Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 23:11 - ކިތާބުލް މުޤައްދަސާ

11 ”⁠ނޫން. ސާހިބާ. މިތަނުގައި މިތިބި ހުރިހާ އެންމެން ހެކިކޮށް މުޅި އެ ދަނޑުފަނގުގެ އިތުރުން ހޮހަޅަ ވެސް ކަލޭގެފާނަށް އަޅުގަނޑު ވެދުންކޮށްފިން. ކަލޭގެފާނުގެ އަނބިކަނބަލުން އެތަނުގައި ފަސްދާނު ލައްވާ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 23:11
15 ပူးပေါင်းရင်းမြစ်များ  

ދެވަނަ ފަހަރަށް ޙިއްޘީންނަށް އިބްރާހީމްގެފާނު ކުރުނީސް ކުރައްވާ އެކަލޭގެފާނު ޢިފްރޫންއަށް ވިދާޅުވިއެވެ. ”⁠މިތަނުގައި މިތިބަ ހުރިހާ އެންމެން ހެކިކޮށް ބުނަން. އެބިމުގެ ޖުމުލަ އަގު އަހަރެންގެ ފަރާތުން ބަލައިގަނޭ. އެއަށް ފަހު އަހަރެންގެ އަންހެނުންގެ ގަބުރު އެތަނުގައި ވަޅުލާނަން. އަދި އަހަރެންގެ މިހުށަހެޅުމަށް އިޙްތިރާމްކޮށް އެ ފައިސާ ބަލައިގަނޭ. އަހަރެންނަށް އެތަން ވިއްކާ. އެތަނުގެ ފުރިހަމަ އަގު ގަބޫލުކުރޭ.⁠“


”⁠ކަލޭގެފާނީ އަހަރެމެންގެ ތެރޭގައިވާ އަމީރެއް ފަދަ މަތިވެރި ބޭކަލެއް. މި ރަށުގެ އެންމެ ރަނގަޅު ހިސާބެއް ބައްލަވައި ކަލޭގެފާނުގެ އަނބިކަނބަލުން ފަސްދާނު ލައްވާ. ހަމައެހެންމެ މި ރަށުގެ މީހުން ވަޅުލާ ކޮންމެ ތަނެއްގައި ކަލޭގެފާނުގެ އަނބިކަނބަލުން ފަސްދާނު ލެއްވުމުގެ ހުއްދަ ކަލޭގެފާނަށް ލިބިގެންވޭ. އަދި ކަލޭގެފާނުގެ އަނބިކަނބަލުން ފަސްދާނުލެއްވުން މަނާ ކުރާނޭ މީހަކު އަހަރެމެންގެ ތެރެއަކުން ނާންނާނެ.⁠“


ދެން އޭނާގެ ކައިރީގައި ތިބި މީހުންނަށް އެރަސްގެފާނު ވިދާޅުވި. ’⁠މި ރަނުގެ ލާރި އޭނާ އަތުން އަތުލައިގެން ގެންގޮސް ދިހަ ރަނުގެ ލާރި ވާ މީހާއަށް ދޭށޭ.⁠‘


މިވަގުތު ބޫޢަޒު އެރަށުގެ މިފަދަ ޖަލްސާތަކަށް އެއްވާ ތަނަށް ހިނގައްޖެއެވެ. އޭރު ރަށުގެ ކަމުވޮށިވެގެންވާ މީހުން އެތަނަށް އައިސް ތިއްބެވެ. ދެން އެތަނަށް އަލީމާލިކުގެ އެންމެ ގާތް ތިމާގެ މީހާ އައުމުން އޭނާ ބުންޏެވެ. ”⁠އައިސް މިތާ އިށީނދޭ.⁠“ ދެން އޭނާ އިށީނދެއްޖެއެވެ.


އަވަށުގެ ބޮޑުންނާއި އަދި ވެސް އެތާނގައި ވީ ހުރިހާ އެންމެން ބޫޢަޒުއަށް ބުންޏެވެ. ”⁠އަހަރެމެން ތިޔަ ކަންތައްތަކަށް ހެކި ވެއްޖައީމު. މާތްރަސްކަލާނގެ ކަލޭގެ އަންހެނުންނަށް އެކަލާނގެ ޔަޢުޤޫބުގެފާނުގެ ދެއަނބިކަބަލުން ލައިއަތު އާއި ރާޙީލް އަށް ދެއްވި ފަދަ ދަރިން ދެއްވާށި. އެ ދަރިން ވަނީ އިސްރާއީލުގެ ޤައުމު ބިނާކޮށްފައި. އަދި ކަލެއަކީ އަފްރާތާ ގަބީލާގައި މުއްސަންޖަކު ކަމުގައި ލައްވައި ބައިތުލަޙަމުގައި ބޮޑަކު ކަމުގައި ލައްވާފާނދޭވެ!


ވީމާ ކަލެއަކީ އަލީމާލިކުގެ އެންމެ ގާތް ތިމާގެ މީހާ ކަމުގައި ވާތީ މިބިން ގަތުމުގެ ޙައްޤު ކަލެއަށް ލިބިގެން ވޭ. ކަލޭ މި ބިން ގަތުމަށް އެދޭ ނަމަ ހަމަ މިހާރު ކަލެއަށް މިބިން ގަނެވިދާނެ. އަދި މިތިއްބެވި ދިހަ ބޮޑުންގެ މީހުންނާއި އަދި މިތާގައިވާ ހުރިހާ މީހުން އެކަމަށް ހެކިން ކަމުގައި ވާނެ. އަދި މިބިން ގަތުމަށް ކަލޭ ނޭދޭ ނަމަ މިކަން އަހަރެންނަށް އަންގައި ދިނުން ވެސް އެދެން. އެއީ ކަލެއަށް ފަހު ގާތް ތިމާގެ ގޮތުން ދެވަނައަށް ހުރި މީހަކީ އަހަރެން.⁠“ އޭނާ ޖަވާބު ދިނެވެ. ”⁠އަހަރެން އެބިން ގަތުމަށް އެދެމު.⁠“


ބޫޢަޒު އަވަށުގެ ބޮޑުންނަށާއި އަދި އެތާނގައިވާ ހުރިހާ މީހުންނަށް ބުންޏެވެ. ”⁠އަހަރެން މިއަދު ނުޢުމީގެ މަރްހޫމް ފިރިމީހާ އަލީމާލިކުގެ މައްޗަށާއި އޭނާގެ ދެފިރިހެން ދަރިން ކިލްޔޫން އާއި މަޙުލޫންގެ މައްޗަށް މިލްކުވެގެންވާ ބިން ނުޢުމީގެ އަތުން ގަތް ކަމަށް ތިޔަ އެންމެހައި ބޭކަލުން ހެކިވެ ލައްވާ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ