Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 24:10 - ކިތާބުލް މުޤައްދަސާ

10 އެއަށް ފަހު އިބްރާހީމްގެފާނުގެ ޖަމަލުތަކުގެ ތެރެއިން ދިހަ ޖަމަލަށް އަގުހުރި އެތަކެއް ހަދިޔާތަކެއް އަރުވާ ބަރާ ކުރުމަށް ފަހު، މި ޚާދިމުކަލޭގެ ދަތުރުކޮށް ގޮސް މެސޮޕޮޓޭމިއާގެ ހުޅަނގު އުތުރުގައިވާ ނާޙޫރުގެ ސަހަރަށް ދިޔައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 24:10
19 ပူးပေါင်းရင်းမြစ်များ  

ތާރަޙު ދުނިޔޭގައި އުޅޭތާ ހަތްދިހަ އަހަރުވެފައި ވަނިކޮށް އޭނާއަށް އަބްރާމް އާއި ނާޙޫރު އާއި ހާރާން ލިބުނެވެ.


އަބްރާމް އާއި ނާޙޫރު ވެސް މީހުންނާއި ކައިވެނި ކުރެއްވިއެވެ. އަބްރާމްގެ އަނބިކަނބަލުންގެ ނަމަކީ ސާރާއީ އެވެ. ނަހޫރުގެ އަންހެނުންގެ ނަމަކީ މަލްކަތު އެވެ. މަލްކަތު އަކީ ހާރާންގެ އަންހެންދަރިފުޅެކެވެ. ހާރާންއަކީ މަލްކަތު އާއި ޔިސްކަތު، މިދެއަންހެނުންގެ ބައްޕައެވެ. ސާރާއީއަށް އަދި ދަރިއަކު ލިބިވަޑައެއް ނުގަނެއެވެ. އެކަނބުލޭގެފާނަކީ ދަރިން ނުލިބޭ އަންހެނެކެވެ.


ތާރަޙު ކަންޢާނުކަރައަށް ދިއުމަށްޓަކައި ދަތުރު ފެށިއެވެ. އޭނާގެ ދަރިކަލުން އަބްރާމްއާއި ކާފަދަރިކަލުން ލޫޠުއާއި އޭނާގެ ދަނބިދަރިކަނބަލުން ސާރާއީ ގޮވައިގެން އެންމެން އެއްކޮށް ކަލްދާނީންގެ މީހުން ދިރިއުޅޭ ރަށް ކަމުގައިވާ އޫރު ސަހަރު ދޫކޮށް ވަޑައިގެންނެވިއެވެ. އެބޭކަލުން ކަންޢާނުކަރައާއި ހަމައަށް ނުގޮސް ޙާރާންއަށް ވަޑައިގެން އެތާނގައި ވަޒަންވެރިވެ ވަޑައިގެންނެވިއެވެ.


ތާރަޙު ދުއިސައްތަ ފަސް އަހަރު ދުނިޔޭގައި އުޅުމަށް ފަހު ނިޔާވީ އެބޭކަލުން ދިރިއުޅުއްވި ރަށް ކަމުގައިވާ ޙާރާންގައެވެ.


މި ހިނގައިދިޔަ ޙާދިސާތަކަށް ފަހު އެކަލޭގެފާނުގެ ބޭބެ ނާޙޫރުގެ އަންހެނުން މަލްކަތު ނާޙޫރަށް އަށް ކުދިން ވިހައިފިކަމުގައި މީހަކު އިބްރާހީމްގެފާނަށް ދެންނެވިއެވެ. އެ ދެމަފިރިންނަށް ލިބުނު ފުރަތަމަ ދަރިފުޅުގެ ނަމަކީ ޢޫޞާއެވެ. ދެވަނަ ދަރިފުޅުގެ ނަމަކީ ބޫޒާ އެވެ. އަދި ތިންވަނަ ދަރިފުޅުގެ ނަމަކީ ޤަމޫއީލްއެވެ. (މިއީ އަރާމް ގެ ބައްޕައެވެ.) އޭގެއިތުރުން ކާސަދު އާއި ޙަޒްވު އާއި ފިލްދާޝް އަދި ޔަދްލާފްގެ އިތުރުން ބަތުއީލް ލިބުނެވެ. މި ބަތޫއީލް އަކީ ރިފްޤާގެ ބައްޕައެވެ.


އެއްދުވަހަކު އިބްރާހީމްގެފާނު އެކަލޭގެފާނުގެ ގޭގެ ކަންތައް ބަލަހައްޓާ އެންމެ ދުވަސްވީ ޚާދިމަށް ވިދާޅުވިއެވެ. ”⁠އަހަރެންގެ ދަރިފުޅު އިސްޙާޤުގެ ކައިވެންޏަށް މި ކަންޢާނުގެ އަންހެން ކުދިންގެ ތެރެއިން އަންހެން ކުއްޖަކު ޚިޔާރު ނުކުރުމަށް އަހަރެންގެ ފަލަމަސްގަނޑުގެ ދަށުގައި އަތްޖައްސައި އުޑުތަކާއި ބިންތަކުގެ ވެރި ރަސްކަލާނގެ، މާތްކަލާނގެ ގަންދީ ހުވާކުރޭ.


އެންމެހާ ޖަމަލުތައް ފެންބޮއި ނިމުމުން އެޚާދިމުކަލޭގެ ރިފްޤާގެ ނޭފަތުގައިލުމަށް ރަނުގެ މުއްޖަކާއި، އަތުގައި އެޅުމަށް ބޮޑެތި އުޅާގެ ރަން ދެ އުޅާ ދިނެއެވެ.


އެއަށް ފަހު އެކަލޭގެ ރިފްޤާއަށް ރަނާއި ރިހީގެ ގަހަނާއާއި އަންނައުނު ދިނެވެ. މީގެ އިތުރުން އަގުބޮޑެތި ހަދިޔާތައް އެކަނބުލޭގެ މަންމައަށާއި ބޭބެއަށް ވެސް ދިނެވެ.


އެހެންވީމާ، މަގޭ ދަރިފުޅާ، މަންމަ މި އެދޭ ފަދައިން ކަންތައް ކުރޭ. މަންމަގެ ބޭބެ ލަބާން ޙާރާން ސަހަރުގައި ދިރިއުޅެމުން ދާނެ. އެ ސަހަރަށް ދޭ.


އެއަށް ފަހު ޔަޢުޤޫބުގެފާނު އެކަލޭގެފާނު ކުރައްވަމުން ގެންދެވި ދަތުރުގައި ކުރިއަށް ވަޑައިގެންނެވިއެވެ. އަދި އިރުމަތީގައި މީސްތަކުން ދިރިއުޅެމުން ގެންދާ ރަށްތަކާއި ހަމައަށް ވަޑައިގެންނެވިއެވެ.


އެތަނުގައި ވީ ބަކަރިގޮވިން އެބައިމީހުންގެ ކަންބަޅިތަކަށް ފެންދިނުމަށް އެ މައިދާނުގައި ހުރި ވަޅެއްގެ ކައިރިއަށް ގެންދަމުން ދިޔަތަން އެކަލޭގެފާނަށް ފެނިވަޑައިގަތެވެ. އޭރު ތިން ކަންބަޅި އައިނު އެ ވަޅުގެ ވަށައިގެން ތިއްބެވެ. ނަމަވެސް އެވަޅުގެ އަނގަމަތިވަނީ ވަރަށް ބޮޑު ހިލައަކުން ފޮރުވާފައެވެ.


އަހަރެމެންނަކީ ޕަރުތިޔާ އާއި، މާދީ އާއި، އެލާމު އާއި، މެސޮޕޮޓޭމިއާ އާއި، ޖުދެއާ އާއި، ކައްޕަދޯސިޔާ އާއި، ޕޮންތުސް އާއި، އޭޝިޔާ އާއި، ފަރީޖިޔާ އާއި، ޕަންފީލިޔާ އާއި، މިޞްރާއި، ލީބިޔާގެ ޒައިރީން އާއި، ރޯމު ކަރައިގެ ބަނީއިސްރާއީލު މީހުންނާއި އަދި އާ ބަނީއިސްރާއީލުންނާއި، ކުރޭތު އާއި އަރަބި ކަރާގެ މީހުން. އެކަމަކު މާތްރަސްކަލާނގެ ކުރައްވާފައިވާ މަތިވެރި ކަންތައްތަކުގެ ވާހަކަ އެމީހުން ދައްކާ އަޑު އަހަރެމެންނަށް މި އިވެނީ އަހަރެމެންގެ އަމިއްލަ ޤައުމުގެ ބަސްތަކުން.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ