ފެށުން 21:34 - ކިތާބުލް މުޤައްދަސާ34 އިބްރާހީމްގެފާނު ބިދޭސީއެއްގެ ގޮތުގައި ގިނަ ޒަމާންތަކެއް ވަންދެން ފިލިސްޠީނުގެ ސަރަހައްދުގައި ދިރިއުޅުއްވިއެވެ. အခန်းကိုကြည့်ပါ။ |
މާތްރަސްކަލާނގެއަށް އީމާންތެރިކަން މަތީ ތިއްބެވި އެ އެންމެ ބޭކަލުން އަވަހާރަވެ ދިޔައީ އެބޭކަލުންގެ ޙަޔާތްޕުޅުގައި އެބޭކަލުންނަށް ވަޢުދުކުރެވުނު އެއްޗެއް ލިބިވަޑައި ނުގެން ކަމުގައި ވިޔަސް އެބޭކަލުންގެ އީމާންތެރިކަމެއް ދުލެއް ނުކުރައްވައެވެ. އެހެނީ އެބޭކަލުންނަށް ވަޢުދު ކުރެއްވުނު ހުރިހާ ތަކެއްޗެއް ފެނިވަޑައިގެންފައެއް ނުވެއެވެ. އެކަންތައް އެބޭކަލުންނަށް ފެނިވަޑައިގަތީ ދުރުދުރުންނެވެ. އެހެންނަމަވެސް އެބޭކަލުން އެތަކެއްޗަށް މަރުހަބާ ވިދާޅުވިއެވެ. އެބޭކަލުން ދުނިޔެ މަތީގައި އުޅުއްވާފައި ވަނީ ބީރައްޓެހިންނާއި ރެފިއުޖީންގެ ގޮތުގައި ކަމަށް އެމީހުން އެއްބަސްވިއެވެ.
އިބްރާހީމްގެފާނު، ވަޢުދު ކުރެއްވުނު ޤައުމުގައި ބީރައްޓެއްސެއްގެ ގޮތުގައި އުޅުއްވީވެސް އެކަލޭގެފާނުގެ އީމާންތެރިކަމުގެ ސަބަބުންނެވެ. އެރަށުގައި އެކަލޭގެފާނު ދިރި އުޅުއްވީ ފޭލިގެގަނޑެއްގައެވެ. ޔަޢުޤޫބުގެފާނާއި އިސްޙާޤުގެފާނު ވެސް އުޅުއްވީ އެފަދަ ހާލުކޮޅެއްގައެވެ. އެ ދެބޭކަލުންނަށް ވެސް ވަނީ ހަމަ އެއް ވަޢުދުފުޅެއް ކުރައްވާފައެވެ.
މަގޭ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. މިދުނިޔޭގައި ތިޔަބައިމީހުންނީ ބީރައްޓެހި އަދި ބިދޭސީންގެ ގޮތުގައި ވީ ބައެކެވެ. އެހެންވީމާ، ޖިސްމާނީ ފާހިޝް ހުރިހާ އެދުންތަކުން ދުރުހެލިވެ ތިބުމަށް އަހަރެން ތިޔަބައިމީހުންނަށް އެދެމެވެ. ސަބަބަކީ ތިޔަބައިމީހުންގެ ފުރާނައާއި ދެކޮޅަށް އެފަދަ ކަންތައްތައް ހަނގުރާމަ ކުރާނެކަމެވެ.