Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 22:7 - ކިތާބުލް މުޤައްދަސާ

7-8 ދެން އިސްޙާޤުގެފާނު ވިދާޅުވިއެވެ. ”⁠ބައްޕާފުޅާ، އަޅުގަނޑުމެންގެ އަތުގައި ދަރާއި އަނގުރު އަލިފާން އެބަހުރި. ނަމަވެސް ޤުރުބާނުގެ ގޮތުގައި އަންދާލެވޭ ކަންބަޅި ކޮބައިތޯ؟⁠“ އިބްރާހީމްގެފާނު ޖަވާބު ދެއްވިއެވެ. ”⁠މަގޭ ދަރިފުޅާ، ޤުރުބާން ކުރައްވާނޭ ކަންބަޅިއެއް މާތްކަލާނގެ މެދުވެރި ކުރައްވާނެ.⁠“ އެއަށް ފަހު އެދެބަފައިކަލުން އެކުގައި ހިންގަވާ ވަޑައިގެންނެވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 22:7
12 ပူးပေါင်းရင်းမြစ်များ  

ދެން ނޫޙުގެފާނު މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަމެއްގެ ގޮތުގައި ޤުރުބާންތައް ކުރެއްވުމަށްޓަކާ، އެތާނގައި ހިލައިން އައްޓެއް ހެއްދެވިއެވެ. އަދި ޤުރުބާން ކުރުމަށް ހުއްދަ އޮތް، ކޮންމެ ވައްތަރަކުން ޖަނަވާރަކާއި ދޫންޏެއް ކަތިލައްވާ މާތްރަސްކަލާނގެ ކިބަފުޅަށް ޤުރުބާން ކުރެއްވިއެވެ. އަދި މިތަކެތި އެ އަށީގެ މަތީގައި އަންދާލެއްވިއެވެ.


އިސްރާއީލީންގެ އެންމެންނަށް އަންގާ ’⁠މިމަހު ދިހަވަނަ ދުވަހު ކޮންމެ އާއިލާއެއް ހިމެނޭ ގެއަކުން ޅަކަންބަޅިއެއް ނޫނީ ބަކަރިއެއް ޤުރުބާން ކުރަން ތައްޔާރު ކުރަން ވާނެޔޭ.


މި ޤުރުބާނީތައް އެ އަށިމަތީގައި އާދަވެގެން ކުރަން ޖެހޭނެ. ކޮންމެ ދުވަހަކު ވެސް އެއް އަހަރުގެ ދެ ކަންބަޅި ކަތިލަން ވާނެ


އެކަލޭގެފާނު ތަންކޮޅެއް ދުރަށް ވަޑައިގަންނަވާ އެކަލޭގެފާނުގެ މޫނުފުޅު ބިންމަތީގައި ޖައްސަވާ ދުޢާ ކުރެއްވިއެވެ. ”⁠ބައްޕާފުޅާ! ބައްޕާފުޅު އެދިވޮޑިގެންވާ ކަމެއް ކަމުގައި ވަނީނަމަ މި ވޭންދެނިވި ތަށި އަޅުގަނޑުގެ އަތުން ނަންގަވާ. ނަމަވެސް އަޅުގަނޑު އެދޭ ފަދަޔަކުން ނޫން. އެހެނަސް ބައްޕާފުޅު އެދިވޮޑިގަންނަވާ ފަދައިން.⁠“


އީސާގެފާނު ދެވަނަ ފަހަރު ވެސް ވަޑައިގެން ދުޢާ ދެންނެވިއެވެ. ”⁠އަޅުގަނޑުގެ ބައްޕާފުޅާ! އިތުރު އެހެން ގޮތެއް މިކަމުގައި ނުވާނަމަ، އަޅުގަނޑު ވޭނުގައިވާން ޖެހޭނަމަ، އަޅުގަނޑު ބައްޕާފުޅު އެދިވޮޑިގަންނަވާ ފަދައިން އަމަލުކުރާނަން.⁠“


ޖެހިގެން އައި ދުވަހު ޔަޙުޔާގެފާނުގެ ގާތަށް އީސާގެފާނު ވަޑައިގަންނަވާތަން އެކަލޭގެފާނަށް ފެނިވަޑައިގަތުމުން މިފަދައިން ވިދާޅުވިއެވެ. ”⁠ނިކަން ދެކިބަލަ! އެ ވަޑައިގަންނަވަނީ މާތްރަސްކަލާނގެ އިންސާނުންގެ ފާފަތަކުގެ ބަދަލު ދެއްކުމަށް ކައްފާރާއެއްގެ ގޮތުގައި ޤުރުބާން ކުރެއްވުމަށް ފޮނުއްވި ކަންބަޅި.


އެދުވަހު އީސާގެފާނު އެތާނ ކައިރިން ވަޑައިގަންނަވާތަން ޔަޙުޔާގެފާނަށް ފެނިވަޑައިގަތުމުން ވިދާޅުވިއެވެ. ”⁠ބައްލަވަ! އެ ވަޑައިގަންނަވަނީ މާތްރަސްކަލާނގެ ޚާއްސަ ކުރައްވައި ފޮނުއްވި ކަންބަޅި.⁠“


އީސާގެފާނު ވިދާޅުވިއެވެ. ”⁠ހަމަ މިހާރު ތިޔަ ކަނޑި އޭގެ އުރަޔަށް ލާ. ބައްޕާފުޅު އަހަރެންނަށް ދެއްވަން ހަމަޖައްސަވާފައިވާ ވޭނެއް އަހަރެން ލިބި ނުގަންނަންވީތަ؟⁠“


ދުނިޔޭގައި ޙަޔާތު ވޭތުކުރަމުން ގެންދާ ހުރިހާ އެންމެންގެ ތެރެއިން ދުނިޔެ ޚަލްޤު ކުރެއްވުމުގެ ކުރިން ޤަތުލުކުރެވިފައިވާ ޅަކަންބަޅީގެ ޙަޔާތުގެ ފޮތުގައި އެބައެއްގެ ނަން ލިޔެވިގެން ނުވާ ހުރިހާ ފަރާތްތަކެއް މި ކަނޑު ދާއްބައަށް އަޅުކަން ކުރާނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ