ފެށުން 24:40 - ކިތާބުލް މުޤައްދަސާ40 ނަމަވެސް އަހަރެންގެ ސާހިބާ މިފަދައިން ޖަވާބުދެއްވި. ’ތިމަންކަލޭގެފާނު ކިޔަމަންތެރިކަން އަދާކުރަނީ އަބަދުވެސް މާތްރަސްކަލާނގެއަށް. ތިމަންކަލޭގެފާނުގެ ދަރިފުޅަށް އެރަށުން އަނތްބަކު ހޯދުމަށްޓަކައި ތިބާ އެރަށަށް ދިއުމުގެ ކުރިން ތިބާގެ މަސައްކަތް ކާމިޔާބު ކޮށްދިނުމަށްޓަކައި މާތްރަސްކަލާނގެ މަލާއިކަތާ އެރަށަށް ފޮނުއްވާނެ. အခန်းကိုကြည့်ပါ။ |
އުޑުގައި ވޮޑިގެންވާ ރަސްކަލާނގެ، މާތްކަލާނގެ އަހަރެންގެ އަމިއްލަ ޤައުމުންނާއި ބަފާކަލުންގެ ގެދޮރުން ނެރުއްވައި، މިރަށަށް އަހަރެން ގެނެސްދެއްވި ސަބަބަކީ މި ބިމަކީ އަހަރެންގެ ދަރިފަސްކޮޅަށް އަބަދަށްޓަކައި ދެއްވާނެ، ބިމެއް ކަމުގައި ވަޢުދުވެ ވޮޑިގެންފައިވާތީ. އަހަރެންގެ ދަރިފުޅަށް އެރަށުން އަނތްބަކު ހޯދުމަށްޓަކައި ތިބާ އެރަށަށް ދިއުމުގެ ކުރިން ތިބާގެ މަސައްކަތަށް އެހީތެރި ވުމަށްޓަކައި މާތްކަލާނގެ، އެކަލާނގެ މަލާއިކަތާ އެރަށަށް ފޮނުއްވާނެ.
އިސްރާއީލުގެފާނު ޔޫސުފުގެފާނަށް ބަރަކާތް ލެއްވުމަށް އެދިވަޑައިގެން މިފަދައިން ދެންނެވިއެވެ. ”އަހަރެންގެ ކާބަފައިކަލުން އިބްރާހީމްގެފާނާއި އަދި އިސްޙާޤުގެފާނު އަހަރެމެންގެ ރަސްކަލާނގެ ކިބަފުޅަށް ޚިދުމަތުގައިވި. އަދި އަހަރެންގެ މުޅި ޙަޔާތުގައި ހުއިހައްޕާ މީހަކު ފަދައިން އެކަލާނގެ އަހަރެންނަށް މަގުދެއްކެވި.
މިއީ ނޫޙުގެފާނުގެ ވާހަކައެވެ. ނޫޙުގެފާނަކީ މާތްކަލާނގެ ރުހިވޮޑިގަންނަވާ ގޮތަށް އުޅުއްވި ބޭކަލެކެވެ. އަދި އެކަލޭގެފާނަކީ އެކަލޭގެފާނު އުޅުއްވި ޒަމާނުގެ މީހުންގެ ތެރެއިން ބަދުނާމުތަކުން ހުސްދުރުވެގެން ޞާލިޙުކަން މަތީގައި އުޅުއްވި ބޭކަލެކެވެ. އެކަލޭގެފާނު މާތްރަސްކަލާނގެ ރުހިވޮޑިގަންނަވާ ފަދަ ގާތްގުޅުމެއްގެ މަތީ ހިންގަވާވަޑައިގެން އެކަލާނގެއަށް އީމާންވުންމަތީ ދެމިހުންނެވިއެވެ.
އަހަރެން ޔޫޙަންނާ، މި އެންމެހާ ވާހަކަތައް އަޑު އަހައި އަދި މި އެންމެހާ ކަންތައްތައް ދުށީމެވެ. އަދި މިކަންތައްތަކުގެ އަޑު އަހަރެން އަހައި އެ ހުރިހާ ކަމެއް އަހަރެންނަށް ފެނި ނިމުމަށް ފަހު މި ހުރިހާ ކަންތައްތައް އަހަރެންނަށް ދެއްކެވި އެ މަލާއިކަތާއަށް އަޅުކަން ކުރުމަށްޓަކައި ފައިންޕުޅު މައްޗަށް ގުދުވެ ސަޖިދަ ކުރީމެވެ.