ނަމަވެސް އެ ޚާދިމު ދެންނެވިއެވެ. ”އަޅުގަނޑު ޚިޔާރު ކުރާ އަންހެންކުއްޖާ އެކަނބުލޭގެ ރަށާއި ގެދޮރު ދޫކޮށްލާފައި އަޅުގަނޑާއިއެކުގައި މިތަނަށް އައުމަށް ދެކޮޅު ހަދައިފިނަމަ އަޅުގަނޑު ހަދާނީ ކިހިނެއްތޯ؟ ކަލޭގެފާނުގެ ގާތްތިމާގެ މީހުންގެ ގާތަށް އަޅުގަނޑު ދާ ހިނދު ކަލޭގެފާނުގެ ދަރިކަލުން އިސްޙާޤު އަޅުގަނޑާއި އެކުގައި ގެންދަވަންތޯ؟“