Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 24:11 - ކިތާބުލް މުޤައްދަސާ

11 އޭނާ އެތަކެއް ދުވަހު ދަތުރު ކުރަމުންގޮސް ހަވީރު ވަގުތެއްގައި އެ ސަހަރުގެ ރަށްބޭރުގައިވާ ވަޅުގެ ކައިރިއަށް ފޯރައިފިއެވެ. ދެން އޭނާގެ ޖަމަލުތައް ވަޅުގެ ކައިރީ އެއްފަރާތުގައި ބަނޑު ޖައްސުވައިގެން ހުއްޓެވެ. އެވަގުތަކީ ސަހަރުގެ ފުރާވަރުގެ އަންހެންކުދިންތައް އެ ވަޅުގެ ކައިރިއަށް ފެންބަލާ އަންނަ ވަގުތު ވެސް މެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 24:11
10 ပူးပေါင်းရင်းမြစ်များ  

އަހަރެންނަށް ވަޅުގެ ކައިރިއަށް މިއަދު އާދެވުނު ހިނދު ހަނުހިމޭން ކަމާއިއެކު މިފަދައިން ދުޢާ ދެންނެވީމު. ’⁠މާތްރަސްކަލާނގެ. އަޅުގެ ސާހިބާ އިބްރާހީމްގެފާނު އަޅުކަން ކުރައްވާ ރަސްކަލާކޮ! އަޅުގެ ސާހިބާގެ ދަރިކަލުންނަށް އަނތްބަކު ހޯދުމަށްޓަކައި އަޅާއަށް މަގުދައްކަވާނދޭވެ.⁠‘


އެތަނުގައި ވީ ބަކަރިގޮވިން އެބައިމީހުންގެ ކަންބަޅިތަކަށް ފެންދިނުމަށް އެ މައިދާނުގައި ހުރި ވަޅެއްގެ ކައިރިއަށް ގެންދަމުން ދިޔަތަން އެކަލޭގެފާނަށް ފެނިވަޑައިގަތެވެ. އޭރު ތިން ކަންބަޅި އައިނު އެ ވަޅުގެ ވަށައިގެން ތިއްބެވެ. ނަމަވެސް އެވަޅުގެ އަނގަމަތިވަނީ ވަރަށް ބޮޑު ހިލައަކުން ފޮރުވާފައެވެ.


ފިރުޢައުނަށް މި ޚަބަރު ލިބިވަޑައިގަތުމުން އެކަލޭގެފާނު ގަތުލުކުރައްވަން ހޯއްދެވިއެވެ. އޭރު މޫސާގެފާނު ފިރުޢައުނަށް ފިއްލަވައިގެން މިދްޔާނަށް ވަޑައިގެންފިއެވެ. އެކަލޭގެފާނު އެރަށަށް ވަޑައިގެން އެތާ ހުރި ވަޅެއްގެ ކާރީގައި އިށީނދެވަޑައިގެން އިންނެވިއެވެ.


އޭރު މިދްޔާންގެ އިމާމު ޔަސްރޫގެ ހަތް އަންހެންދަރިން ތިބެއެވެ. މި ކުދިން އައިސް އުޅުނީ އެކުދިންގެ ފެންގުރާބަށް ފެންފުރައި އެކުދިންގެ ބައްޕަގެ ކަންބަޅިބަކަރިތަކަށް ފެން ދޭންވެގެންނެވެ.


ހެޔޮމީހުން އެމީހުންގެ ޖަނަވާރުތަކަށް ވެސް ހެޔޮވާނެއެވެ. ނުބައިމީހާ އެތަކެއްޗަށް ވެސް އަނިޔާވެރި ވާނެއެވެ.


އެކަލޭގެފާނު އިންނެވީ ގިނިކަންޏާއެވެ. އޭރު އެކަލޭގެފާނުގެ އަސްޙާބީން ވީ ކާނޭ އެއްޗެއް ގަތުމަށްޓަކައި ރަށުތެރެއަށް ގޮހެވެ. އިރުކޮޅެއް ވީތަނާ އެތަނަށް ސަމީރިއްޔާގެ އަންހެނަކު ފެން ބަލާ އައެވެ. އެކަލޭގެފާނު އެ އަންހެންމީހާއަށް ވިދާޅުވިއެވެ. ”⁠އަހަރެންނަށް ފެންފޮދެއް ދީބަލަ.⁠“


އެވަގުތު ޒުވާން އަންހެން ކުދިންތަކެއް ފެންބަލާ ދާތަން ފެނިއްޖެއެވެ. މިމީހުން އެކުދިން ކުރެން އެއްސެވެ. ”⁠މިރަށުގެ ކަހީނު ކަލޭގެފާނު މިތާ އެބަ އުޅުއްވާތަ؟⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ