Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 21:4 - ކިތާބުލް މުޤައްދަސާ

4 އެދަރިކަލުންގެ އުމުރުފުޅުން އަށްވަނަ ދުވަހު މާތްކަލާނގެ ވަޙީ ކުރެއްވި ގޮތުގެ މަތިން އިބްރާހީމްގެފާނު އެދަރިކަލުން ޚިތާނު ކުރެއްވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 21:4
9 ပူးပေါင်းရင်းမြစ်များ  

އެކަމަކު ކަލޭމެންގެ ތެރޭގައި އުޅޭ ބީރައްޓެއްސަކު މި ޢީދުގައި ބައިވެރިވާން ބޭނުންނަމަ އެމީހެއްގެ ގޭބިސީގައި އުޅޭ ހުރިހާ ފިރިހެނުން ޚިތާނު ކުރަން ވާނެ. އޭރުން އިސްރާއީލުގެ އުފަން މީހެއް ފަދައިން އޭނާއަށް ވެސް އެ ޢީދުގައި ބައިވެރި ވެވޭނެ. ޚިތާނު ނުކުރެވޭ އެއްވެސް ފިރިހެނަކު، ފަހަނަޅައި ދިއުމުގެ ޢީދުގެ ކެއުމުގައި ބައިވެރިވެގެން ނުވާނެ.


އެމީހުންގެ އާދަކާދަތަކާއި އެއްގޮތުގެ މަތިން އަށްދުވަސްވީ ދުވަހު އެމީހުން ކުއްޖާ ޚިތާނު ކުރުމަށާ ނަންދިނުމަށްޓަކައި އައެވެ. އެމީހުން އެލިޒަބަތު ކުރެން އެހިއެވެ. ”⁠މިކުއްޖާގެ ނަމަކީ ޒަކަރިއްޔާ ދޯ؟⁠“


ޒަކަރިއްޔާ އާއި އޭނާގެ އަންހެނުން އެލިޒަބަތަކީ މަތިވެރި މާތްރަސްކަލާނގެ އަމުރުފުޅުތަކާއި ގަވާއިދުތަކަށް ކިޔަމަންވާ ތެދުވެރިކަމާއިއެކު އެކަންތައްތައް އަދާކުރަމުން ދާ ބަޔެކެވެ. އެދެމީހުންގެ މައްޗަށް މާތްރަސްކަލާނގެ ރުހިވޮޑިގެން ވިއެވެ.


މޫސާގެފާނު މެދުވެރިކޮށް މާތްރަސްކަލާނގެ އަންގަވައިފައި ވަނީ ކޮންމެ ފިރިހެން ކުއްޖަކު ވެސް ދުނިޔެއަށް އަންނަތާ އަށްވަނައަށް ވާދުވަހު ޚިތާނު ކުރުމަށެވެ. އެގޮތުން އީސާގެފާނު ދުނިޔެއަށް ވަޑައިގަތްތާ އަށްވަނަ ދުވަހު އެކަލޭގެފާނު ވެސް ޚިތާނު ކުރެއްވުނެވެ. އެދުވަހު އެކަލޭގެފާނަށް ނަން ވެސް ދެއްވުނެވެ. އެކަލޭގެފާނަށް ދެއްވުނު ނަންފުޅަކީ އެކަލޭގެފާނު އުފަންވުމުގެ ކުރިން ޖިބުރީލުގެފާނު މެދުވެރިކޮށް މާތްރަސްކަލާނގެ އެކަލޭގެފާނަށް ދެއްވާފައިވާ ނަންފުޅު ކަމުގައި ވީ އީސާ މިނަންފުޅެވެ.


މާތްރަސްކަލާނގެ އިބްރާހީމްގެފާނަށް އެންގެވި. ’⁠ތިމަންކަލާނގެއާއި ކަލެއާއި ދެމެދު މި ކުރެވުނު ޢަހުދުނާމާ ހަނދާން ހުރިކަމާއި އަދި އެ ޢަހުދުނާމާގައި ކަލޭ އެއްބަސްވެފައިވާ ކަން ހާމަކުރުމަށްޓަކައި ކަލޭމެންގެ ހުރިހާ ފިރިހެންދަރިން ޚިތާނު ކުރަން ޖެހޭނޭ.⁠‘ އެހެން ކަމުން އިބްރާހީމްގެފާނު އެކަލޭގެފާނުގެ ދަރިކަލުން އިސްޙާޤުގެފާނުގެ އުމުރުފުޅުން އަށްވަނައަށް ވީ ދުވަހު އެދަރިކަލުން ޚިތާނު ކުރެއްވި. އަދި ފަހުން އިސްޙާޤުގެފާނު އެކަލޭގެފާނުގެ ދަރިކަލުން ޔަޢުޤޫބުގެފާނު ޚިތާނު ކުރެއްވި. އަދި ޔަޢުޤޫބުގެފާނު ވެސް އެކަލޭގެފާނުގެ ބާރަ ފިރިހެން ދަރިކަލުން ޚިތާނު ކުރެއްވި. މިއީ އަހަރެމެންގެ ދަރިކޮޅުގެ މަޝްހޫރު ބާރަ ކާބަފައިކަލުން.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ