14 ޢިފްރޫން އިބްރާހީމްގެފާނަށް ޖަވާބު ދެއްވިއެވެ.
”ސާހިބާ. އެބިމުގެ އަގަކީ ހަތަރުސަތޭކަ ރިހި ލާރިފޮތި. މިފަދަ ކުޑަ އަގަކީ އަޅުގަނޑުމެން ފަދަ ގާތް ދެ ރަޙުމަތްތެރިންނަށް ކޮން އެއްޗެއް؟ އެ ބިމަކީ ކަލޭގެފާނުގެ ބިމެއް. އެތަނުގައި ކަލޭގެފާނުގެ އަނބިކަނބަލުން ފަސްދާނު ލައްވާ.“