Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 24:53 - ކިތާބުލް މުޤައްދަސާ

53 އެއަށް ފަހު އެކަލޭގެ ރިފްޤާއަށް ރަނާއި ރިހީގެ ގަހަނާއާއި އަންނައުނު ދިނެވެ. މީގެ އިތުރުން އަގުބޮޑެތި ހަދިޔާތައް އެކަނބުލޭގެ މަންމައަށާއި ބޭބެއަށް ވެސް ދިނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 24:53
11 ပူးပေါင်းရင်းမြစ်များ  

އެއަށް ފަހު އިބްރާހީމްގެފާނުގެ ޖަމަލުތަކުގެ ތެރެއިން ދިހަ ޖަމަލަށް އަގުހުރި އެތަކެއް ހަދިޔާތަކެއް އަރުވާ ބަރާ ކުރުމަށް ފަހު، މި ޚާދިމުކަލޭގެ ދަތުރުކޮށް ގޮސް މެސޮޕޮޓޭމިއާގެ ހުޅަނގު އުތުރުގައިވާ ނާޙޫރުގެ ސަހަރަށް ދިޔައެވެ.


އެންމެހާ ޖަމަލުތައް ފެންބޮއި ނިމުމުން އެޚާދިމުކަލޭގެ ރިފްޤާގެ ނޭފަތުގައިލުމަށް ރަނުގެ މުއްޖަކާއި، އަތުގައި އެޅުމަށް ބޮޑެތި އުޅާގެ ރަން ދެ އުޅާ ދިނެއެވެ.


އިސްރާއީލީންގެ ފިރިހެނުންނާއި އަންހެނުންގެ ގާތު ބުނޭ އެމީހުންގެ އަވަށްޓެރި މިޞްރު މީހުން އަތުން ރަނާއި ރިހީގެ ތަކެއްޗަށް އެދޭށޭ.⁠“


އިސްރާއީލީން މޫސާގެފާނު ވިދާޅުވި ހުރިހާ ގޮތެއް ހަދަމުން ދިޔައެވެ. އެމީހުން މިޞްރުގެ މީހުންގެ ގާތުން އަންނައުނާއި ރަންރިހީގެ ގަހަނާއަށް އެދެމުން ދިޔައެވެ.


ޢިބްރާނީންގެ އަންހެނުން އެމީހުންގެ އަވަށްޓެރިންނާއި އެމީހުން އުޅޭގޭގެ މިޞްރު އަންހެނުންގެ ގާތުން ހެދުމާއި ރަން ރިހީގެ ޒޭވަރުތައް ދިނުމަށް އެދޭނެ. މިތަކެތި އެމީހުންގެ ފިރިހެންދަރިންނާއި އަންހެން ދަރިންގެ ގައިގައި އަޅާނެ. މި ގޮތުން ކަލޭމެން ދާއިރު ދާނީ މިޞްރުގެ މުއްސަނދިކަން ވެސް ހިފައިގެން.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ