ފެށުން 24:16 - ކިތާބުލް މުޤައްދަސާ16-17 ރިފްޤާ އަކީ ނުހަނު ރީތި ބިކުރުވެރި އަންހެންކުއްޖެކެވެ. މި ކަނބުލޭގެ ދުވަހަކު ވެސް ފިރިހެނަކާއެކު ރޭކޮށްފައި ނުވޭމެއެވެ. މި ކަނބުލޭގެ ފެންވަޅުގެ ކައިރިއަށް ގޮސް ބަނޑިޔަލަށް ފެން ފުރައިގެން ކުރިއަށް ހިނގައިގަތް ތަނާ އިބްރާހީމްގެފާނުގެ ޚާދިމު ދުވެފައި އައިސް އެ ކަނބުލޭގެއަށް ބުންޏެވެ. ”ކަނބުލޭގެ އަތުގައިވާ ތިޔަ ފެން ބަނޑިޔަލުން އަހަރެންނަށް ފެންފޮދެއް ދީފާނުތަ؟“ အခန်းကိုကြည့်ပါ။ |
ވީމާ، ފޫޠީފާރުގެ މިލްކިއްޔާތުގައިވާ އެންމެހާ ތަކެތީގެ މައްޗަށް މަސްއޫލުވެ ހިންގައި ބެލެހެއްޓުމުގެ ފުރިހަމަ ބާރު ޔޫސުފުގެފާނަށް އޭނާ ދިނެވެ. އަދި ޔޫސުފުގެފާނު އޭނާ އާއި އެކުގައި ހުންނެވުމުން އޭނާ ކާނެ ކެއުމަކާ މެދު ފިޔަވައި އެހެން އެއްވެސް ކަމަކާ މެދު އޭނާ ފިކުރު ކުރާކަށް ނުޖެހެއެވެ. މިހާރު ޔޫސުފުގެފާނަކީ ހެދިހުރި ހަށިގަނޑެއް ލިބިފައިވާ ނުހަނު ރިވެތި ފިރިހެންވަންތަ ބޭކަލެކެވެ.
އާދަމްގެފާނު އެކަލޭގެފާނުގެ އަނބިކަނބަލުން ޙައްވާގެފާނާއި އެކު ރޭކުރެއްވިއެވެ. އެއަށް ފަހު ޙައްވާގެފާނު އާލާސްވެ އިންނަވާ ފިރިހެން ދަރިކަލަކާއިގެން ރައްކާވެ ވަޑައިގެންނެވިއެވެ. އެދަރިކަލުންނަށް ޤާޔީންގެ ނަމުން ނަންދެއްވިއެވެ. ޙައްވާގެފާނު ވިދާޅުވިއެވެ. ”މާތްރަސްކަލާނގެ އޯގާވަންތަކަމުން އަހަންނަށް ފިރިހެންދަރިކަލަކު ދެއްވައިފި.“