Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 22:6 - ކިތާބުލް މުޤައްދަސާ

6 ޤުރުބާން އެންދެވުމަށްޓަކައި ގެންދެވުނު ދަރުތައް އިސްޙާޤުގެފާނުގެ ކޮނޑުފުޅަށް އިބްރާހީމްގެފާނު ނަންގަވައި ދެއްވިއެވެ. ނަމަވެސް އަނގުރު އަލިފާނާއި ހަންޖަރު ހިއްޕަވައިގެން ހުންނެވީ އެކަލޭގެފާނެވެ. އެއަށް ފަހު އެ ދެބަފައިކަލުން އެކުގައި ވަޑައިގެންނެވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 22:6
7 ပူးပေါင်းရင်းမြစ်များ  

އެ ހިނދު އިބްރާހީމްގެފާނު އެކަލޭގެފާނުގެ ޚާދިމުންނަށް ވިދާޅުވިއެވެ. ”⁠އަހަރެންނާއި އަހަރެންގެ ދަރިފުޅު ކުޑަތަންކޮޅެއް ދުރަށް ދަތުރުކޮށް ގޮސް އެތަނުގައި އަހަރެމެން މާތްކަލާނގެ ކިބަފުޅަށް އަޅުކަން ކުރުމަށް ފަހު އެނބުރި އަންނަންދެން ހިމާރު ކައިރީ މިތަނުގައި ތިޔަބައިމީހުން ތިބޭ.⁠“


މިކަން މިހެން ހިނގީ ނަބީ ޔަޝަޔާޙުގެފާނުގެ ފޮތުގައި ލިޔެވިފައިވާ ކަންތައް އެފަދައިން ހިނގަދިއުމަށެވެ. ލިޔެވިގެން ވެއެވެ: ”⁠އަހަރެމެންގެ ވޭންތައް އެކަލޭގެފާނު އުފުއްލަވައެވެ. އަދި އެކަލޭގެފާނު އަހަރެމެންގެ ބަލިތައް ގެންދަވައެވެ.⁠“


އެމީހުން އީސާގެފާނު އެރުވުމަށް ހެދި ސަލީބު ހިއްޕަވައިގެން ”⁠ގޮލުގޮތާ⁠“ ޢިބްރާނީ ބަހުން ބޮލުގެ ނާށިގަނޑުގެ މަޤާމޭ ކިޔުނު އުސްބިމަށް އީސާގެފާނު އަރައި ވަޑައިގެންނެވިއެވެ.


އަހަރެމެންގެ ފާފަ ތައް ފޮހެދެއްވުމަށްޓަކައި އެކަލޭގެފާނުގެ އަމިއްލަ ޒާތުފުޅަށް ވޭނާ ކުރިމަތިލައްވައި ސަލީބަށް އެރުވިދިޔައެވެ. އެހެންވީމާ އަހަރެމެން ފާފަ ކުރުން ހުއްޓާލައި ޞާލިޙު ގޮތުގައި ޙަޔާތް ވޭތުކުރަމާހިނގާށެވެ. ތިޔަބައިމީހުންނަށް މި ފަސޭހަކަން ލިބިދިނީ އެކަލޭގެފާނުގެ ޒަޚަމްތަކުންނެވެ!


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ