Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 22:12 - ކިތާބުލް މުޤައްދަސާ

12 އެ ހިނދު މަލާއިކަތާ އެންގެވިއެވެ. ”⁠އެއް ވެސް ޙާލަތެއްގައި ތިޔަ ދަރިކަލުންނަށް އެއްވެސް ގެއްލުމެއް ނުދެއްވާތި! މިހާރު ކަލޭގެފާނު މާތްކަލާނގެ ކިބަފުޅަށް ތެދު ނިޔަތުގައި ކިޔަމަންތެރިވެ ވަޑައިގަންނަވާކަން ދެނެހުރީމު. ތިއީ ކަލޭގެފާނަށް ވަޢުދު ކުރެވުނު ދަރިކަލުން. މާތްކަލާނގެ ކިބަފުޅަށް އެ ދަރިކަލުން ޤުރުބާނުގެ ގޮތުގައި ހުށަހެޅުއްވުމަށް ކަލޭގެފާނު ފަސްޖެހިވެވަޑައެއް ނުގެންނެވި.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 22:12
42 ပူးပေါင်းရင်းမြစ်များ  

އިބްރާހީމްގެފާނު ވިދާޅުވިއެވެ. ”⁠އެއީ މިރަށުގައި މާތްކަލާނގެ ކިބަފުޅަށް ބިރުވެތިވާ އެއްވެސް މީހަކު ނުވާނެ ކަމުގައި އަހަންނަށް ކުރެވުނު ހީއެއްގެ ސަބަބުން. އަދި މިރަށުގެ މީހުން އަހަރެން މަރާލުމަށް ފަހު އަހަރެންގެ އަނބިމީހާ އަތުލައިގެންފާނެ ކަމަށްހީކޮށް.


އެއަށް ފަހު އިބްރާހީމްގެފާނު އިސްއުފުލާ ބައްލަވާލެއްވިއެވެ. އަދި އެތަނުގައިހުރި ގަސްބޮނޑިއެއްގެ ތެރޭގައި ދަޅުތައް ތާށިވެފައިއޮތް ފިރިހެން ކަންބަޅިއެއް އެކަލޭގެފާނަށް ފެނިވަޑައިގެންނެވިއެވެ. ދެން އިބްރާހީމްގެފާނު ވަޑައިގެން އޭތި ގެންނަވައި އެކަލޭގެފާނުގެ ދަރިކަލުންގެ ބަދަލުގައި މާތްރަސްކަލާނގެ ކިބަފުޅަށް އަންދާލެވޭ ޤުރުބާނުގެ ގޮތުގައި އެ ފިރިހެން ކަންބަޅި ޤުރުބާން ކުރެއްވިއެވެ. މިހެންވުމުން އެކަލޭގެފާނުގެ ދަރިކަލުން ސަލާމަތް ވިއެވެ.


”⁠ކަލޭގެފާނުގެ ހުންނެވި ހަމައެކަނި ދަރިކަލުން އެކަލާނގެ ކިބަފުޅަށް އެކަލާނގެ ނަންފުޅުގައި ޤުރުބާން ކުރެއްވުމަށް ފަސްޖެހިވެ ވަޑައިނުގަންނެވުމުން އެކަލާނގެ ކަލޭގެފާނަށް މިފަދައިން ވަޢުދުވެ ވަޑައިގަންނަވާ.


ދެން މާތްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠ތިބާއަށް ތިމަންކަލާނގެ ވަޢުދުކުރެއްވި ތިބާގެ އެންމެ ލޯބިވާ ހަމައެކަނި ދަރިފުޅު އިސްޙާޤު ތިބާއާ އެކުގައި މޫރިއްޔާ ސަރަހައްދަށް ގެންދޭ. އެތަނުގައިވާ ފަރުބަދަތަކުން ފަރުބަދައެއްގެ މަތީގައި ތިމަންކަލާނގެއަށް ހުށަހެޅޭ ޤުރުބާނެއްގެ ގޮތުގައި އެދަރިފުޅު އަންދާލާ. އެއީ ކޮން ފަރުބަދައެއްކަން ތިމަންކަލާނގެ އަންގަވާނަން.⁠“


ތިމަންކަލާނގެ ތިބާއަށް ރަޙުމަތްލައްވާ ސަބަބަކީ އިބްރާހީމްގެފާނު ތިމަންކަލާނގެ އެންގެވި އެންމެހާ އެންގެވުންތަކަށް ކިޔަމަންތެރިކަން އަދާ ކުރައްވައި ތިމަންކަލާނގެ އަމުރުކުރެއްވި ފަދައިން އަމަލު ކުރައްވާފައި ވާތީ.⁠“


ތިންވަނައަށް ވީ ދުވަހު ޔޫސުފުގެފާނު އެބައިމީހުންނަށް މިފަދައިން ވިދާޅުވިއެވެ. ”⁠އަހަރެން މާތްކަލާނގެ ކިބަފުޅަށް ބިރުވެތިވަމު. އަހަރެން މިބުނާ ޝަރުތާ އެއްގޮތަށް ކަލޭމެން އަމަލުކޮށްފިނަމަ ކަލޭމެންނަށް ދިރިހުރުން ލިބިދޭނެ.


”⁠ބިރު ނުގަނޭ!⁠“ މޫސާގެފާނު ވިދާޅުވިއެވެ. ”⁠މާތްކަލާނގެ މިތަނަށް ފައިބާ ވޮޑިގެންނެވީ ކަލޭމެން އިމްތިޙާނު ކުރައްވަން. އެއީ އޭރުން ކަލޭމެން އެކަލާނގެއަށް ކިޔަމަންގަނެ، ފާފަ ކުރަން ބިރުގަންނާނެތީ!⁠“


އިލްމު އުނގެނިގަތުމަށް ފުރަތަމަ ބިރުވެތިވާންވީ މާތްރަސްކަލާނގެ ކިބަފުޅަށެވެ. ބުއްދިވެރި ބަސްތަކާއި ހެޔޮ ނަސޭހަތާ ދެކޮޅުހަދާނީ މޮޔައެކެވެ.


ދެން އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ވިދާޅުވިއެވެ. ”⁠އެއްވެސް މީހަކު އަހަރެންނަށް ތަބާވުމަށް ބޭނުން ނަމަ އޭނާގެ އަމިއްލަ އެދުންތަކުން އެއްކިބާވާން ޖެހޭނެ. އަދި އަހަރެން ފަދައިން އެމީހެއްގެ އަމިއްލަ ނަފްސު ދީ އަދި ސަލީބެއްގައި އޮވެ މަރުވާންޖެހުނު ކަމުގައި ވިޔަސް އެކަމަށް ވެސް ތައްޔާރުގައި ވާންޖެހޭނެ.


ހަމައެހެންމެ ތިޔަބައިމީހުންގެ ތެރެއިން އަހަންނަށްޓަކައި އެއްވެސް މީހަކު އަމިއްލަ ގެދޮރު ނުވަތަ އަޚުން ނުވަތަ އުޚުތުން ނުވަތަ ބައްޕަ ނުވަތަ މަންމަ ނުވަތަ ދަރިން ނުވަތަ ދަނޑުފަނގުތައް ދޫކޮށްލަން ޖެހިއްޖެ ނަމަ، އެމީހަކު ދޫކޮށްދިޔަ ތަކެއްޗަށް ވުރެން ސަތޭކަ ގުނަ އިތުރަށް ލިބިދެއްވާނެ. އަދި އެމީހަކަށް ނިމުންނުވާ ޙަޔާތެއް ވެސް ލިބިދޭނެ.


މި އުސޫލުން، ތިޔަބައިމީހުންގެ ކިބާގައިވާ އަލިކަން ވެސް މީސްތަކުންނަށް ފެންނަންވާނެ. ތިޔަބައިމީހުންގެ ކިބައިން ފެންނަ ހެޔޮ ޢަމަލުތަކަށްޓަކައި މީސްތަކުން އުޑުގައި ވޮޑިގެންވާ ތިޔަބައިމީހުންގެ ބައްޕާފުޅަށް އެބައިމީހުން ޙަމްދުކުރާނެ.⁠“


މާތްރަސްކަލާނގެ މި ދުނިޔޭގެ މީސްތަކުން ދެކެ ލޯބިވެ ވޮޑިގަންނަވާ ވަރުން އެކަލާނގެ ހަމައެކަނި ދަރިކަލުން ޤުރުބާން ކުރެއްވި. އެހެނީ އެކަލޭގެފާނު ގަބޫލުކޮށް މީސްތަކުން އީމާންވުމުގެ ސަބަބުން އެމީހުންނަށް ނިމުންނުވާ ޙަޔާތް ދެއްވުމަށް. އެއީ އެމީހުން ނަރަކައިގައިވެ ނެތި ފަނާވެ ދާނެ ގޮތް މެދުވެރި ނުވުމަށްޓަކައި.


ދެން އެއަށް ފަހު ޖުދެއާ އާއި ގަލީލީ އާއި އަދި ސަމީރިއްޔާގައި އުޅުނު އީސާގެފާނަށް އީމާންވާ މީހުންނަށް އަމާންކަން ލިބުނެވެ. އެމީހުން އީސާގެފާނުގެ ބަސްފުޅުތަކާއި އެއްގޮތަށް ހުރިހާ ކަމެއް ވެސް ކޮށް އެމީހުންގެ ދިރިއުޅުމުން އެކަލޭގެފާނުގެ ބަސްފުޅުތަކުގެ މިސާލު ދައްކާ އަޅުކަންކޮށް އުޅުނެވެ. އަދި މާތްރޫޙުފުޅު އެމީހުންނަށް ވާގި ދެއްވާ އެހީތެރިވެ ދެއްވަމުން ދިޔައެވެ. އަދި އެމީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން ދިޔައެވެ.


އެހެނީ މާތްރަސްކަލާނގެއަކީ މަރުވާމީހުން ދިރުއްވުމަށް ކުޅަދުންވަންތަ ރަސްކަލާނގެކަން އެކަލޭގެފާނަށް އެނގިވަޑައިގަންނަވައެވެ. އެހެންކަމުން އެދަރިކަލުން އެކަލާނގެ ދިރުއްވާފާނެ ކަމަށް އެކަލޭގެފާނަށް ގަބޫލުފުޅު ކުރެއްވުނެވެ. އެއްގޮތަކަށް ބަލާއިރު އިސްޙާޤުގެފާނު އެވަނީ މަރުވުމަށް ފަހު ދިރިފައެވެ.


ބުރުއްސާ ނުލެވޭނެ ފަދަ ރަސްކަމެއް އަހަރެމެންނަށް ލިއްބައިދެއްވި ކަމަށްޓަކައި ޝުކުރުވެރިވާން ޖެހޭނެއެވެ. އަދި އަހަރެމެން ޚުޝޫއަތްތެރިކަމާއި ތަޤުވާވެރިކަމާއެކު އެކަލާނގެ ރުހިވޮޑިގަންނަވާނެ ފަދައަކުން އަޅުކަން ކުރަމާ ހިނގާށެވެ.


ފަހަރެއްގައި ބައެއް މީހުން މިފަދައިން ބުނެފާނެއެވެ. ”⁠ހެޔޮ އަމަލުތައް ކުރުމުގައި ނުވި ކަމުގައިވިޔަސް އީމާންތެރިކަމުގައި ހުރެވިދާނޭ.⁠“ އެފަދަ މީހުންނަށް އަހަރެން ޖަވާބުދޭނީ މިފަދައިންނެވެ. ”⁠ތިބާ ހެޔޮ އަމަލުތައް ކުރުމުގައި ނުވެ ތިބާގެ އީމާންތެރިކަން އަހަރެންނަށް ސާބިތުކޮށްދީބަލާށޭ. އަދި އަހަރެންގެ އީމާންތެރިކަން އަހަރެންގެ ހެޔޮ އަމަލުތަކުން ތިބާއަށް އަހަރެން ސާބިތުކޮށްދޭނަމޭ.


އެއަށް ފަހު ތަޚުތުކޮޅުން މިފަދައިން އަޑެއް އިވިގެން ދިޔައެވެ. ”⁠އަހަރެމެންގެ ރަސްކަލާނގެ ކިބަފުޅަށް ޙަމްދުކުރޭ! އެކަލާނގެ އެންމެހައި ޚާދިމުންނާއި، އެކަލާނގެ އަށް ބިރުވެތިވާ ފަރާތްތަކުގެ ތެރެއިން އެންމެ ދަށް ފަރާތްތަކުން ފެށިގެން އެންމެ މަތިވެރި ފަރާތްތައް!⁠“


އެކަމަކު ޞަމޫއީލްގެފާނު ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެއަށް ޤުރުބާންކޮށް ވެދުން ހުށަހެޅީމަ އެކަލާނގެ މާބޮޑު އުފާފުޅެއް ވޭތަ؟ އެކަލާނގެއަށް ޤުރުބާނީއެއް ހުށަހެޅުމަށް ވުރެން އެކަލާނގެއަށް މުހިންމީ ކިޔަމަންތެރިކަން. ފިރިހެން ކަންބަޅިއެއްގެ ބޮޑު ސަރުބީގަނޑެއް އަންދައި އެކަލާނގެ އަށް ކުރާ ވެދުމަކަށް ވުރެން އެކަލާނގެއަށް ކިޔަމަންތެރިކަން އަދާ ކުރުން މާ މުހިންމު.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ