Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 24:29 - ކިތާބުލް މުޤައްދަސާ

29-30 އެކަނބުލޭގެ ގެއަށް އައިސް ޚާދިމުކަލޭގެ ދެއްކި ވާހަކަތައް ކިޔާދިން ހިނދު އޭނާގެ ބޭބެ ލަބާން އަޑުއަހަން ހުއްޓެވެ. އަދި އެކަނބުލޭގެ ނޭފަތުގައިއޮތް ރަނުގެ ނޭފަތު މުއްޖާއި އަތުގައި އަޅާފައިވީ ރަނުގެ އުޅާތައް އޭނާއަށް ފެނުނެވެ. ދެން ލަބާން ދުވެފައިގޮސް އިބްރާހީމްގެފާނުގެ ޚާދިމާއި ބައްދަލު ކުރިއެވެ. އޭރު ވެސް ޚާދިމުކަލޭގެ ހުރީ ސަހަރުގެ ބޭރުގައިވާ ވަޅުގެ ކައިރީގައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 24:29
8 ပူးပေါင်းရင်းမြစ်များ  

އެހެނަސް ރިފްޤާގެ މަންމައާއި ބޭބެ މިފަދައިން ޖަވާބުދިނެވެ. ”⁠އަދި ހަފުތާއެއް ނޫނީ ދިހަ ދުވަސް ރިފްޤާ އަހަރެމެންގެ ގާތު މަޑުކުރުމަށް ފަހުގައި އޭނާ ހިނގައިދާނެ.⁠“


ރިފްޤާގެ އާއިލާ އެކަނބުލޭގެއަށް ރަޙުމަތް ލެއްވުން އެދި މިފަދައިން ދުޢާކުރިމެއެވެ. ”⁠އުޚުތާ، ތިބާއަކީ އެތައްހާސް ބައެއްގެ މަޔަކަށް ވާށި. އަދި ތިބާގެ ދަރިފަސްކޮޅު، އެމީހުންގެ ޢަދާވާތްތެރިންގެ ޤައުމުތައް ޙިސާރު ކުރާށި.⁠“


އިސްޙާޤުގެފާނުގެ އުމުރުފުޅުން ސާޅީސް އަހަރުގައި ބަތޫއެލްގެ އަންހެންދަރި ރިފްޤާ އާ ކައިވެނި ކުރެއްވިއެވެ. (މި ބަތޫއީލް އަކީ މެސޮޕޮޓޭމިއާގެ އަރާމީންގެ މީހެކެވެ.) އަދި ރިފްޤާ އަކީ ލަބާންގެ އަންހެން ކޮއްކޮވެސް މެއެވެ.


އެހެންވީމާ، މަގޭ ދަރިފުޅާ، މަންމަ މި އެދޭ ފަދައިން ކަންތައް ކުރޭ. މަންމަގެ ބޭބެ ލަބާން ޙާރާން ސަހަރުގައި ދިރިއުޅެމުން ދާނެ. އެ ސަހަރަށް ދޭ.


އޭގެ ބަދަލުގައި ދަރިފުޅުގެ މަންމަގެ ބައްޕަ ބަތޫއީލްގެ ގެއަށް މެސޮޕޮޓޭމިއާއަށް ދޭ. އަދި ދަރިފުޅުގެ މައިފުށުގެ ބޮޑު ބޭބެ ލަބާންގެ އަންހެން ދަރިންގެ ތެރެއިން ކުއްޖަކާއި ކައިވެނިކުރޭ.


މިޚަބަރު ލަބާންއަށް ލިބުމާއެކު، ދުވެގޮސް ޔަޢުޤޫބުގެފާނާއި ބައްދަލު ކުރެއްވިއެވެ. އަދި ސަލާންގަލާން ކުރައްވައި ލޯބިން އޮޅުލައި ބޮސްދީ ހެދުމަށް ފަހު ލަބާން އޭނާގެ ގެއަށް ވަޑައިގަތުމަށް ޔަޢުޤޫބުގެފާނަށް ދަޢުވަތު ދިނެވެ. އަދި ގެއަށް ދިޔަ މަގުމަތީގައި ޔަޢުޤޫބުގެފާނު އެކަލޭގެފާނާ މެދުގައި ހިނގާދިޔަ އެންމެހާ ޙާދިސާތަކުގެ ޚަބަރު ލަބާންއަށް ވިދާޅުވެދެއްވިއެވެ.


ދެން ޔަޢުޤޫބުގެފާނު ވިދާޅުވިއެވެ. ”⁠ނާޙޫރުގެ ކާފަދަރި، ލަބާން ތިޔަބައިމީހުން ދަންނަމުތަ؟⁠“ އެބައިމީހުން ރައްދުގައި ޖަވާބު ދިނެވެ. ”⁠ލައްބަ، އަހަރެމެން އޭނާ ދަންނަމު.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ