Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 21:9 - ކިތާބުލް މުޤައްދަސާ

9-10 އެއްދުވަހަކު ހާޖަރުގެ ފިރިހެންދަރިކަލުން އިސްމާޢީލް، އިސްޙާޤާއިއެކުގައި ތޮޅެސަމާސާ ކުރަނިކޮށް ސާރާއަށް ފެނިވަޑައިގަތެވެ. އަދި ސާރާ އިބްރާހީމްގެފާނަށް ދެންނެވިއެވެ. ”⁠މިޞްރުގެ މި ޖާރިޔާ އާއި އޭނާގެ ދަރި ފޮނުވާލައްވާ! އަދި އޭނާގެ ދަރިއަށް ތަރިކަ މުދަލުން އެއްވެސް މިންވަރެއް ވެސް ދެއްވައިގެން ނުވާނެ. އެންމެހާ ތަރިކަ މުދަލެއް ލިބެން ޖެހޭނީ އަހަރެންގެ ދަރިފުޅު އިސްޙާޤަށް.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 21:9
19 ပူးပေါင်းရင်းမြစ်များ  

އަބްރާމްގެ އަނބި ސާރާއީއަށް ދަރިއަކު ލިބުން ވަނީ ނުކުޅެދިފައެވެ. އޭރު ސާރާއީގެ އަޅު އަންހެނުންގެ ތެރޭގައި ހާޖަރުއޭ ކިޔުނު މިޞްރުގެ އަޅުއަންހެނަކު ވިއެވެ. ސާރާއީ އަބްރާމްއަށް ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެ އަހަރެންނަށް ދަރިއަކު ނުދެއްވި. ވީއިރު އަހަރެންގެ އަޅު އަންހެން ކުއްޖާ އާއިއެކު ރޭކުރައްވާ. އޭރުން އޭނާގެ ފުށުން އަހަންނަށް ދަރިއަކު ލިބިދާނެ.⁠“ އަބްރާމް އާއި ސާރާއީ މިކަމަށް އެއްބަސްވެ ވަޑައިގަތެވެ.


އަބްރާމްގެ އުމުރުފުޅުން އަށްޑިހަ ހަ އަހަރުގައި ހާޖަރު ފިރިހެން ދަރިއަކު ވިހައިފިއެވެ. އެ ދަރިފުޅުއަށް އިސްމާޢީލްގެ ނަމުން ނަންދެވުނެވެ.


އިސްމާޢީލްއާ މެދު ތިބާ ބުނިބަސްތައް ތިމަންކަލާނގެ އަޑު އެއްސެވީމު. ތިމަންކަލާނގެ ރަޙުމަތް އޭނާއާ އެކުގައި ވާނެ. އަދި ގިނަ ދަރިންތަކެއް އޭނާއަށް ދެއްވައި ގިނަ ދަރިފަސްކޮޅެއް ދެއްވާނަން. ބާރަ ރަސްދަރިކަލުންގެ ބަފައެއް ކަމުގައި އޭނާ ލައްވާނަން. އަދި އޭނާގެ ދަރިފަސްކޮޅުން ފުރިހަމަ ވެގެންވާ ޤައުމެއް ގާއިމުވާނެ.


އިސްޙާޤުގެފާނު ކިރުތުނބުން ވީއްލައި ކައިބޮއި އުޅެވެން ފެށުމުން އެކަން ފާހަގަ ކުރެއްވުމުގެ ގޮތުން އިބްރާހީމްގެފާނު ވަރަށް ބޮޑު ޖާފަތެއް ދެއްވިއެވެ.


ކުދިންގެ އަމަލުތަކުން ވެސް އެކުދިންނަކީ ތެދުވެރި ރަނގަޅު ބައެއް ކަން އެނގިގެންދާނެއެވެ.


ޖެއްސުން ކުރާ މީހާ ދުރަށްލާށެވެ. އޭރުން އަރައިރުން ހުއްޓިދާނެއެވެ. ޒުވާބު ކުރުމާއި ހަޑިއެއްޗެހި ކިއުން އޭރުން ފިލައިގެން ދާނެއެވެ.


ލިޔެވިގެންވެއެވެ. އިބްރާހީމްގެފާނަށް ދެ ދަރިކަލުން ލިބިވަޑައިގެންނެވިއެވެ. އޭގެން އެއްދަރިކަލެއްގެ މަންމައަކީ އެކަލޭގެފާނުގެ އަޅެކެވެ. އަދި އަނެއް ދަރިކަލުންގެ މަންމައަކީ މިނިވަނެކެވެ.


އަޅު އަންހެނަކަށް އިންސާނީ ހަމަތަކުން އުފަންވި ދަރިކަލުން، މާތްރަސްކަލާނގެ ކުރެއްވި ވަޢުދުފުޅުގެ ސަބަބުން އުފަންވި ދަރިކަލުންނާ ދެކޮޅުވެ އަނިޔާވެރިވިއެވެ. ހަމަ އެފަދައިން އަމުރުފުޅުތަކާއި ގަވާއިދުގެ ދަށުގައިވާ މީހުން، އަހަރެމެން މާތްރަސްކަލާނގެ މާތްރޫޙުފުޅު ލިބުމުގެ ސަބަބުން އުފަންވެފައިވާ މީހުންނާއި ވެސް، ދެކޮޅުވެރިވެ އަނިޔާވެރިވެއެވެ.


އަނެއް ބަޔަކަށް މަލާމާތް ރައްދު ކުރެވި ހަންމުށިތަކުން ތެޅެވި އަނެއް ބަޔަކު ޗޭނުޖެހި ހުރަގެތަކަށް ގެންދެވުނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ