ފެށުން 23:17 - ކިތާބުލް މުޤައްދަސާ17-18 އެގޮތުގެ މަތިން، މައިދާނުގައި އެއްވެ ތިބި ޙިއްޘީން ހެކި ކުރައްވައި ޢިފްރޫންގެ މިލްކިއްޔާތުގައި ހިމެނިގެންވީ ޙަބްރޫންގެ އިރުމަތީ ފަރާތުގައިވާ ގަސްތަކާއި ދަނޑުފަނގުތަކުގެ އިތުރުން މަކްފީލަތު ހޮހަޅަ އިބްރާހީމްގެފާނު ބައްލަވައި ގެންނެވިއެވެ. အခန်းကိုကြည့်ပါ။ |
އެކަލޭގެފާނުގެ ދެދަރިކަލުން ކަމުގައިވާ އިސްޙާޤުގެފާނާއި އިސްމާޢީލްގެފާނާއި ދެބޭފުޅުން އެކަލޭގެފާނު ފަސްދާނު ލެއްވީ ޙިއްޘީއެއް ކަމުގައިވާ ޞޫޙަރުގެ ދަރި ޢިފްރޫންގެ އަތުން އެކަލޭގެފާނު ބައްލަވައިގެންފައިވާ މަމްރާގެ އިރުމަތީ ފަރާތުގައިވާ ދަނޑުފަނގުގެ ތެރޭގައިވާ މަކްފީލަތު ހޮހަޅައިގައެވެ. އަދި އެކަލޭގެފާނު ފަސްދާނު ލެއްވުނީ އެކަލޭގެފާނު އަނބިކަމަނާ ސާރާގެ ގަބުރުފުޅާއި ޖެހިގެންނެވެ.