Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 24:24 - ކިތާބުލް މުޤައްދަސާ

24-25 ޖަވާބުގައި ރިފްޤާ ބުންޏެވެ. ”⁠އަހަރެންގެ ބައްޕަ އަކީ ނާޙޫރާއި މަލްކަތުގެ ދަރި ބަތޫއީލް. އަހަރެމެންގެ ގޭގައި ތިބާގެ ޖަމަލުތަކަށް އެކަށީގެންވާ ވަރަށް ކާންދޭނޭ ވިނަވެސް ހުންނާނެ. އަދި އަހަރެމެންގެ ހިޔާވަހި ކަމުން ތިބާއާއި ތިބާގެ ބައިވެރިންނަށް ޖާގަ މިރޭ ލިބޭނެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 24:24
8 ပူးပေါင်းရင်းမြစ်များ  

އަބްރާމް އާއި ނާޙޫރު ވެސް މީހުންނާއި ކައިވެނި ކުރެއްވިއެވެ. އަބްރާމްގެ އަނބިކަނބަލުންގެ ނަމަކީ ސާރާއީ އެވެ. ނަހޫރުގެ އަންހެނުންގެ ނަމަކީ މަލްކަތު އެވެ. މަލްކަތު އަކީ ހާރާންގެ އަންހެންދަރިފުޅެކެވެ. ހާރާންއަކީ މަލްކަތު އާއި ޔިސްކަތު، މިދެއަންހެނުންގެ ބައްޕައެވެ. ސާރާއީއަށް އަދި ދަރިއަކު ލިބިވަޑައެއް ނުގަނެއެވެ. އެކަނބުލޭގެފާނަކީ ދަރިން ނުލިބޭ އަންހެނެކެވެ.


މި ހިނގައިދިޔަ ޙާދިސާތަކަށް ފަހު އެކަލޭގެފާނުގެ ބޭބެ ނާޙޫރުގެ އަންހެނުން މަލްކަތު ނާޙޫރަށް އަށް ކުދިން ވިހައިފިކަމުގައި މީހަކު އިބްރާހީމްގެފާނަށް ދެންނެވިއެވެ. އެ ދެމަފިރިންނަށް ލިބުނު ފުރަތަމަ ދަރިފުޅުގެ ނަމަކީ ޢޫޞާއެވެ. ދެވަނަ ދަރިފުޅުގެ ނަމަކީ ބޫޒާ އެވެ. އަދި ތިންވަނަ ދަރިފުޅުގެ ނަމަކީ ޤަމޫއީލްއެވެ. (މިއީ އަރާމް ގެ ބައްޕައެވެ.) އޭގެއިތުރުން ކާސަދު އާއި ޙަޒްވު އާއި ފިލްދާޝް އަދި ޔަދްލާފްގެ އިތުރުން ބަތުއީލް ލިބުނެވެ. މި ބަތޫއީލް އަކީ ރިފްޤާގެ ބައްޕައެވެ.


ޚާދިމުކަލޭގެ ދުޢާކޮށް ނިމުމުގެ ކުރިން ބަތޫއީލްގެ އަންހެންދަރި ރިފްޤާ ބަނޑިޔަލެއް ކޮނޑަށްލައިގެން ސަހަރުގެ ރަށްބޭރަށް އައެވެ. (މި ރިފްޤާގެ ބައްޕަ ބަތޫއީލް އަކީ އިބްރާހީމްގެފާނުގެ ކޮއްކޮ ނާޙޫރު އާއި މަލްކަތުގެ ދަރިއެކެވެ.)


އެއަށް ފަހު ޚާދިމުކަލޭގެ ރިފްޤާއަށް ބުންޏެވެ. ”⁠ކަނބުލޮގެ ބައްޕައަކީ ކޮންބޭކަލެއްކަން ބުނެދީފާނަންތަ؟ އަހަރެންނާއި އަދި އަހަރެންނާއި އެކުގައިވާ މީސްތަކުންނަށް އެ ބޭކަލެއްގެ ހިޔާވަހީގައި މިރޭ ވޭތު ކުރުމަށް ޖާގައެއް ލިބިދާނެތަ؟⁠“


އަހަރެން އެކަނބުލޭގެއަށް ’⁠ކަނބުލޮގެ ބައްޕައަކީ ކޮންބޭކަލެއްތޯ؟⁠‘ އަހައި ސުވާލު ކުރީމާ އެކަނބުލޭގެ ޖަވާބުގައި މިފަދައިން ބުނި. ’⁠ތިމަންގެ ބައްޕަ އަކީ ނާޙޫރާއި މަލްކަތުގެ ދަރި ބަތޫއީލްއޭ.⁠‘ ދެން އަހަރެން އެކަނބުލޭގެ ނޭފަތުގައި ރަނުގެ ނޭފަތު މުއްޖެއް ލައިދީ އަދި އެކަނބުލޭގެ އަތުގައި ބޮޑެތި އުޅާގެ ރަން ދެ އުޅާ އަޅުވައިދިނީމު.


ދެން ޔަޢުޤޫބުގެފާނު ވިދާޅުވިއެވެ. ”⁠ނާޙޫރުގެ ކާފަދަރި، ލަބާން ތިޔަބައިމީހުން ދަންނަމުތަ؟⁠“ އެބައިމީހުން ރައްދުގައި ޖަވާބު ދިނެވެ. ”⁠ލައްބަ، އަހަރެމެން އޭނާ ދަންނަމު.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ