Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 23:16 - ކިތާބުލް މުޤައްދަސާ

16 މައިދާނުގައި އެއްވެ ތިބި ޙިއްޘީން ހެކި ކުރައްވައި އިބްރާހީމްގެފާނު ބިމުގެ އަގަށް ވާ ހަތަރުސަތޭކަ ރިހި ލާރިފޮތި ޢިފްރޫންއަށް ދެއްވައި އެ ބިމުގެ އަގު އަދާ ކުރެއްވިއެވެ. އަދި އާދަވެގެން ވިޔަފާރިވެރިން ކަންތައް ކުރާ އުސޫލުން އެ ހަތަރުސަތޭކަ ރިހި ލާރިފޮތި މިނެކިރިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 23:16
18 ပူးပေါင်းရင်းမြစ်များ  

”⁠ސާހިބާ. އެބިމުގެ އަގަކީ ހަތަރުސަތޭކަ ރިހި ލާރިފޮތި. މިފަދަ ކުޑަ އަގަކީ އަޅުގަނޑުމެން ފަދަ ގާތް ދެ ރަޙުމަތްތެރިންނަށް ކޮން އެއްޗެއް؟ އެ ބިމަކީ ކަލޭގެފާނުގެ ބިމެއް. އެތަނުގައި ކަލޭގެފާނުގެ އަނބިކަނބަލުން ފަސްދާނު ލައްވާ.⁠“


އަދި އެފަހަރު އަޅުގަނޑުމެން އެނބުރި ރަށަށް ދިޔަ މަގުމަތީގައި ރޭވުމުން އަޅުގަނޑުމެން ތަނެއްގައި މަޑުކޮށް އަޅުގަނޑުމެންގެ ގޯނިތައް ހުޅުވި އިރު އަޅުގަނޑުމެން ގޮވާން ގަތުމަށް ދިން ފައިސާ އަޅުގަނޑުމެންގެ ގޯނިތަކުގެ ތެރޭގައި ހުރި. އަދި މިފަހަރު އަޅުގަނޑުމެން އެނއެބުރި މިއައީ އެފައިސާ ވެސް ހިފައިގެން.


އެއަށް ފަހު އިސްރާއީލުގެފާނު އެބައިމީހުންނަށް މިފަދައިން އަމުރު ކުރައްވައި ވިދާޅުވިއެވެ. ”⁠އަހަރެން މިހާރު މިވަނީ ނިޔާވުމާއި ދާދި ކައިރީގައި. އަހަރެން ނިޔާވުމުން ޙިއްޘީއިންގެ ތެރޭންވާ ޢިފްރޫންގެ ދަނޑުގައިވާ ހޮހަޅައިގައި އަހަރެންގެ ކާބަފައިންގެ ކައިރީގައި އަހަރެން ވަޅުލައިދީ.


އެކަލޭގެފާނުގެ ހަށިކޮޅު ކަންޢާނުއަށް ގެންގޮސް މަމްރާގެ އިރުމަތީފަރާތުގައިވާ މަކްފީލަތު ދަނޑުގައިވާ ހޮހަޅައިގައި ފަސްދާނު ލެއްވިއެވެ. މި ބިމަކީ އިބްރާހީމްގެފާނު ޙިއްޘީންގެ ޢިފްރޫނު އަތުން ގަބުރުސްތާނެއްގެ ގޮތުގައި ބޭނުން ކުރެއްވުމަށް ބައްލަވައިގަތް ބިމެވެ.


ކޮންމެ އަހަރަކު އަބްޝާލޫމްގެ ބޯ ދިގުވެ ބަރުވާންފެށީމާ އޭނާގެ ބޯ ކޮށައެވެ. ކޮށާލާ އިސްތަށީގެ ބަރުދަން ދެކިލޯއަށް ވުރެން ބަރެވެ.


އެކަމަކު ރަސްގެފާނު އަރޫނާއަށް ވިދާޅުވިއެވެ. ”⁠ނޫން. އަހަރެން ކަލޭގެ ގާތު ތެދެއް ބުނަން. އަހަރެން ކަލޭގެ ބިން ގަންނާނީ އަގުދީފައި. އޭގެ އަގު ނުދައްކައި އެއްވެސް ޤުރުބާނީއެއް އަހަރެން ނުކުރާނަން.⁠“ އެހެންވެ ދާއޫދުގެފާނު އެ ގެރިތަކާއި ގޮވާން ތޮށިނޮޅާ ދަނޑުބިން ފަންސާސް ރިހި ފައިސާފޮއްޗަށް ބައްލަވައިގެންފިއެވެ.


ބޯހިމެނޭ ކޮންމެ މީހަކު އަހަރެންނަށް ރިހި ލާރިއެއް ހުށަހަޅަން ވާނެ. މިއީ ކަރާމާތްތެރި ޝެކެލްއެއްގެ ދެބައިކުޅަ އެއްބައި. އެއީ ވިހި ގެރާހްގެ މިންވަރެއް.


”⁠ތިޔަބައިމީހުން އެހެން މީހުންނާ މެދު ކަންތައް ކުރަން ވާނީ އެހެން މީހުން ތިޔަބައިމީހުންނާއި މެދު ކަންތައް ކުރަން ތިޔަބައިމީހުން އެދޭ ފަދަ ގޮތެއްގައި. ތައުރާތުއާއި ނަބީބޭކަލުންގެ އެހެނިހެން ލިޔުއްވުންތަކުގެ އަސާސަކީ މިއީ.⁠“


ނަމަވެސް މަރުވުމަށް ފަހު އެމީހުން ވަޅުލުމަށް ޝެޚެމުގައި އިބްރާހީމްގެފާނު ހަމޯރުގެ ދަރިކޮޅުގެ މީހުންގެ އަތުން ގަނެފައިވާ ބިމަށް ގެންދެވުނު.


އެހެންވީމާ، އަޚުންނާއި އުޚުތުންނޭވެ. ފަހުބަހެއްގެ ގޮތުގައި އަހަރެން ބުނެލަން އެދޭ އެއް ވާހަކައެއް ވެއެވެ. އެއީ ތެދުވެރިކަމާއި ގަދަރާ އަދި އިންސާފާ މެދުގައި ތިޔަބައިމީހުން ވިސްނުމެވެ. ސާފުތާހިރު ގޮތަކީ ކޮބައިކަމާއި އަދި ލޮބުވެތި ރުހެވޭ ގޮތްތަކަކީ ކޮބައި ކަމާ މެދުގައި ވިސްނުމެވެ. އެންމެ ހެޔޮ ގޮތާއި އަދި ތަޢުރީފު ޙައްޤުވަނީ ކޮން ކަންތަކެއްތޯ ވެސް ވިސްނުމެވެ.


ހަމައެހެންމެ، މަސީޙީ އަޚަކު އޭނާގެ އަނެއް އަޚާގެ ޙައްޤަކަށް އެއްވެސް ޙާލަތެއްގައި ޖިންސީގޮތުން އަރައިގަނެގެން ނުވާނެއެވެ. މިފަދައިން އަމަލުކުރި ފަރާތަކަށް މާތްސާހިބާ ޢުޤޫބާތް ދެއްވާނެ ކަމުގައި އަހަރެމެން ވާނީ ތިޔަބައިމީހުންނަށް ބުނެދީ އަދި އިންޒާރު ދީފައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ