Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 24:32 - ކިތާބުލް މުޤައްދަސާ

32 އެހެންވެ އިބްރާހީމްގެފާނުގެ ޚާދިމު ލަބާން އާއިއެކުގައި އެ ގެއަށް ދިޔައެވެ. އަދި ޖަމަލުތަކުގެ މަތީގައިވާ އެންމެހާ މުދާތައް ލަބާން ބާލައިދީ ޖަމަލުތަކަށް ވިނަ ކާންދީހެދުމަށް ފަހު ޚާދިމުކަލޭގެއަށް ފެން ގެނެސް ދިނެވެ. އެއީ އެކަލޭގެ އާއި އަދި އެކަލޭގެއާއި އެކުގައި ވީ މީސްތަކުންގެ ފައި ދޮވުމަށެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 24:32
10 ပူးပေါင်းရင်းမြစ်များ  

މިއަޅާއަށް ގެނެވިފައި މިވާ ފެންފޮދުން ތިޔަބޭކަލުންގެ ދެ ފައިތިލަ ދޮންނެވުމަށް ފަހު މިގަހުގެ ހިޔަލުގައި އަރާމު ކުރައްވާ.


ލޫޠުގެފާނު ވިދާޅުވިއެވެ. ”⁠އަޅުގަނޑުމިއީ ތިޔަ ބޭކަލުންގެ ޚާދިމަކީން. ތިޔަ ބޭކަލުން ފެންވަރާ ނިދިކުރެއްވުމަށް އަޅުގަނޑުގެ ގެއަށް މެހެމާނުންގެ ގޮތުގައި ދުރުވޭ. މާދަމާ އިރުއެރުމުން ތިޔަބޭކަލުންގެ މަގުގައި ކުރިއަށް ދުރުވޭ.⁠“ އެމަލާއިކަތުން ވިދާޅުވިއެވެ. ”⁠ނޫން އަހަރެމެން މިރަށުގެ މައިދާނުގައި މިރޭ މަޑުކޮށްލަފާނަން.⁠“


އޭގެފަހުގައި ލަބާން ޚާދިމުކަލޭގެއަށް ކެއުން ގެނެސް ދިނެވެ. ނަމަވެސް ޚާދިމުކަލޭގެ މިފަދައިން ބުންޏެވެ. ”⁠އަހަރެން މިތަނަށް އައިބޭނުން ތިބާއަށް ބުނެނުދެވޭހާ ހިނދަކު އަހަރެން ނުކާނަން.⁠“ ލަބާން ބުންޏެވެ. ”⁠އެހެންވީއިރު އަހަރެމެންނަށް އެ ވާހަކަ ބުނެދޭންވީނު.⁠“


މިޚަބަރު ލަބާންއަށް ލިބުމާއެކު، ދުވެގޮސް ޔަޢުޤޫބުގެފާނާއި ބައްދަލު ކުރެއްވިއެވެ. އަދި ސަލާންގަލާން ކުރައްވައި ލޯބިން އޮޅުލައި ބޮސްދީ ހެދުމަށް ފަހު ލަބާން އޭނާގެ ގެއަށް ވަޑައިގަތުމަށް ޔަޢުޤޫބުގެފާނަށް ދަޢުވަތު ދިނެވެ. އަދި ގެއަށް ދިޔަ މަގުމަތީގައި ޔަޢުޤޫބުގެފާނު އެކަލޭގެފާނާ މެދުގައި ހިނގާދިޔަ އެންމެހާ ޙާދިސާތަކުގެ ޚަބަރު ލަބާންއަށް ވިދާޅުވެދެއްވިއެވެ.


ޚާދިމްކަލޭގެ އެބައިމީހުން ޔޫސުފުގެފާނުގެ ގަނޑުވަރަށް ގެންގޮސް އެބައިމީހުންގެ އަތްފައި ދޮވުމަށްޓަކައި ފެން ދިނެވެ. އަދި އެބައިމީހުންގެ ސަވާރީތައް ކަމުގައިވާ ހިމާރުތަކަށް ކާން ދިނެވެ.


ދެން އެކަލޭގެފާނު އެ އަންހެންމީހާ އާއި ދިމާލަށް އެނބުރިވަޑައިގަތް ޝަމްއޫނަށް ވިދާޅުވިއެވެ. ”⁠މި އަންހެން މީހާ މިކަންތައް ކުރިގޮތް ދެކެބަލަ. އަހަރެން ކަލޭގެ ގެއަށް އައީ ކަލޭ ދަޢުވަތު ދިނީމަ. އެކަމަކު ކަލޭ އަހަރެންގެ ފައި ދޮވެލުމަށް ފެންފޮދެއް ވެސް ނުދޭ. ނަމަވެސް މި އަންހެން މީހާ އޭނާގެ ކަރުނައިން އަހަރެންގެ ފައި ދޮވެ އޭނާގެ އިސްތަށިގަނޑުން ފޮހެދިން.


ހުވަފަތް މިފަދަ އަންހެނުންނަށް މީހުންގެ އިޙްތިރާމް ލިބިދޭނެ ސަބަބަކީ އެކަނބަލުން ކޮށްފައިވާ ހެޔޮ އަމަލުތަކެވެ. އެކަނބަލުންގެ ދަރިން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރި ނަމައެވެ. އެކަނބަލުންނާއި ބީރައްޓެހި ފަރާތްތަކަށް ހެޔޮކޮށް ހިތި ނަމައެވެ. އެކަނބަލުންގެ ޚިދުމަތް މަސީޙީންނަށް އިޚުލާސްތެރި ކަމާއެކު ލިބިދިން ނަމައެވެ. ދަތިޙާލުގައި ވީ ފަރާތްތަކަށް އެކަނބަލުން އެހީތެރިވި ނަމައެވެ. އެކަނބަލުން އަބަދުވެސް ހެޔޮ އަމަލުތަކަށް ތައްޔާރު ވެގެންހުންނަ ނަމައެވެ.


އަބީޖާއިލް ބިންމަތީ މޫނު ޖެހޭވަރަށް ގުދުވެފައި ބުންޏެވެ. ”⁠އަހަރެން މީ އޭނާގެ އަޅެއް. އޭނާގެ ޚާދިމުންގެ ފައިތިލަ ދޮވެ ދޭން ވެސް މިހިރީ ތައްޔާރަށް.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ