Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 24:27 - ކިތާބުލް މުޤައްދަސާ

27 ”⁠މާތްކަލާނގެ، އަޅާގެ ސާހިބު އިބްރާހީމްގެފާނުގެ ރަސްކަލާނގެ ކިބަފުޅަށް ޙަމްދުސަނާ ދަންނަވަމު. މާތްރަސްކަލާނގެ އިބްރާހީމްގެފާނާއި މެދު އޯގާތެރިވެ ވޮޑިގަންނަވާ އަދި ތެދުވެރިވެ ވޮޑިގަންނަވާ. އަޅާގެ ސާހިބާގެ ގާތްތިމާގެ ފަރާތްތަކާއި އަޅާ ބައްދަލު ކުރުވައިފީމު.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 24:27
31 ပူးပေါင်းရင်းမြစ်များ  

މި ގޮތަށް މިކަން ދިމާވުމުން އަބްރާމް ލޫޠުގެފާނަށް ވިދާޅުވިއެވެ. ”⁠އަހަރެމެންނަކީ އެއް އާއިލާއެއްގެ ދެމީހުން. އަހަރެމެން އެކަކު އަނެކަކުދެކެ ރުޅިއައިސްގެން ނުވާނެ. އަދި އަހަރެމެން ދެމީހުންގެ މަސައްކަތު މީހުން ވެސް އެކަކު އަނެކެއްގެ ގަޔަށް އަތްލައި ހަދައިގެން ނުވާނެ.


އެ ހިނދު އޭނާ މިފަދައިން ދުޢާ ދެންނެވިއެވެ. ”⁠މާތްކަލާނގެ. އަޅުގެ ސާހިބާ އިބްރާހީމްގެފާނުގެ ރަސްކަލާކޮ! އަދު އަޅާގެ މުހުތާދު ފުއްދަވައި ދެއްވައި، އަޅުގެ ސާހިބު އިބްރާހީމްގެފާނާއި މެދު އޯގާތެރިވެ ވޮޑިގަންނަވާނދޭވެ. އަޅާގެ މި ދަތުރުގެ މަގުސަދު އެދެވޭ ގޮތުގައި ފުރިހަމަ ކޮށްދެއްވުމަށް އަޅާއަށް މަދަދު ދެއްވާނދޭވެ.


އިބްރާހީމްގެފާނުގެ ޚާދިމު ހަނުހިމޭނުން ހުރެ އެކަނބުލޭގެ ކުރަމުން ދިޔަ ކަންތައްތަކަށް ފަރުވާވެ ބަލަމުން ގެންދިޔައެވެ. ސަބަބަކީ މާތްރަސްކަލާނގެ އޭނާގެ މިދަތުރު ކާމިޔާބު ކޮށްދެއްވައި އެކަލާނގެ ޚިޔާރު ކުރެއްވި ކަނބުލޭގެއަކީ މިއީ ކަން ޔަޤީން ކުރުމަށްޓަކައެވެ.


އޭގެ ބަދަލުގައި އަހަރެންގެ ބަފައިކަލުންގެ ރަށަށް ގޮސް އަހަރެންގެ ގާތްތިމާގެ މީހުންގެ ތެރެއިން އަހަރެންގެ ދަރިފުޅު އިސްޙާޤަށް އަނތްބަކު ހޯދައިދީ.⁠“


އަހަރެންނަށް ވަޅުގެ ކައިރިއަށް މިއަދު އާދެވުނު ހިނދު ހަނުހިމޭން ކަމާއިއެކު މިފަދައިން ދުޢާ ދެންނެވީމު. ’⁠މާތްރަސްކަލާނގެ. އަޅުގެ ސާހިބާ އިބްރާހީމްގެފާނު އަޅުކަން ކުރައްވާ ރަސްކަލާކޮ! އަޅުގެ ސާހިބާގެ ދަރިކަލުންނަށް އަނތްބަކު ހޯދުމަށްޓަކައި އަޅާއަށް މަގުދައްކަވާނދޭވެ.⁠‘


ދެން އަހަރެން، އަހަރެންގެ ސާހިބާ އިބްރާހީމްގެފާނުގެ ކަލާނގެ މާތްރަސްކަލާނގެއަށް ކުރުނީސް ކޮށް ޝުކުރު ދެންނެވީމު. އަދި މާތްކަލާނގެ ކިބަފުޅަށް ޙަމްދާސަނާ ދެންނެވީމު. ސަބަބަކީ މާތްކަލާނގެ ސީދާ ގޮތެއްގައި އަހަރެންގެ ސާހިބާގެ ގާތްތިމާގެ މީހުންނާ ބައްދަލު ކުރުވައި އެބައިމީހުންގެ ތެރެއިން އެކަލޭގެފާނުގެ ދަރިކަލުންނަށް އަނތްބަކު ދެއްވުމުން.


އިނބަރަސްކަލާނގެ އޯގާތެރިކަމާއި ނިމުމެއް ނުވާ ލޯތްބަކީ އަޅާއަށް ޙައްޤު ކަންތައްތަކެއް ނޫންމެ. އަޅާ މިދަތުރަށް ގެއިން ނުކުތް ހިނދު ހިނގަން ގެންގުޅުނު އަސާ ފިޔަވައި އިތުރު އެއްވެސް އެއްޗެއް އަޅާގެ މިލްކުގައި ނުވޭމެ. ނަމަވެސް އަދު އަޅާ އައިސް މިހުރީ މި ބޮޑު ދެ ޖަމާޢަތާއެކުގައި!


މާތްރަސްކަލާކޮ! އަޅާގެ ބޭބެ، ޢީސޫގެ ކިބައިން އަޅާއަށް ސަލާމަތާއި ރައްކާތެރިކަން ދެއްވާނދޭވެ. އެކަލޭގެފާނު އައިސް އަޅާއަށް ޙަމަލާދީ އަޅާއާ އެކުގައި އަޅުގެ އަނބިންނާއި ދަރިން ގަތުލުކޮށްފާނޭ ކަމުގެ މައްޗަށް އަޅާ ބިރުވެތިވަމު.


ދެން ވެސް އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ސާމުގެ ކަލާނގެ މާތްރަސްކަލާނގެ ކިބަފުޅަށް ޙަމްދާއި ޝުކުރު ހުރި. ކަންޢާނުއަކީ ސާމުގެ އަޅަކު ކަމުގައި ލައްވާހުށި.


އަޚީމައަސް ރަސްގެފާނަށް އިވޭހާ ބާރަށް ދެންނެވިއެވެ. ”⁠ހުރިހާ ކަމެއް ވެސް ރަނގަޅު.⁠“ ދެން އޭނާ ރަސްގެފާނުގެ ކުރިފުޅުމަތީ ބިންމަތީ މޫނު ޖެހޭވަރަށް ގުދުވެއްޖެއެވެ. އޭނާ ދެންނެވިއެވެ. ”⁠ކަލޭގެފާނުގެ އިލާހު، މާތްރަސްކަލާނގެ އަށް ޙަމްދު ހުރި. އެކަލާނގެ އަދާވާތްތެރިން ބަލި ކުރައްވައިފި.⁠“


ޔަޘްރޫ ބުންޏެވެ. ”⁠މާތްރަސްކަލާނގެއަށް ޙަމްދުހުރި. އެހެނީ އެކަލާނގެ ކަލޭ މިޞްރު މީހުންނާއި ފިރުޢައުނުގެ އަތްދަށުން ސަލާމަތް ކޮށްދެއްވައިފި. އާނ! އެކަލާނގެ އިސްރާއީލީން މިޞްރުގެ ގަދަފަދަ އަތްދަށުން ސަލާމަތް ކޮށްދެއްވައިފި.


އޭގެ އެތައް އަހަރެއްގެ ފަހުން މޫސާގެފާނު ބޮޑުފުޅުވެ އެކަލޭގެފާނުގެ މީހުން ކަމަށްވާ ޢިބްރާނީންނަށް ޒިޔާރަތް ކުރައްވަން ވަޑައިގެންނެވިއެވެ. އޭރު އެމީހުން ލައްވާ މިޞްރު މީހުން ގަދަކަމުން ބުރަ މަސައްކަތް ކުރުވަމުން ގެންދާތަން އެކަލޭގެފާނަށް ފެނިވަޑައިގެންނެވިއެވެ. އަދި މިޞްރު މީހަކު އެކަލޭގެފާނު ބާގައިގެ ޢިބްރާނީ މީހެއްގެ ގައިގައި ތަޅާ އަނިޔާކުރަނިކޮށް ފެނިވަޑައިގަތެވެ.


އޭގެ އަނެއް ދުވަހު އެކަލޭގެފާނު އެތަނަށް ވަޑައިގެންނެވިއިރު ޢިބްރާނީންގެ ދެމީހަކު ތަޅާފޮޅަނިކޮށް އެކަލޭގެފާނަށް ފެނިވަޑައިގެންނެވިއެވެ. މޫސާގެފާނު އެދެމީހުންގެ ތެރޭން ދެކޮޅުވެރިކަން ފެށިމީހާއަށް ވިދާޅުވިއެވެ. ”⁠ކަލޭ ކީއްވެތަ އަމިއްލަ މީހެއް ގައިގައި ތިޔަ ތަޅަނީ؟⁠“


ދެން މާތްރަސްކަލާނގެ މޫސާގެފާނުގެ ކުރިފުޅުމަތިން ހުރަސްކުރެއްވިއެވެ. އަދި ވަޙީކުރެއްވިއެވެ. ”⁠އަހަރެންނަކީ ޔަހޫވޭ! އަދި މާތްރަސްކަލާނގެ! އަހަރެންނަކީ އޯގާވަންތަ ރަޙުމަތްވަންތަ ކަލާނގެ! އަހަރެންނަކީ ކޯފާވުން ލަސް، ދެގޮތެއްނުވެ ލޯބިވާ ވަފާތެރި ކަލާނގެ.


ދަރިފުޅާއެވެ! އަބަދުވެސް ހިނގަންވާނީ އެކަލާނގެ ރުހިވޮޑިގަންނަވާ މަގުންނެވެ. އެކަލާނގެ ކަލޯއަށް ސާފުސީދާ ތެދުމަގު ދައްކަވާނެއެވެ.


އަހަރެން އަބަދުވެސް ކަންތައް ކުރަނީ ޙައްޤާ އެއްގޮތަށެވެ. އަދި އިންސާފުވެރިކަމާ އެކުގައެވެ.


”⁠ބަނީއިސްރާއީލުންގެ މާތްސާހިބުވަންތަ ރަސްކަލާނގެ ކިބަފުޅަށް ހަމްދާއި ޝުކުރު ހުރި! އެކަލާނގެ، އެކަލާނގެ މީސްތަކުން ދިންނެވުމަށް ފައްޓަވައިފި.


މާތްރަސްކަލާނގެ މޫސާގެފާނު މެދުވެރި ކުރައްވާ އެކަލާނގެ އަމުރުފުޅުތަކާއި ގަވާއިދުތައް އެންގެވިއެވެ. ނަމަވެސް އެކަލާނގެ ދެއްވާ ދެގޮތެއްވުމެއް ނުވާ، ބަދަލުވުމެއް ނުވާ ލޯބިފުޅާއި އެކަލާނގެއާއި ބެހޭ ތެދު ފާޅުވެ އެނގުނީ އީސާ އަލްމަސީޙު މެދުވެރިކޮށެވެ.


އެންމެހާ ހަމްދާ ޘަނާއެއް ޙައްޤުވެގެން ވަނީ މާތްސާހިބާ އީސާއަލްމަސީޙުގެ ބައްޕާފުޅު މާތްރަސްކަލާނގެއަށެވެ. އެއީ އަހަރެމެން އަލްމަސީޙާއި އެކުގައި ވީ އެއްބައިވަންތަކަމުން އެކަލާނގެ އަހަރެމެންނަށް އުޑުތަކުގެ ހުރިހާ ރޫހާނީ ރަޙުމަތެއްލެއްވިއެވެ.


އަހަރެންގެ ދުޢާއަކީ ޖަލާލަތާއި ޝަރަފު އަބަދަށްޓަކައި އަހަރެމެންގެ ހަމައެކަނި ކަލާނގެއަށް ލެއްވުމެވެ. އެކަލާނގެއީ އަބަދަށް ދެމިވޮޑިގެންވާ ޣައިބުވަންތަ ދާއިމަށް ރަސްކަމުގައި ވޮޑިގެންވާ ކަލާނގެއެވެ. އާމީން!


މިދަރިފުޅު އުފަންވުމުން ނުޢުމީގެ ގާތް ރައްޓެހިން އޭނާއަށް ބުންޏެވެ. ”⁠މާތްރަސްކަލާނގެއަށް ހަމްދާއި ޝުކުރު ހުރި. މިއަދު އެކަލާނގެ ކަލެއަށް މާމަ ދަރިފުޅަކު ދެއްވައިފި. މިދަރިފުޅު ބަނީ އިސްރާއީލުގެ ހުރިހާ ކަންކޮޅުތަކެއްގައި މަޝްހޫރު ވާހުށި. މިދަރިފުޅު ކަލޭގެ ދިރިއުޅުމަށް އަލިކަމާއި ބާއްޖަވެރިކަން ގެނެސް ދޭނެ. އަދި ކަލޭ މުސްކުޅިވާ ދުވަހު ކަލެއަށް އެހީތެރިވާނެ. އޭނާގެ މަންމަ އަކީ ކަލޭގެ ދަނބިދަރިފުޅު ކަމުގައި ވީ ނަމަވެސް އޭނާ ކަލޭގެ އަމިއްލަ ހަތް ފިރިހެން ދަރިން ތިބި ކަމުގައި ވިޔަސް އެ ހުރިހާ ދަރިން ކަލޭ ދެކެ ވާނެ ލޯތްބަށް ވުރެ ވެސް މާ ބޮޑަށް ކަލެއަށް ކަމޭހިތައި ލޯބިވާނެ.⁠“


ދާއޫދު އަބީޖާއިލް ގާތު ބުންޏެވެ. ”⁠އަހަރެންގެ ގާތަށް މިއަދު ކަލޭ ފޮނުއްވި އިސްރާއީލުގެ އިލާހު، މާތްރަސްކަލާނގެއަށް ޙަމްދުކުރަން.


ދާއޫދަށް މިޚަބަރު ލިބުމުން ބުންޏެވެ. ”⁠ޙަމްދު ހުރީ މާތްރަސްކަލާނގެއަށް އެހެނީ އަހަރެންގެ އަތުން އޭނާ މަރު ގަންނަވާނެ ގޮތް މެދުވެރި ނުކުރައްވައި އޭނާ ކުރި ނުބައި ކަންތަކާއި ކުރި މަލާމާތްތަކަށް ޙައްޤު ސަޒާ އެކަލާނގެ އޭނާއަށް ދެއްވައިފި.⁠“ ދެން ދާއޫދު އަބީޖާއިލްގެ ގާތަށް އޭނާއާ ކައިވެނި ކުރުން އެދި މީހަކު ފޮނުވައިފިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ