Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 22:2 - ކިތާބުލް މުޤައްދަސާ

2 ދެން މާތްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠ތިބާއަށް ތިމަންކަލާނގެ ވަޢުދުކުރެއްވި ތިބާގެ އެންމެ ލޯބިވާ ހަމައެކަނި ދަރިފުޅު އިސްޙާޤު ތިބާއާ އެކުގައި މޫރިއްޔާ ސަރަހައްދަށް ގެންދޭ. އެތަނުގައިވާ ފަރުބަދަތަކުން ފަރުބަދައެއްގެ މަތީގައި ތިމަންކަލާނގެއަށް ހުށަހެޅޭ ޤުރުބާނެއްގެ ގޮތުގައި އެދަރިފުޅު އަންދާލާ. އެއީ ކޮން ފަރުބަދައެއްކަން ތިމަންކަލާނގެ އަންގަވާނަން.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 22:2
18 ပူးပေါင်းရင်းမြစ်များ  

އެއާއިއެކު މާތްކަލާނގެ ވަޙީބަސްފުޅު އެކަލޭގެފާނަށް އިވިވަޑައިގަތެވެ. ”⁠ނޫން! ތިބާގެ އަންހެނުން، ސާރާއަށް ފިރިހެން ދަރިއަކު ލިބޭނެ. އެ ދަރިއަށް އިސްޙާޤުގެ ނަމުން ނަންދީ. ތިމަންކަލާނގެ މި ޢަހުދުނާމާ އެ ދަރިއާއި އެ ދަރީގެ ދަރިފަސްކޮޅާ އެކުގައި އަބަދަށް ދެމިގެންވާނެ. މި ޢަހުދުނާމާކީ އަބަދަށް ދެމިގެންދާނެ އެއްބަސްވުމެއް.


ނަމަވެސް މާތްކަލާނގެ އިބްރާހީމްގެފާނަށް ވަޙީކުރެއްވިއެވެ. ”⁠ތިދަރިފުޅާއި މެދު އަދި ތިބާގެ ޖާރިޔާއާއި މެދު ކަންބޮޑު ނުވޭ! ސާރާ އެ ބުނި ފަދައިން ކަންތައް ކުރޭ. ތިމަންކަލާނގެ ވަޢުދުވެވަޑައިގެންނެވި ފަދައިން ތިބާއަށް ދަރިފަސްކޮޅެއް ދެއްވާނީ އިސްޙާޤުގެފާނު މެދުވެރިކޮށް.


އަދި ސާރާއަށް ލިބިވަޑައިގަތް ދަރިކަލުންނަށް އިސްޙާޤުއޭ ކިޔައި އިބްރާހީމްގެފާނު ނަން ދެއްވިއެވެ.


އެ ހިނދު މަލާއިކަތާ އެންގެވިއެވެ. ”⁠އެއް ވެސް ޙާލަތެއްގައި ތިޔަ ދަރިކަލުންނަށް އެއްވެސް ގެއްލުމެއް ނުދެއްވާތި! މިހާރު ކަލޭގެފާނު މާތްކަލާނގެ ކިބަފުޅަށް ތެދު ނިޔަތުގައި ކިޔަމަންތެރިވެ ވަޑައިގަންނަވާކަން ދެނެހުރީމު. ތިއީ ކަލޭގެފާނަށް ވަޢުދު ކުރެވުނު ދަރިކަލުން. މާތްކަލާނގެ ކިބަފުޅަށް އެ ދަރިކަލުން ޤުރުބާނުގެ ގޮތުގައި ހުށަހެޅުއްވުމަށް ކަލޭގެފާނު ފަސްޖެހިވެވަޑައެއް ނުގެންނެވި.⁠“


”⁠ކަލޭގެފާނުގެ ހުންނެވި ހަމައެކަނި ދަރިކަލުން އެކަލާނގެ ކިބަފުޅަށް އެކަލާނގެ ނަންފުޅުގައި ޤުރުބާން ކުރެއްވުމަށް ފަސްޖެހިވެ ވަޑައިނުގަންނެވުމުން އެކަލާނގެ ކަލޭގެފާނަށް މިފަދައިން ވަޢުދުވެ ވަޑައިގަންނަވާ.


އެގޮތުން ޖެހިގެން އައި ދުވަހުގެ ވަރަށް ހެނދުނާ އިބްރާހީމްގެފާނު ތެދުވެ ވަޑައިގެން އެކަލޭގެފާނުގެ ހިމާރު ތައްޔާރު ކުރެއްވިއެވެ. އަދި އިސްޙާޤުގެފާނާއި އެކަލޭގެފާނުގެ ދެ ޚާދިމުން އެކަލޭގެފާނާއި އެކުގައި ގެންދެވިއެވެ. އަދި އަންދާލެވޭ ޤުރުބާނަކަށް ބޭނުންވާނޭ ދަރު ކަނޑުއްވައި އެކަލޭގެފާނަށް މާތްކަލާނގެ އެންގެވި ތަނަށް އެބައިމީހުންނާއެކު ވަޑައިގެންނެވިއެވެ.


އަދި މާތްކަލާނގެ ވަޙީކުރައްވައި އެންގެވި ތަނަށް އިބްރާހީމްގެފާނަށް ވަޑައިގެންނެވުމުން އެތަނުގައި ޤުރުބާން ކުރެއްވުމަށްޓަކައި ޚާއްސަ އައްޓެއް ބިނާ ކުރައްވައި އެ އަށިމައްޗަށް ދަރުތައް އެޅުއްވިއެވެ. އެއަށް ފަހު އެކަލޭގެފާނުގެ ދަރިކަލުން އިސްޙާޤުގެފާނު ބެންނެވުމަށް ފަހު ޤުރުބާން ކުރެއްވުމަށްޓަކައި ތައްޔާރު ކުރެވިފައިވީ އަށިމަތީގައިވާ ދަރުތަކުގެ މަތީގައި އެކަލޭގެފާނު ބޭއްވެވިއެވެ.


ދެން ނޫޙުގެފާނު މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަމެއްގެ ގޮތުގައި ޤުރުބާންތައް ކުރެއްވުމަށްޓަކާ، އެތާނގައި ހިލައިން އައްޓެއް ހެއްދެވިއެވެ. އަދި ޤުރުބާން ކުރުމަށް ހުއްދަ އޮތް، ކޮންމެ ވައްތަރަކުން ޖަނަވާރަކާއި ދޫންޏެއް ކަތިލައްވާ މާތްރަސްކަލާނގެ ކިބަފުޅަށް ޤުރުބާން ކުރެއްވިއެވެ. އަދި މިތަކެތި އެ އަށީގެ މަތީގައި އަންދާލެއްވިއެވެ.


މާތްރަސްކަލާނގެ މި ދުނިޔޭގެ މީސްތަކުން ދެކެ ލޯބިވެ ވޮޑިގަންނަވާ ވަރުން އެކަލާނގެ ހަމައެކަނި ދަރިކަލުން ޤުރުބާން ކުރެއްވި. އެހެނީ އެކަލޭގެފާނު ގަބޫލުކޮށް މީސްތަކުން އީމާންވުމުގެ ސަބަބުން އެމީހުންނަށް ނިމުންނުވާ ޙަޔާތް ދެއްވުމަށް. އެއީ އެމީހުން ނަރަކައިގައިވެ ނެތި ފަނާވެ ދާނެ ގޮތް މެދުވެރި ނުވުމަށްޓަކައި.


އިބްރާހީމްގެފާނަށް މާތްރަސްކަލާނގެ ވަޢުދުކުރައްވާފައި ވަނީ އެކަލޭގެފާނުގެ ދަރިކަލުން އިސްޙާޤުގެފާނުގެ ކިބައިން އެކަލޭގެފާނުގެ ދަރިކޮޅު ދެމިގެންދާނެ ކަމަށެވެ. އެކަލޭގެފާނު އިމްތިޙާނު ކުރެވުނު ހިނދު އެކަލޭގެފާނުގެ ހަމައެކަނި ދަރިކަލުން އިސްޙާޤުގެފާނު ޤުރުބާން ކުރައްވަން ޖެހިލުންވެ ވަޑައިނުގަތީ އެކަލޭގެފާނުގެ ކިބައިގައިވާ އީމާންތެރިކަމުގެ ސަބަބުންނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ