ފެށުން 24:52 - ކިތާބުލް މުޤައްދަސާ52 އިބްރާހީމްގެފާނުގެ ޚާދިމަށް މިބަސްތައް އިވިގެން ދިއުމުން އެކަލޭގެ މާތްރަސްކަލާނގެ ކިބަފުޅަށް ސަޖިދަކޮށް ތިރިވިއެވެ. အခန်းကိုကြည့်ပါ။ |
ދެން އަހަރެން، އަހަރެންގެ ސާހިބާ އިބްރާހީމްގެފާނުގެ ކަލާނގެ މާތްރަސްކަލާނގެއަށް ކުރުނީސް ކޮށް ޝުކުރު ދެންނެވީމު. އަދި މާތްކަލާނގެ ކިބަފުޅަށް ޙަމްދާސަނާ ދެންނެވީމު. ސަބަބަކީ މާތްކަލާނގެ ސީދާ ގޮތެއްގައި އަހަރެންގެ ސާހިބާގެ ގާތްތިމާގެ މީހުންނާ ބައްދަލު ކުރުވައި އެބައިމީހުންގެ ތެރެއިން އެކަލޭގެފާނުގެ ދަރިކަލުންނަށް އަނތްބަކު ދެއްވުމުން.
އެއަށް ފަހު އެ ކުއްޖާ އޮތް ގެއަށް އެބައިމީހުން ގޮސް ވަނެވެ. އަދި އެ ކުއްޖާ އޭނާގެ މަންމަ، މަރިޔަމްގެފާނާއި އެކުގައި ވަނިކޮށް އެބައިމީހުންނަށް ފެނިގެން ވިއެވެ. އެބައިމީހުން އެކުއްޖާއަށް ސަޖިދަކޮށް އަޅުކަން ކުރިއެވެ. އެބައިމީހުން ގެނައި ހަދިޔާ ފޮށިތައް ހުޅުވައި އެ ކުއްޖާއަށް ޚަޒާނާގެ ގޮތުގައި ރަނާއި ދުންއަޅާނޭ ހުވަނދާއި އަދި މީރުވަސްދުވާ ތަކެތި ވެސް ދިނެވެ.