ފެށުން 21:5 - ކިތާބުލް މުޤައްދަސާ5 އިބްރާހީމްގެފާނަށް އިސްޙާޤުގެފާނު ލިބިވަޑައިގެންނެވީ އެކަލޭގެފާނުގެ އުމުރުފުޅުން ސަތޭކަ އަހަރުގައެވެ. အခန်းကိုကြည့်ပါ။ |
އިބްރާހީމްގެފާނު ބިންމަތީ މޫނުފުޅު ޖައްސަވައި މާތްކަލާނގެ ކިބަފުޅަށް ސަޖިދަ ކުރެއްވިއެވެ. އެ ހިނދު އެކަލާނގެ ވަޙީބަސްފުޅު އެކަލޭގެފާނަށް ދޭހަވެ ރަނގަޅަށް އޮޅުންފިލާ ވަޑައިގަތުމުން ހިނިފުޅުވެޑުވުނެވެ. އެވަގުތު އެކަލޭގެފާނުގެ ހިތްޕުޅަށް އަރާވަޑައިގަތެވެ. ”ގަރުނަކަށް ވުރެ ގިނަދުވަސް ވެފައިވާ ފިރިހެނަކަށް ދަރިއަކު ލިބިދާނެތަ؟ ސާރާގެ އުމުރުން ނުވަދިހަ އަހަރުގައި އެކަމަނާއަށް ދަރިއަކު ލިބިދާނެތަ؟“ ދެން އެކަލޭގެފާނު މާތްކަލާނގެއަށް ދެންނެވިއެވެ. ”އިނބަރަސްކަލާނގެ ވަޢުދުފުޅާއި އެއްގޮތަށް އިސްމާޢީލްއަކީ އަޅުގެ ހުރިހާ ތަކެއްޗެއްގެ މިލްކުވެރިއަކަށް ހެއްދަވަންވީ ނޫންތޯ؟“
ދެވަނަ ދަރިފުޅާއިގެން ރައްކާވެ ވަޑައިގެންނެވި ހިނދު އެ ދަރިކަލުން އޮންނެވީ ދޮށީ ދަރިކަލުން ޢީސޫގެ ފުންނާބުގައި ވަރަށް ބާރަށް ހިފަހައްޓައިގެންނެވެ. އެދަރިފުޅަށް ޔަޢުޤޫބުއޭ ކިޔައި ނަން ދެއްވިއެވެ. އިސްޙާޤުގެފާނަށް މި ދެދަރިކަލުން ލިބިވަޑައިގެންނެވީ އެކަލޭގެފާނުގެ އުމުރުފުޅުން ފަސްދޮޅަސް އަހަރު ގައެވެ.