Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 24:21 - ކިތާބުލް މުޤައްދަސާ

21 އިބްރާހީމްގެފާނުގެ ޚާދިމު ހަނުހިމޭނުން ހުރެ އެކަނބުލޭގެ ކުރަމުން ދިޔަ ކަންތައްތަކަށް ފަރުވާވެ ބަލަމުން ގެންދިޔައެވެ. ސަބަބަކީ މާތްރަސްކަލާނގެ އޭނާގެ މިދަތުރު ކާމިޔާބު ކޮށްދެއްވައި އެކަލާނގެ ޚިޔާރު ކުރެއްވި ކަނބުލޭގެއަކީ މިއީ ކަން ޔަޤީން ކުރުމަށްޓަކައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 24:21
13 ပူးပေါင်းရင်းမြစ်များ  

އެ ހިނދު އޭނާ މިފަދައިން ދުޢާ ދެންނެވިއެވެ. ”⁠މާތްކަލާނގެ. އަޅުގެ ސާހިބާ އިބްރާހީމްގެފާނުގެ ރަސްކަލާކޮ! އަދު އަޅާގެ މުހުތާދު ފުއްދަވައި ދެއްވައި، އަޅުގެ ސާހިބު އިބްރާހީމްގެފާނާއި މެދު އޯގާތެރިވެ ވޮޑިގަންނަވާނދޭވެ. އަޅާގެ މި ދަތުރުގެ މަގުސަދު އެދެވޭ ގޮތުގައި ފުރިހަމަ ކޮށްދެއްވުމަށް އަޅާއަށް މަދަދު ދެއްވާނދޭވެ.


އެގޮތުން ޖަމަލުތައް ފެން ބުއިމަށްޓަކައި ބެހެއްޓިފައިވާ ފެންއޮޑީގެ ތެރެއަށް ބަނޑިޔަލުގައި ހުރި ފެން އޮއްސާލިއެވެ. އެއަށް ފަހު ވަޅު ދޮށަށް ގޮސް ބަނޑިޔަލަކަށް ފަހު ބަނޑިޔަލެއް ފުރާ ފެން ގެނެސް އެ ހުރިހާ ޖަމަލުތަކަށް ވެސް އެކަށީގެންވާ ވަރަށް ފެން ބޯންދީފިއެވެ.


”⁠މާތްކަލާނގެ، އަޅާގެ ސާހިބު އިބްރާހީމްގެފާނުގެ ރަސްކަލާނގެ ކިބަފުޅަށް ޙަމްދުސަނާ ދަންނަވަމު. މާތްރަސްކަލާނގެ އިބްރާހީމްގެފާނާއި މެދު އޯގާތެރިވެ ވޮޑިގަންނަވާ އަދި ތެދުވެރިވެ ވޮޑިގަންނަވާ. އަޅާގެ ސާހިބާގެ ގާތްތިމާގެ ފަރާތްތަކާއި އަޅާ ބައްދަލު ކުރުވައިފީމު.⁠“


ނަމަވެސް ޚާދިމު ކަލޭގެ އެބައިމީހުންނަށް ބުންޏެވެ. ”⁠އަހަރެން މަޑުކުރުވުމަށް މަސައްކަތް ނުކުރޭ. ސަބަބަކީ މާތްރަސްކަލާނގެ އަހަރެންގެ މި ދަތުރުގެ މުހުތާދުތައް ފިއްލަވައި ދެއްވައި ކާމިޔާބު ކޮށްދެއްވައިފި. އަހަރެންގެ ސާހިބާގެ އަރިހަށް ދިޔަދީ.⁠“


ނަމަވެސް މަރިޔަމްގެފާނު މި ވެދިޔަ ހުރިހާ ކަންތައްތަކަކާ މެދު ވަރަށް ބޮޑަށް ވިސްނަވަމުން ގެންދެވިއެވެ.


ދެން އީސާގެފާނު އެބައިމީހުންނާއިއެކު އެނބުރި ނާޒަރަތަށް ވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނު ހުރިހާ ކަމެއްގައި ވެސް އެދެކަނބަލުންނަށް ކިޔަމަންތެރިކަން އަދާކުރެއްވިއެވެ. މަރިޔަމްގެފާނު މި ވެދިޔަ ހުރިހާ ކަންތައްތަކަކާ މެދު ވަރަށް ބޮޑަށް ވިސްނަވަމުން ގެންދެވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ