ފެށުން 24:44 - ކިތާބުލް މުޤައްދަސާ44 ’އާނއެކޭ. ފެންފޮދެއްބޯށޭ. އަދި ތިބާގެ ޖަމަލުތަކަށް ވެސް ތިމަން ފެންދޭނަމޭ. މިގޮތުގެ މަތިން އަމަލުތައް ހުންނާނެ ކުއްޖަކީ އަހަރެންގެ ސާހިބާގެ ދަރިކަލުންގެ އަނތްބަކަށް އިނބަރަސްކަލާނގެ ޚިޔާރު ކުރައްވާނެ ކުއްޖާ ކަމުގައި އަޅާ ދެކޭނަމުއޭ.‘ အခန်းကိုကြည့်ပါ။ |
އަޅާގެ އެދުމަކީ އެ ކުދިންގެ ތެރެއިން އެއްކުއްޖެއްގެ ގާތު އަޅާ އެކުއްޖާގެ ބަނޑިޔަލުން ފެންފޮދަކަށް އެދި ބުނުމުން މިފަދައިން އެކުއްޖާ ރައްދު ދިނުން. ’އާނއެކޭ. ފެންފޮދެއްބޯށޭ. އަދި ތިބާގެ ޖަމަލުތަކަށް ވެސް އަހަރެން ފެންދޭނަމޭ.‘ މިގޮތުގެ މަތިން އަމަލު ކުރާނެ ކުއްޖަކީ އިސްޙާޤުގެ އަނތްބަކަށް އެކަށޭނަ ކުއްޖާ ކަމުގައި ލައްވައިފިނަމަ އެއީ އިނބަ ކަލާނގެ އޯގާވަންތަކަން އަޅުގެ ސާހިބު އިބްރާހީމްގެފާނާއި އެކުގައި ވޮޑިގެންވާކަން އަޅާއަށް ހާމަކޮށްދެއްވުން ކަމުގައި އަޅު ދެކޭނަމު.“