Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 24:54 - ކިތާބުލް މުޤައްދަސާ

54 އިބްރާހީމްގެފާނުގެ ޚާދިމާއި އޭނާއާ އެކުގައި ވީ މީސްތަކުން ކައިބޮއި ހެދުމަށް ފަހު އެރޭ އެގޭގައި ހޭދަކުރިއެވެ. އޭގެ އަނެއްދުވަހުގެ ހެނދުނު އެބައިމީހުންނަށް ނިދިން ހޭލެވުމާއިއެކު ރިފްޤާގެ މަންމައަށާއި ބޭބެއަށް ޚާދިމުކަލޭގެ ބުންޏެވެ. ”⁠މިހާރު އަހަރެން އެނބުރި އަހަރެންގެ ސާހިބާގެ އަރިހަށް ދިއުމަށް އެދެން.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 24:54
10 ပူးပေါင်းရင်းမြစ်များ  

ނަމަވެސް ޚާދިމު ކަލޭގެ އެބައިމީހުންނަށް ބުންޏެވެ. ”⁠އަހަރެން މަޑުކުރުވުމަށް މަސައްކަތް ނުކުރޭ. ސަބަބަކީ މާތްރަސްކަލާނގެ އަހަރެންގެ މި ދަތުރުގެ މުހުތާދުތައް ފިއްލަވައި ދެއްވައި ކާމިޔާބު ކޮށްދެއްވައިފި. އަހަރެންގެ ސާހިބާގެ އަރިހަށް ދިޔަދީ.⁠“


އެހެންވެ ރިފްޤާ އާއި އޭނާގެ ބާނދީއާއި އިބްރާހީމްގެފާނުގެ ޚާދިމުކަލޭގެއާއި އަދި އެކަލޭގެ އާއި އެކުގައި ވީ މީސްތަކުންނާ އެކުގައި ދިއުމުގެ ހުއްދަ އެބައިމީހުން ދިނެވެ.


ޔޫސުފުގެފާނު އުފަންވެ ވަޑައިގަތުމާއި އެކުގައިހެން ޔަޢުޤޫބުގެފާނު ލަބާންއަށް ދެންނެވިއެވެ. ”⁠ތިބާ އާއި އަހަރެންނާއި ދެމެދު ވެވިފައިވާ އެއްބަސްވުމުން އަހަރެން މިނިވަންކޮށްދީ. އަހަރެންގެ ޤައުމަށް އަހަރެން ފޮނުވައި ދިނުމަށް އެދެން.


އެއަށް ފަހު ޔޫސުފުގެފާނު އެކަލޭގެފާނުގެ އަޚުންނަށް ދަތުރާއިގެން ކުރިއަށް ދިއުމަށް އެންގެވިއެވެ. އަދި އެބައިމީހުން ދަތުރަށް ތައްޔާރުވި ހިނދު މިފަދައިން އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ދަތުރުމަތީގައި އެކަކު އަނެކަކަށް ޒުވާބުކޮށް ދެބަސްވެ ނުހަދާތި.⁠“


ސަދޫގުގެ ދަރި އަޚީމައަސް ޔުއާބުގެ ގާތު ބުންޏެވެ. ”⁠އަހަރެން ދުވެފައި ގޮސް ރަސްގެފާނަށް މި ޚަބަރު ދަންނަވަންތަ؟ އަހަރެން ރަސްގެފާނަށް ދަންނަވާނީ މިހެން. މާތްރަސްކަލާނގެ ކަލޭގެފާނުގެ އަދާވާތްތެރިން ބަލި ކުރައްވައިފި.⁠“


ރަނގަޅު ގޮތުގައި ބުރަ މަސައްކަތް ކުރާ މީހަކު ދުށިން ހެއްޔެވެ؟ އޭނާ މަސައްކަތް ކުރަނީ އާދައިގެ މީހުންގެ ގާތަކު ނޫނެވެ. ރަސްގެފާނުގެ އަރިހުގައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ