Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 22:4 - ކިތާބުލް މުޤައްދަސާ

4 ތިންވަނައަށް ވީ ދުވަހު އިބްރާހީމްގެފާނަށް މާތްކަލާނގެ އެންގެވި ތަން ދުރުން ފެނިވަޑައިގަތެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 22:4
19 ပူးပေါင်းရင်းမြစ်များ  

އެގޮތުން ޖެހިގެން އައި ދުވަހުގެ ވަރަށް ހެނދުނާ އިބްރާހީމްގެފާނު ތެދުވެ ވަޑައިގެން އެކަލޭގެފާނުގެ ހިމާރު ތައްޔާރު ކުރެއްވިއެވެ. އަދި އިސްޙާޤުގެފާނާއި އެކަލޭގެފާނުގެ ދެ ޚާދިމުން އެކަލޭގެފާނާއި އެކުގައި ގެންދެވިއެވެ. އަދި އަންދާލެވޭ ޤުރުބާނަކަށް ބޭނުންވާނޭ ދަރު ކަނޑުއްވައި އެކަލޭގެފާނަށް މާތްކަލާނގެ އެންގެވި ތަނަށް އެބައިމީހުންނާއެކު ވަޑައިގެންނެވިއެވެ.


އެ ހިނދު އިބްރާހީމްގެފާނު އެކަލޭގެފާނުގެ ޚާދިމުންނަށް ވިދާޅުވިއެވެ. ”⁠އަހަރެންނާއި އަހަރެންގެ ދަރިފުޅު ކުޑަތަންކޮޅެއް ދުރަށް ދަތުރުކޮށް ގޮސް އެތަނުގައި އަހަރެމެން މާތްކަލާނގެ ކިބަފުޅަށް އަޅުކަން ކުރުމަށް ފަހު އެނބުރި އަންނަންދެން ހިމާރު ކައިރީ މިތަނުގައި ތިޔަބައިމީހުން ތިބޭ.⁠“


ދެން މޫސާގެފާނު ބަނީ އިސްރާއީލީން ގޮވައިގެން ރަތްކަނޑާ ދުރަށް ޝޫރު ސަހަރާގެ ތެރެއަށް ވަޑައިގެންފިއެވެ. އެމީހުން އެ ސަހަރާގެ ތެރޭގައި ތިން ދުވަސްވަންދެން ހިނގި އިރު ވެސް އެތަނަކުން ފެނެއް ނުފެނުނެވެ.


ތިންވަނައަށް ވާ ދުވަހު އެމީހުން ތިބެން ވާނީ ތައްޔާރަށް. އެދުވަހު އަހަރެން އެންމެންގެ ކުރިމަތީގައި ޠޫރުސީނާ ފަރުބަދަ މައްޗަށް ފައިބާނަން.


ދެން އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ތިންވަނައަށް ވާ ދުވަހަށް ތައްޔާރުވޭ. އެ ދުވަހާ ހަމަޔަށް އެކަކު ވެސް އަނބިފިރިކަމުގެ ގުޅުން ހިންގައިގެނެއް ނުވާނެ.⁠“


އެދެބޭކަލުން ދެންނެވިއެވެ. ”⁠ޢިބްރާނީންގެ ވެރި އިލާހު އަޅުގަނޑުމެންނަށް ފާޅުވެވޮޑިގެންފި. އަޅުގަނޑުމެން ސަހަރާތެރެއަށް ތިން ދުވަހުގެ ދަތުރެއްކޮށް އަޅުގަނޑުމެންގެ ވެރިކަލާނގެ، މާތްރަސްކަލާނގެއަށް ޤުރުބާނީ ވެދުން ކުރަން ދިއުމުގެ ހުއްދަ ދެއްވާ. އެހެންނޫނީ އެކަލާނގެ އަޅުގަނޑުމެންގެ މައްޗަށް ބަލިމަޑުކަމެއް ފޮނުއްވައިގެން ނުވަތަ ކަނޑިއެއްގެ ދަށުލައްވައި އަޅުގަނޑުމެން މަރާލައްވާނެ.⁠“


އެމީހުން އޭނާ މަރާލާނެ. އަދި އޭގެ ތިންވަނަ ދުވަހު އޭނާ އަލުން ދިރިގެން ތެދުވާނެ.⁠“ މިބަސްފުޅުގެ އަޑުއަހާ އެކަލޭގެފާނުގެ އަސްޙާބީންގެ ހިތްތައް ވަނީ ހިތާމައިން ފުރިފައެވެ.


އެކަލޭގެފާނު ޖަވާބުދެއްވިއެވެ. ”⁠އެ ހީލަތްތެރިޔާ ކައިރީ ބުނޭ. މިއަދާއި މާދަމާ އަހަރެން ޖިންނީގެ ބާރުގެ ދަށުވެފައިވާ މީހުން އެޖިންނީންގެ ފަރާތުން ސަލާމަތްކޮށް ބަލި މީހުންގެ ބަލިތައް ފަސޭހަކޮށްދީ ހަދާނަން. އަދި ތިންވަނައަށް ވާ ދުވަހު އަހަރެން ކަންތައް ކުރުމަށް ނިންމާފައިވާ ފަދައިން ކަންތައްކޮށް ނިންމާނަން.


ދެން ދާއޫދު މަގު ހުރަސްކޮށް އަނެއްފަރާތު ހުރި ފަރުބަދައިގެ މައްޗަށް އަރައި އަތުނުޖެހޭ ހިސާބު ދުރުގައި ހުރެ ޝާއުލްގެފާނުގެ ސިފައިންނަށާއި ނައިރުގެ ދަރި އަބްނައިރަށް ގޮވައިފި އެވެ. ”⁠އަބްނައިރު! ކަލެއަށް މި ގޮވާ އަޑެއް ނީވޭތަ؟⁠“ އަބްނޭރު ޖަވާބު ދިނެވެ. ”⁠ކާކުތަ ރަސްގެފާނަށް ތިޔަ ގޮވަނީ؟⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ