Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 24:15 - ކިތާބުލް މުޤައްދަސާ

15 ޚާދިމުކަލޭގެ ދުޢާކޮށް ނިމުމުގެ ކުރިން ބަތޫއީލްގެ އަންހެންދަރި ރިފްޤާ ބަނޑިޔަލެއް ކޮނޑަށްލައިގެން ސަހަރުގެ ރަށްބޭރަށް އައެވެ. (މި ރިފްޤާގެ ބައްޕަ ބަތޫއީލް އަކީ އިބްރާހީމްގެފާނުގެ ކޮއްކޮ ނާޙޫރު އާއި މަލްކަތުގެ ދަރިއެކެވެ.)

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 24:15
22 ပူးပေါင်းရင်းမြစ်များ  

މިއީ ތާރަޙުގެ ދަރިކޮޅު ފެތުރުނު ގޮތުގެ ވާހަކައެވެ. ތާރަޙުއަށް އަބްރާމް އާއި ނާޙޫރު އާއި ހާރާން މިތިން ދަރިން ލިބުނެވެ. ހާރާން އަކީ ލޫޠުގެފާނުގެ ބައްޕައެވެ.


އަބްރާމް އާއި ނާޙޫރު ވެސް މީހުންނާއި ކައިވެނި ކުރެއްވިއެވެ. އަބްރާމްގެ އަނބިކަނބަލުންގެ ނަމަކީ ސާރާއީ އެވެ. ނަހޫރުގެ އަންހެނުންގެ ނަމަކީ މަލްކަތު އެވެ. މަލްކަތު އަކީ ހާރާންގެ އަންހެންދަރިފުޅެކެވެ. ހާރާންއަކީ މަލްކަތު އާއި ޔިސްކަތު، މިދެއަންހެނުންގެ ބައްޕައެވެ. ސާރާއީއަށް އަދި ދަރިއަކު ލިބިވަޑައެއް ނުގަނެއެވެ. އެކަނބުލޭގެފާނަކީ ދަރިން ނުލިބޭ އަންހެނެކެވެ.


އޭގެ އަނެއްދުވަހު ވަރަށް ހެނދުނުގެ ވަގުތެއްގައި ކެއިންބުއިމަށް ބޭނުންވާނޭ ތަކެއްޗާއި ޖަނަވާރުގެ ހަމުން ހަދާފައިވާ ހަމެއްގެފުރާ ފެންއެޅުމަށް ފަހު އިބްރާހީމްގެފާނު އެހަން ހާޖަރުގެ ކޮނޑަށް ލައްވައި ދެއްވިއެވެ. އެއަށް ފަހު އިސްމާޢީލްގެފާނާއި ދެމައިން އެގެއިން ފޮނުއްވާލެއްވިއެވެ. ދެން އެ ދެމައިން ވަކި މިޞްރާބެއްނެތި ބިއުރުސަބްޢައާ ކައިރީގައިވާ ސަހަރާތެރޭގައި ހިނގަމުން ދިޔައެވެ.


އަޅާގެ އެދުމަކީ އެ ކުދިންގެ ތެރެއިން އެއްކުއްޖެއްގެ ގާތު އަޅާ އެކުއްޖާގެ ބަނޑިޔަލުން ފެންފޮދަކަށް އެދި ބުނުމުން މިފަދައިން އެކުއްޖާ ރައްދު ދިނުން. ’⁠އާނއެކޭ. ފެންފޮދެއްބޯށޭ. އަދި ތިބާގެ ޖަމަލުތަކަށް ވެސް އަހަރެން ފެންދޭނަމޭ.⁠‘ މިގޮތުގެ މަތިން އަމަލު ކުރާނެ ކުއްޖަކީ އިސްޙާޤުގެ އަނތްބަކަށް އެކަށޭނަ ކުއްޖާ ކަމުގައި ލައްވައިފިނަމަ އެއީ އިނބަ ކަލާނގެ އޯގާވަންތަކަން އަޅުގެ ސާހިބު އިބްރާހީމްގެފާނާއި އެކުގައި ވޮޑިގެންވާކަން އަޅާއަށް ހާމަކޮށްދެއްވުން ކަމުގައި އަޅު ދެކޭނަމު.⁠“


ޖަވާބުގައި ރިފްޤާ ބުންޏެވެ. ”⁠އަހަރެންގެ ބައްޕަ އަކީ ނާޙޫރާއި މަލްކަތުގެ ދަރި ބަތޫއީލް. އަހަރެމެންގެ ގޭގައި ތިބާގެ ޖަމަލުތަކަށް އެކަށީގެންވާ ވަރަށް ކާންދޭނޭ ވިނަވެސް ހުންނާނެ. އަދި އަހަރެމެންގެ ހިޔާވަހި ކަމުން ތިބާއާއި ތިބާގެ ބައިވެރިންނަށް ޖާގަ މިރޭ ލިބޭނެ.⁠“


އަހަރެން ހަނުހިމޭނުން ދުޢާކޮށް ނިމުމުގެ ކުރިން ރިފްޤާ އެކަނބުލޭގެ ފެންއުފުލާ ބަނޑިޔާ ކޮނޑަށްލައިގެން ސަހަރުގެ ރަށްބޭރަށް އައި. އަދި އެކަނބުލޭގެ ފެންވަޅުގެ ކައިރިއަށް ގޮސް ބަނޑިޔަލަށް ފެން ފުރައިގެން ކުރިއަށް ހިނގައިގަތް ހިނދު އަހަރެން އެކަނބުލޭގެ ކައިރިން ފެންފޮދަކަށް އެދުނީމު.


އިސްޙާޤުގެފާނުގެ އުމުރުފުޅުން ސާޅީސް އަހަރުގައި ބަތޫއެލްގެ އަންހެންދަރި ރިފްޤާ އާ ކައިވެނި ކުރެއްވިއެވެ. (މި ބަތޫއީލް އަކީ މެސޮޕޮޓޭމިއާގެ އަރާމީންގެ މީހެކެވެ.) އަދި ރިފްޤާ އަކީ ލަބާންގެ އަންހެން ކޮއްކޮވެސް މެއެވެ.


ދެން ޔަޢުޤޫބުގެފާނު ވިދާޅުވިއެވެ. ”⁠ނާޙޫރުގެ ކާފަދަރި، ލަބާން ތިޔަބައިމީހުން ދަންނަމުތަ؟⁠“ އެބައިމީހުން ރައްދުގައި ޖަވާބު ދިނެވެ. ”⁠ލައްބަ، އަހަރެމެން އޭނާ ދަންނަމު.⁠“


ޔަޢުޤޫބުގެފާނު އެބައިމީހުންނާއި ވާހަކަ ދައްކަން ހުންނަވަނިކޮށް ރާޙީލް އޭނާގެ ބައްޕަގެ ކަންބަޅިތަކާއިގެން އެތަނަށް އައެވެ. އެހެނީ ކަންބަޅިތައް ބެލެހެއްޓުމަކީ އޭނާ އާއި ޙަވާލުވެފައިވާ މަސައްކަތެވެ.


އޭރު މިދްޔާންގެ އިމާމު ޔަސްރޫގެ ހަތް އަންހެންދަރިން ތިބެއެވެ. މި ކުދިން އައިސް އުޅުނީ އެކުދިންގެ ފެންގުރާބަށް ފެންފުރައި އެކުދިންގެ ބައްޕަގެ ކަންބަޅިބަކަރިތަކަށް ފެން ދޭންވެގެންނެވެ.


ގޭގައި އުޅޭ ހުރިހާ އެންމެން އޭނާ ބަލަހައްޓާނެއެވެ. ކަންނެއްކަމެއް އޭނާއެއް ނުދެކޭނެއެވެ.


ރާޢޫތު އެދުވަހުގެ ހަވީރުގެ ވަގުތާއި ޖެހެންދެން ދަނޑުގައި މަސައްކަތް ކުރުމަށް އުޅުނެވެ. އަދި ހަވީރު ވުމުން އޭނާ އެއްކޮށްފައިހުރި ގޮވާން ސާފުކުރި އިރު ބޮޑު ބަސްތާއެއް ފުރޭ ވަރުވިއެވެ.


އެއްދުވަހަކު ރާޢޫތު ނުޢުމީއަށް ބުންޏެވެ. ”⁠އަޅުގަނޑު މިދަނީ ގޮވާން އެއްކުރުމަށް ދަނޑުތަކުގައި މަސައްކަތް ކުރާ މީހުންނަށް ނުނެގި އުކާލެވިފައި ހުންނަ ގޮވާން ހޮވުމުގެ ހުއްދަ ދޭނޭ ދަނޑުވެރިޔަކު ފެނޭތޯ.⁠“ ނުޢުމީ ބުންޏެވެ. ”⁠އެންމެ ރަނގަޅު. ދޭ، މަގޭ ދަރިފުޅާ.⁠“


އެވަގުތު ޒުވާން އަންހެން ކުދިންތަކެއް ފެންބަލާ ދާތަން ފެނިއްޖެއެވެ. މިމީހުން އެކުދިން ކުރެން އެއްސެވެ. ”⁠މިރަށުގެ ކަހީނު ކަލޭގެފާނު މިތާ އެބަ އުޅުއްވާތަ؟⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ