާނަށް ޚަބަރު ދެއްވިއެވެ.


މިއިރު ޔަހޫޛާ ވަނީ އޭނާގެ ތިންވަނަ ދަރި ޝީލަތު ފުރާވަރަށް އެރުމުން ވެސް ތާމާރުއާ އޭނާގެ ކައިވެނި ކޮށް ނުދީފައެވެ. ޔަހޫޛާ ތިމްނާއަށް އަންނަ ޚަބަރު ތާމާރުއަށް ލިބުމުން އޭނާ ލައިގެންހުރި ހުވަފަތް އަންހެނުންގެ ހެދުން ބަދަލުކުރުމަށް ފަހު އެހެން ހެދުމެއްލައި އެކަނބުލޭގެ މޫނު ބުރުގާއިން ނިވާކުރިއެވެ. އަދި ތިމްނާއަށް ދެވެންއޮންނަ މަގުމަތީވާ އަވަށެއް ކަމުގައިވާ ޢައިނާއިމްގެ މައިދޮރާށި ކައިރީގައި ގޮސް އިނދެއްޖެވެ.


އަދި އަންހެންތަކުން ބޮޑާކަމެއް ނެތި އެކަށީގެންވާ ރަނގަޅު ހެދުމެއްގައި ތިބޭށެވެ. އެބައިމީހުންގެ މައްޗަށް ކަޅިއަޅާފަދަ އަގުބޮޑެތި ހެދުންތަކާއި ރަނާއި މުތުގެ ހާރުތައް އެޅުމުގެ އިތުރުން އިސްތަށިގަނޑަށް ބަދަލުތައް ގެނައުމުން އެކަހެރިވެ ތިބޭށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ