ފެށުން 22:5 - ކިތާބުލް މުޤައްދަސާ5 އެ ހިނދު އިބްރާހީމްގެފާނު އެކަލޭގެފާނުގެ ޚާދިމުންނަށް ވިދާޅުވިއެވެ. ”އަހަރެންނާއި އަހަރެންގެ ދަރިފުޅު ކުޑަތަންކޮޅެއް ދުރަށް ދަތުރުކޮށް ގޮސް އެތަނުގައި އަހަރެމެން މާތްކަލާނގެ ކިބަފުޅަށް އަޅުކަން ކުރުމަށް ފަހު އެނބުރި އަންނަންދެން ހިމާރު ކައިރީ މިތަނުގައި ތިޔަބައިމީހުން ތިބޭ.“ အခန်းကိုကြည့်ပါ။ |
އެހާ ގިނަ ބަޔަކު އަހަރެމެންގެ ވަށައިގެން ހެކިވާން އެބަވެއެވެ. ވީމާ އަހަރެމެން ކުރިއަށް ދިއުމަށް ހުރަސްއަޅާ ހުރިހާ ކަމަކުން އެއްކިބާ ވަމާހެއްޔެވެ؟ ޚާއްސަކޮށް ފާފަތަކުންނެވެ. އަހަރެމެން ބަނދެލާފައިވާ ފާފައިން ހަށިފޮޅާލަމާ ހިނގާށެވެ! އަހަރެމެންގެ ކުރިމަތީގައި މިވާ ރޭސް ކާމިޔާބު ކުރުމުގެ އަޒްމުގައި ދުއްވައިގަންނަމާ ހިނގާށެވެ!