Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 24:28 - ކިތާބުލް މުޤައްދަސާ

28 ރިފްޤާ ދުވެފައި ސީދާ ދިޔައީ ގެޔަށެވެ. އަދި މިހިނގާ ދިޔަ ކަންތައްތަކުން އެ އާއިލާއަށް ޚަބަރު ދިނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 24:28
6 ပူးပေါင်းရင်းမြစ်များ  

އެކަނބުލޭގެ ގެއަށް އައިސް ޚާދިމުކަލޭގެ ދެއްކި ވާހަކަތައް ކިޔާދިން ހިނދު އޭނާގެ ބޭބެ ލަބާން އަޑުއަހަން ހުއްޓެވެ. އަދި އެކަނބުލޭގެ ނޭފަތުގައިއޮތް ރަނުގެ ނޭފަތު މުއްޖާއި އަތުގައި އަޅާފައިވީ ރަނުގެ އުޅާތައް އޭނާއަށް ފެނުނެވެ. ދެން ލަބާން ދުވެފައިގޮސް އިބްރާހީމްގެފާނުގެ ޚާދިމާއި ބައްދަލު ކުރިއެވެ. އޭރު ވެސް ޚާދިމުކަލޭގެ ހުރީ ސަހަރުގެ ބޭރުގައިވާ ވަޅުގެ ކައިރީގައެވެ.


ދެން އަހަރެން، އަހަރެންގެ ސާހިބާ އިބްރާހީމްގެފާނުގެ ކަލާނގެ މާތްރަސްކަލާނގެއަށް ކުރުނީސް ކޮށް ޝުކުރު ދެންނެވީމު. އަދި މާތްކަލާނގެ ކިބަފުޅަށް ޙަމްދާސަނާ ދެންނެވީމު. ސަބަބަކީ މާތްކަލާނގެ ސީދާ ގޮތެއްގައި އަހަރެންގެ ސާހިބާގެ ގާތްތިމާގެ މީހުންނާ ބައްދަލު ކުރުވައި އެބައިމީހުންގެ ތެރެއިން އެކަލޭގެފާނުގެ ދަރިކަލުންނަށް އަނތްބަކު ދެއްވުމުން.


އެހެނަސް ރިފްޤާގެ މަންމައާއި ބޭބެ މިފަދައިން ޖަވާބުދިނެވެ. ”⁠އަދި ހަފުތާއެއް ނޫނީ ދިހަ ދުވަސް ރިފްޤާ އަހަރެމެންގެ ގާތު މަޑުކުރުމަށް ފަހުގައި އޭނާ ހިނގައިދާނެ.⁠“


ދެން އިސްޙާޤުގެފާނު، އެކަލޭގެފާނުގެ މައިކަމަނާ ސާރާ އަވަހާރަވެ ވަޑައިގެންނެވުމަށް ދާންދެން އުޅުއްވި ފޭލިގެކޮޅަށް ރިފްޤާ ގެންދިޔައެވެ. އަދި ރިފްޤާ އާއި ކައިވެނި ބައްލަވައިގަތެވެ. ރިފްޤާ ދެކެ އިސްޙާޤުގެފާނު ނިހާޔަތަށް ލޯބިފުޅުވިއެވެ. އަދި މި ކައިވެނީގެ ސަބަބުން އެކަލޭގެފާނުގެ މައިކަމަނާ ނެތުމުގެ އުނިކަން ފިލައި ހިތްޕުޅު ހަމަޖެހިވަޑައިގަތެވެ.


ރާޙީލްއަށް އެކަލޭގެފާނާއި މެދު އޮޅުން ފިލުވައި ދިނުމުގެގޮތުން އެކަލޭގެފާނަކީ އެ ކަނބުލޭގެ ބައްޕަގެ އާއިލާގެ ފަރާތުން އެކަނބުލޭގެ އާއި ދެބެއިންގެ ދެދަރި ބޭކަލެއް ކަމާއި އެކަނބުލޭގެ ބޮޑުދައިތަ، ރިފްޤާގެ ފިރިހެން ދަރިފުޅުކަމުގައި ވިދާޅުވިއެވެ. އެހެންވެ، ރާޙީލް ނުހަނު އަވަސްކަމާއެކު ދުވެގޮސް އެކަނބުލޭގެ ބައްޕަ ލަބާންއަށް މިޚަބަރު ދިނެވެ.


އެއަށް ފަހު ޔަޢުޤޫބުގެފާނު ޖައްސަވާފައިވާ ފޭލިގެތަކުގެ ތެރެއިން ތަފާތު ފޭލިގެތައް ލަބާން ބަލައި ހޯދަންފެށިއެވެ. އެގޮތުން އެންމެ ފުރަތަމައަށް އޭނާ ބަލައި ހޯދީ ޔަޢުޤޫބުގެފާނު ހުންނެވި ފޭލިގެކޮޅެވެ. އެއަށް ފަހު ލައިއަތު އާއި ޔަޢުޤޫބުގެފާނުގެ ޖާރިޔާއިން ތިބި ފޭލިގެ ހޯދިއެވެ. ނަމަވެސް މިއިން އެއްވެސް ފޭލިގެ އަކުން ލަބާންއަށް އޭނާގެ ކަލާނގެތަކެއް ނުފެނުނެވެ. އެންމެފަހުން ރާޙީލްގެ ފޭލިގެ ބަލައިހޯދުމަށް އޭނާ އެ ފޭލިގެއަށް ދިޔައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ