ފެށުން 24:4 - ކިތާބުލް މުޤައްދަސާ4 އޭގެ ބަދަލުގައި އަހަރެންގެ ބަފައިކަލުންގެ ރަށަށް ގޮސް އަހަރެންގެ ގާތްތިމާގެ މީހުންގެ ތެރެއިން އަހަރެންގެ ދަރިފުޅު އިސްޙާޤަށް އަނތްބަކު ހޯދައިދީ.“ အခန်းကိုကြည့်ပါ။ |
ނަމަވެސް މާތްރަސްކަލާނގެ އަބްރާމުގެ ކުރިފުޅު މައްޗަށް ފާޅުވެވޮޑިގަންނަވައި ވަޙީކުރެއްވިއެވެ. ”ތިބާގެ ދަރިކޮޅުގެ މީހުންނަށް ތިމަންކަލާނގެ މި ސަރަހައްދު ދެއްވާނަން.“ ދެން އަބްރާމް މާތްރަސްކަލާނގެއަށް އަޅުކަމެއްގެ ގޮތުގައި ޤުރުބާންތައް ކުރެއްވުމަށްޓަކައި އެތާނގައި ހިލައިން އައްޓެއް ހެއްދެވިއެވެ. އަދި އެކަލާނގެ އަބްރާމަށް ފާޅުވެވޮޑިގެންނެވީތީ އެކަލާނގެ ކިބަފުޅަށް ޙަމްދާއި ޝުކުރު ދެންނެވިއެވެ.
ނަމަވެސް އެ ޚާދިމު ދެންނެވިއެވެ. ”އަޅުގަނޑު ޚިޔާރު ކުރާ އަންހެންކުއްޖާ އެކަނބުލޭގެ ރަށާއި ގެދޮރު ދޫކޮށްލާފައި އަޅުގަނޑާއިއެކުގައި މިތަނަށް އައުމަށް ދެކޮޅު ހަދައިފިނަމަ އަޅުގަނޑު ހަދާނީ ކިހިނެއްތޯ؟ ކަލޭގެފާނުގެ ގާތްތިމާގެ މީހުންގެ ގާތަށް އަޅުގަނޑު ދާ ހިނދު ކަލޭގެފާނުގެ ދަރިކަލުން އިސްޙާޤު އަޅުގަނޑާއި އެކުގައި ގެންދަވަންތޯ؟“