Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 23:7 - ކިތާބުލް މުޤައްދަސާ

7-8 އިބްރާހީމްގެފާނު ތެދުވެ ވަޑައިގެން ޙިއްޘީންގެ ޤައުމުގެ މީހުންނަށް ކުރުނީސްކޮށް ސަލާމް ކުރައްވައި ވިދާޅުވިއެވެ. ”⁠ތިޔަބައިމީހުން އަހަރެންގެ އަނބިމީހާ މިރަށުގައި ފަސްދާނު ލެއްވުމަށް އެދޭނަމަ އަހަރެންނަށްޓަކައި ޞޫޙަރުގެ ދަރި ޢިފްރޫން އާއި ވާހަކަ ދައްކައިދީ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 23:7
11 ပူးပေါင်းရင်းမြစ်များ  

ކަންޢާނުގެ ފުރަތަމަ ދަރިކަލުންނަކީ ޞައިދޫން އެވެ. ޞައިދޫން މީހުންގެ ކާބަފައިކަލުންނަކީ ކަންޢާނުގެ ދަރި މި ޞައިދޫން އެވެ. ޙިއްޘާއީންނާއި، ޔަބޫސީންނާއި، އަމޫރީންނާއި، ޖިރްޖާޝީންނާއި، ޙިއްވީންނާއި، ޢަރްޤީންނާއި، ސީނީންނާއި، އަރްވާދީންނާއި، ޞަމާރީންނާއި، އަދި ޙަމާތީންނާއި، މިހުރިހާ މީހުންގެ ކާބަފައިކަލުންނަކީ ވެސް ކަންޢާނުއެވެ.


އެ ހިނދު އެކަލޭގެފާނަށް ބޭރަށް ބައްލަވާލެވުނެވެ. އެވަގުތު ތިން ބޭކަލަކު އެކަލޭގެފާނަށް ފެންނަފަށުގައި ކޮއްޅަށް ތިއްބެވިތަން ފެނިލެއްވުމާއިއެކު، އެބޭކަލުންނާއި ބައްދަލު ކުރެއްވުމަށް އަވަސްވެ ވަޑައިގެންފިއެވެ. ދެން މޫނުފުޅު ބިންމަތީގައި ޖައްސަވާ އެކަލޭގެފާނު އެބޭކަލުންނަށް ސަޖިދަ ކުރެއްވިއެވެ.


އެދެމަލާއިކަތުން ސަދޫމުއަށް ވަޑައިގަތީ ހަވީރު އިރުއޮއްސެނިކޮށްނެވެ. އޭރު ލޫޠުގެފާނު އެރަށުގެ ބޮޑުދޮރޯށި ދޮށުގައި ހުންނެވިއެވެ. އެކަލޭގެފާނަށް އެދެމަލާއިކަތުން ފެނިވަޑައިގަތުމުން ތެދުވެވަޑައިގެން އެދެމަލާއިކަތުންގެ ކުރިފުޅުމަތީ ބިންމަތީގައި ނިތްކުރި ޖެއްސެވިއެވެ.


ދެވަނަ ފަހަރަށް ޙިއްޘީންނަށް އިބްރާހީމްގެފާނު ކުރުނީސް ކުރައްވާ އެކަލޭގެފާނު ޢިފްރޫންއަށް ވިދާޅުވިއެވެ. ”⁠މިތަނުގައި މިތިބަ ހުރިހާ އެންމެން ހެކިކޮށް ބުނަން. އެބިމުގެ ޖުމުލަ އަގު އަހަރެންގެ ފަރާތުން ބަލައިގަނޭ. އެއަށް ފަހު އަހަރެންގެ އަންހެނުންގެ ގަބުރު އެތަނުގައި ވަޅުލާނަން. އަދި އަހަރެންގެ މިހުށަހެޅުމަށް އިޙްތިރާމްކޮށް އެ ފައިސާ ބަލައިގަނޭ. އަހަރެންނަށް އެތަން ވިއްކާ. އެތަނުގެ ފުރިހަމަ އަގު ގަބޫލުކުރޭ.⁠“


”⁠ކަލޭގެފާނީ އަހަރެމެންގެ ތެރޭގައިވާ އަމީރެއް ފަދަ މަތިވެރި ބޭކަލެއް. މި ރަށުގެ އެންމެ ރަނގަޅު ހިސާބެއް ބައްލަވައި ކަލޭގެފާނުގެ އަނބިކަނބަލުން ފަސްދާނު ލައްވާ. ހަމައެހެންމެ މި ރަށުގެ މީހުން ވަޅުލާ ކޮންމެ ތަނެއްގައި ކަލޭގެފާނުގެ އަނބިކަނބަލުން ފަސްދާނު ލެއްވުމުގެ ހުއްދަ ކަލޭގެފާނަށް ލިބިގެންވޭ. އަދި ކަލޭގެފާނުގެ އަނބިކަނބަލުން ފަސްދާނުލެއްވުން މަނާ ކުރާނޭ މީހަކު އަހަރެމެންގެ ތެރެއަކުން ނާންނާނެ.⁠“


އެއަށް ފަހު ޔޫސުފުގެފާނު އެކަލޭގެފާނުގެ ދެދަރިކަލުން އިސްރާއީލުގެފާނުގެ އުނގުފުޅުން ނެންގެވުމަށް ފަހު އިސްރާއީލުގެފާނުގެ ކުރިފުޅުމަތީގައި ގުދުވެ ކުރުނީސް ކުރެއްވިއެވެ.


ބައެއް ރައްޓެހިންގެ ކިބައިން ލިބެނީ ގެއްލުމެވެ. އަނެއްބައި ރައްޓެހިން ތިމާގެ އެއްބަނޑުމީހާއަށް ވުރެން ގާތްކަން ބޮޑެވެ.


ކަލޭމެން ސުލްޙަވެރިކަމާއެކު އެންމެންނާއެކު އެކުއުޅެވޭތޯ ބަލާށެވެ. އަދި ތާހިރު މުޤައްދަސް ދިރިއުޅުމެއް އުޅޭށެވެ. އެފަދަ ދިރިއުޅުމެއް ނޫޅެ މާތްރަސްކަލާނގެ ޙަޟްރަތަކަށް ނުދެވޭނެއެވެ.


ޚުލާސާގޮތެއްގައި ލިޔަމެވެ. ތިޔަބައިމީހުން އެއްވިސްނުމެއްގައި ތިބެ، އެކަކު އަނެކަކާ މެދު ހަމްދަރުދީވެ، އެކަކު އަނެކަކަށް ނިއަނެތިކަމާއި ހިތްތިރިކަމާއެކު ހިތުގެ ފުންމިނުން ލޯބިވާށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ