ފެށުން 22:16 - ކިތާބުލް މުޤައްދަސާ16 ”ކަލޭގެފާނުގެ ހުންނެވި ހަމައެކަނި ދަރިކަލުން އެކަލާނގެ ކިބަފުޅަށް އެކަލާނގެ ނަންފުޅުގައި ޤުރުބާން ކުރެއްވުމަށް ފަސްޖެހިވެ ވަޑައިނުގަންނެވުމުން އެކަލާނގެ ކަލޭގެފާނަށް މިފަދައިން ވަޢުދުވެ ވަޑައިގަންނަވާ. အခန်းကိုကြည့်ပါ။ |
އެ ހިނދު މަލާއިކަތާ އެންގެވިއެވެ. ”އެއް ވެސް ޙާލަތެއްގައި ތިޔަ ދަރިކަލުންނަށް އެއްވެސް ގެއްލުމެއް ނުދެއްވާތި! މިހާރު ކަލޭގެފާނު މާތްކަލާނގެ ކިބަފުޅަށް ތެދު ނިޔަތުގައި ކިޔަމަންތެރިވެ ވަޑައިގަންނަވާކަން ދެނެހުރީމު. ތިއީ ކަލޭގެފާނަށް ވަޢުދު ކުރެވުނު ދަރިކަލުން. މާތްކަލާނގެ ކިބަފުޅަށް އެ ދަރިކަލުން ޤުރުބާނުގެ ގޮތުގައި ހުށަހެޅުއްވުމަށް ކަލޭގެފާނު ފަސްޖެހިވެވަޑައެއް ނުގެންނެވި.“
ދެން މާތްކަލާނގެ ވަޙީކުރެއްވިއެވެ. ”ތިބާއަށް ތިމަންކަލާނގެ ވަޢުދުކުރެއްވި ތިބާގެ އެންމެ ލޯބިވާ ހަމައެކަނި ދަރިފުޅު އިސްޙާޤު ތިބާއާ އެކުގައި މޫރިއްޔާ ސަރަހައްދަށް ގެންދޭ. އެތަނުގައިވާ ފަރުބަދަތަކުން ފަރުބަދައެއްގެ މަތީގައި ތިމަންކަލާނގެއަށް ހުށަހެޅޭ ޤުރުބާނެއްގެ ގޮތުގައި އެދަރިފުޅު އަންދާލާ. އެއީ ކޮން ފަރުބަދައެއްކަން ތިމަންކަލާނގެ އަންގަވާނަން.“
ތިމަންކަލާނގެ އެދިވޮޑިގަންނަވާ ރަށެއްގައި ތިބާ ދިރިއުޅެމުން ގެންދޭ. މިރަށުގައި ތިބާ ކުޑަ ދުވަސްކޮޅަކު މަޑުކުރޭ. މިފަދައިން ތިބާ އަމަލު ކޮށްފިނަމަ ތިމަންކަލާނގެ ތިބާއާއެކުގައި ވޮޑިގެންވެ ތިބާއަށް ރަޙުމަތް ލައްވާނަން. ތިބާގެ ބަފައިކަލުން އިބްރާހީމްގެފާނަށް ތިމަންކަލާނގެ ވަޢުދުވެ ވަޑައިގެންނެވި ފަދައިން މުޅި މިބިން ތިބާއަށާއި ތިބާގެ ދަރިފަސްކޮޅަށް ތިމަންކަލާނގެ ދެއްވާހުށިން.
އިބްރާހީމްގެފާނާއި އިސްޙާޤުގެފާނާއި ޔަޢުޤޫބުގެފާނުގެ މަތިން ހަނދުމަފުޅު ކުރައްވާ! އިނބަރަސްކަލާނގެ އިސްމަފުޅު ގަންދެއްވައި ހުވާ ވަޙީކުރެއްވީމު ނޫންތޯ، ’ތިމަންކަލާނގެ ކަލޭގެފާނުގެ ދަރިކޮޅު އުޑުގައިވާހައި ތަރިތަކާ އެއްވަރަށް އިތުރު ކުރައްވާނަމޭ، އަދި އެމީހުންގެ ދަރިކޮޅުގެ މީހުންނަށް މި ހުރިހާ ބިމެއް ދެއްވާނަމޭ، އެބިންތައް އެމީހުންނަށް ދާއިމަށް ހިބަ ކޮށްދެއްވާނަމޭ.‘“