ފެށުން 22:1 - ކިތާބުލް މުޤައްދަސާ1 މި ހިނގާދިޔަ ކަންތައްތަކަށް ފަހު މާތްކަލާނގެ އިބްރާހީމްގެފާނުގެ އީމާންތެރިކަމާއި ކިޔަމަންތެރިކަން އިމްތިޙާނު ކުރެއްވުމުގެ ގޮތުން އިބްރާހީމްގެފާނަށް ވަޙީ ކުރެއްވިއެވެ. ”އިބްރާހީމް.“ އެ ހިނދު އިބްރާހީމްގެފާނު ޖަވާބު ދެއްވިއެވެ. ”މާތްރަސްކަލާކޯ. އަޅާ ޙާޟިރުވެ ހުރީމު.“ အခန်းကိုကြည့်ပါ။ |
ދެން އިސްޙާޤުގެފާނު ވިދާޅުވިއެވެ. ”ބައްޕާފުޅާ، އަޅުގަނޑުމެންގެ އަތުގައި ދަރާއި އަނގުރު އަލިފާން އެބަހުރި. ނަމަވެސް ޤުރުބާނުގެ ގޮތުގައި އަންދާލެވޭ ކަންބަޅި ކޮބައިތޯ؟“ އިބްރާހީމްގެފާނު ޖަވާބު ދެއްވިއެވެ. ”މަގޭ ދަރިފުޅާ، ޤުރުބާން ކުރައްވާނޭ ކަންބަޅިއެއް މާތްކަލާނގެ މެދުވެރި ކުރައްވާނެ.“ އެއަށް ފަހު އެދެބަފައިކަލުން އެކުގައި ހިންގަވާ ވަޑައިގެންނެވިއެވެ.
އެބައިމީހުން އެސަރަހައްދަށް ދިޔުމަށް ފަހު ޔޫސުފުގެފާނުގެ ބަފައިކަލުން ޔަޢުޤޫބުގެފާނު އެކަލޭގެފާނަށް މިފަދައިން ވިދާޅުވިއެވެ. ”ތިބާގެ އަޚުން ގޮސްވީ ޝަކީމް އާއި ކައިރި ސަރަހައްދެއްގައި ކަންބަޅިތަކާއިގެން ހުއިހެއްޕެވުމަށް. އަހަރެން ބޭނުން ވަނީ ތިބާ އެބައިމީހުންގެ ގާތަށް ޒިޔާރަތްކުރުމަށް.“ ޔޫސުފުގެފާނު ޖަވާބުގައި ދެންނެވިއެވެ. ”އަޅުގަނޑު ދިއުމަށް ތައްޔާރުގައި ހުރީމު.“
އިބްރާހީމްގެފާނަށް މާތްރަސްކަލާނގެ ވަޢުދުކުރައްވާފައި ވަނީ އެކަލޭގެފާނުގެ ދަރިކަލުން އިސްޙާޤުގެފާނުގެ ކިބައިން އެކަލޭގެފާނުގެ ދަރިކޮޅު ދެމިގެންދާނެ ކަމަށެވެ. އެކަލޭގެފާނު އިމްތިޙާނު ކުރެވުނު ހިނދު އެކަލޭގެފާނުގެ ހަމައެކަނި ދަރިކަލުން އިސްޙާޤުގެފާނު ޤުރުބާން ކުރައްވަން ޖެހިލުންވެ ވަޑައިނުގަތީ އެކަލޭގެފާނުގެ ކިބައިގައިވާ އީމާންތެރިކަމުގެ ސަބަބުންނެވެ.
އަހަރެމެންގެ ކާބަފައިކަލުން އިބްރާހީމްގެފާނާއިމެދު މާތްރަސްކަލާނގެ އެދިވޮޑިގެންނެވީ ކިހިނަކުންކަން ތިބާ ހަނދާން އެބަހުރިތަ؟ އެއީ އެކަލޭގެފާނުގެ ޞާލިޙު އަމަލުފުޅުން. އެއީ އެކަލޭގެފާނުގެ ދަރިކަލުން އިސްޙާޤުގެފާނު މާތްރަސްކަލާނގެ ވަޙީބަސްފުޅާއި އެއްގޮތްވާ ގޮތުގެ މަތިން މުޤައްދަސް އަށިމަތީގައި ޤުރުބާނަށް ހުށަހެޅުއްވުން ވެސްމެ.
ތިޔަބައިމީހުންގެ ހުރި އީމާންތެރިކަމެއްގެ ޙަޤީޤަތް ސާބިތުވާނީ މިފަދަ އިމްތިޙާނުތަކުންނެވެ. އެހެނީ ރަން ވެސް އޭގައި ހުންނަ ނުސާފުކަން ސާފުކުރުމަށް އަލިފާނަށް ލާން ޖެހެއެވެ. ތިޔަބައިމީހުންގެ އީމާންތެރިކަން ފަނާވެދާނެ ރަނަށް ވުރެން އަގު ބޮޑެވެފައި މާ މުހިންމު ކަމަށް ވާތީ އެވެ. އެއީ އީސާ އަލްމަސީޙު ފާޅުވެވަޑައިގަންނަވާ ދުވަހު ތިޔަބައިމީހުންނަށް ވެސް އެކަލޭގެފާނުގެ ތާރީފާއި ޖަލާލަތާއި އިއްޒަތުގައި ޝާމިލު ވުމުގެ ޙައްޤު ލިބިގެންދާނެ ގޮތް ވުމަށްޓަކައެވެ.