ފެށުން 23:6 - ކިތާބުލް މުޤައްދަސާ6 ”ކަލޭގެފާނީ އަހަރެމެންގެ ތެރޭގައިވާ އަމީރެއް ފަދަ މަތިވެރި ބޭކަލެއް. މި ރަށުގެ އެންމެ ރަނގަޅު ހިސާބެއް ބައްލަވައި ކަލޭގެފާނުގެ އަނބިކަނބަލުން ފަސްދާނު ލައްވާ. ހަމައެހެންމެ މި ރަށުގެ މީހުން ވަޅުލާ ކޮންމެ ތަނެއްގައި ކަލޭގެފާނުގެ އަނބިކަނބަލުން ފަސްދާނު ލެއްވުމުގެ ހުއްދަ ކަލޭގެފާނަށް ލިބިގެންވޭ. އަދި ކަލޭގެފާނުގެ އަނބިކަނބަލުން ފަސްދާނުލެއްވުން މަނާ ކުރާނޭ މީހަކު އަހަރެމެންގެ ތެރެއަކުން ނާންނާނެ.“ အခန်းကိုကြည့်ပါ။ |
އަބްރާމްއަށް އެކަލޭގެފާނުގެ ބޭބެގެ ފިރިހެންދަރިފުޅު ހިނގާދިޔަ ހަނގުރާމައިގައި ހައްޔަރުވި ޚަބަރު ލިބުމުން އެކަލޭގެފާނުގެ ހަތިޔާރުއެޅި ލަޝްކަރުންނަށް ތައްޔާރު ވުމަށް އެންގެވިއެވެ. ތިން ސަތޭކަ އަށާރަ ފަހުލަވާނުން ހިމެނޭ މި ލަޝްކަރު އެ ހަތަރު ރަސްކަލުން ހޯދުމަށް ގޮސް އެމީހުން ފެނުނީ ދާނުއޭ ކިޔާ ރަށުންނެވެ.
އެވަގުތު މިދެކެވުނު ވާހަކަތައް އިވިވަޑައިގެން އެކަމަނާއަށް ހިތާހިތުން ހިނިފުޅުވެޑުވި މިހެން ވިދާޅުވެވުނެވެ. ”މިހާރު އަހަރެން މިވަނީ މުސްކުޅިވެ، އިއްދައިން ކެނޑިފަ. ވީއިރު، އަހަންނަށް އަނބިވަންތަ ގުޅުމެއް ފުރިހަމައަށް ހިންގިދާނެތަ؟ ހަމަ މިފަދައިން އަހަރެންގެ ފިރިމީހާއަކީ މަށަށް ވުރެން ވެސް މާ މުސްކުޅި މީހެއް.“
އެ ހިނދު ރާޙީލް އެކަނބުލޭގެ ބައްޕަ ލަބާންއަށް ބުންޏެވެ. ”އަހަރެން މިވަނީ ބައްޕަގެ ކުރިމަތީގައި ކޮޅަށް ހުރެވޭފަދަ ޙާލަތެއްގަ އެނޫން. މިކަމާ ބައްޕަ އަހަރެންދެކެ ރުޅި ނާންނާތި. މި ދުވަސްވަރަކީ އަހަރެންގެ ޙައިޟުގެ ދުވަސްވަރު.“ އެގޮތުގެ މަތިން ލަބާން އެ ހުރިހާ ފޭލިގެތަކެއް ބަލައި ހޯދިއެވެ. ނަމަވެސް އޭނާގެ ކަލާނގެތަކެއް ނުފެނުނެވެ.