ފެށުން 24:60 - ކިތާބުލް މުޤައްދަސާ60 ރިފްޤާގެ އާއިލާ އެކަނބުލޭގެއަށް ރަޙުމަތް ލެއްވުން އެދި މިފަދައިން ދުޢާކުރިމެއެވެ. ”އުޚުތާ، ތިބާއަކީ އެތައްހާސް ބައެއްގެ މަޔަކަށް ވާށި. އަދި ތިބާގެ ދަރިފަސްކޮޅު، އެމީހުންގެ ޢަދާވާތްތެރިންގެ ޤައުމުތައް ޙިސާރު ކުރާށި.“ အခန်းကိုကြည့်ပါ။ |
”އުޑުތަކާއި ބިން ހެއްދެވި އެންމެ މަތިވެރި ރަސްކަލާނގެ ޙަޟްރަތުން ތިބާއަށް ނިޢުމަތް ލެއްވުމަށް އަހަރެން އެދެން. ހުރިހާ ތަޢުރީފެއް ޙައްޤުވެގެން ވަނީ ދުޝްމަނުންގެ މައްޗަށް ތިބާއަށް ފަތަޙަ ދެއްވި އެންމެ މަތިވެރި ރަސްކަލާނގެއަށް.“ އެއަށް ފަހު އަބްރާމްގެ ޣަނީމާ މުދަލުގެ ދިހަބައިކުޅަ އެއްބައި މަލްކީޞާދިޤުއަށް ވެދުން ކުރެއްވިއެވެ.
އެ ކުދިންނަށް ބަރަކާތް ލެއްވުމަށް އެދި އެދުވަހު ޔަޢުޤޫބުގެފާނު އެފަދައިން ދެންނެވިއެވެ: ”ބަނީއިސްރާއީލު މީހުންގެ މައްޗަށް ބަރަކާތް ލެއްވުމަށް އެދި ދަންނަވާ ހިނދު އެބައިމީހުން މިފަދައިން ބުނެއޭ: ’އަފްރާއީމްއާއި މަނައްސާ ފަދައިން މާތްކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ބަރަކާތް ލައްވާނދޭވެ!‘“ މިގޮތުން ޔަޢުޤޫބުގެފާނު މަނައްސާއަށް ވުރެން އަފްރާއިމް މަތިވެރި ކުރެއްވިއެވެ.