Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 21:33 - ކިތާބުލް މުޤައްދަސާ

33 އިބްރާހީމްގެފާނު ސަރްމަދީ ގަހެއް ބިއުރުސަބްޢަގައި އިންދެވިއެވެ. އެއަށް ފަހު އެކަލޭގެފާނު އެތަނުގައި މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާ ކުރެއްވިއެވެ. އެކަލާނގެއީ ދާއިމަށް ދިރިދެމި ވޮޑިގެންވާ ރަސްކަލާނގެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 21:33
22 ပူးပေါင်းရင်းမြစ်များ  

އެތަނުން އަބްރާމް ބައިތުއީލްގެ އިރުމަތީގައިވާ ފަރުބަދަތަކުގެ ސަރަހައްދަށް ވަޑައިގެންނެވިއެވެ. އަދި އެތަނުގައި އެކަލޭގެފާނުގެ ފޭލިގެ ޖެއްސެވިއެވެ. އެފޭލިގެ ޖެއްސެވީ އެފޭލިގޭގެ ހުޅަނގަށް ބައިތުއީލް ވާ ގޮތަށް އަދި އިރުމައްޗަށް ޢާއްޔަ އޭކިޔުނު ރަށް ވާގޮތަށެވެ. އެތަނުގައި ވެސް އަބްރާމް ހިލަފުންޏެއް އެއްކުރައްވައި މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރު ދެންނެވިއެވެ.


އިބްރާހީމްގެފާނާއި އަބީމާލިކު ބިއުރުސަބްޢަގައި ވެވުނު އެއްބަސްވުމަށް ފަހު އަބީމާލިކު އާއި އޭނާގެ ސިފައިންގެ ވެރިޔާ ފީކޫލް އެނބުރި ދިޔައީ ފިލިސްޠީނުގެ ސަރަހައްދަށެވެ.


އެއަށް ފަހު އިސްޙާޤުގެފާނު އެސަރަހައްދު ދޫކުރައްވައި ބިއުރުސަބްޢައަށް ވަޑައިގަތެވެ.


އިސްޙާޤުގެފާނު އެތަނުގައި ޤުރުބާން ކުރުމަށްޓަކައި ޚާއްސަ އައްޓެއް ހެއްދެވުމަށް ފަހު މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރެއްވިއެވެ. އަދި އެއަށް ފަހު އެތަނުގައި މަޑުކުރައްވައި ފޭލިގެ ޖެއްސެވިއެވެ. އަދި އެކަލޭގެފާނުގެ ޚާދިމުން ލައްވާ އެތަނުގައި އިތުރު ވަޅެއް ކޮންނެވިއެވެ.


އެހެންވެ އިސްޙާޤުގެފާނު އެވަޅަށް ޝިބްޢާ ގެ ނަމުން ނަން ދެއްވިއެވެ. އަދި މިއަދާއި ހަމައަށް ވެސް އެ ވަޅު ހުރި އެވަށުގެ ނަމަކީ ބިއުރުސަބްޢަ އެވެ.


ޝީޘްގެފާނަށް ވެސް ފިރިހެންދަރިކަލަކު ލިބިވަޑައިގެންނެވިއެވެ. އެކަލޭގެފާނު އެދަރިކަލުންނަށް ދެއްވި ނަމަކީ އަނޫޝްއެވެ. އެދުވަސްވަރު އިންސާނުން މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރުމުގައި ޔަހޫވޭ މި ނަންފުޅުން މުޚާތަބު ކުރަން ފެށިއެވެ.


މާތްރަސްކަލާނކޮ! އިނބަރަސްކަލާނގެއަކީ ދާއިމަށް ދިރި ދެމިވޮޑިގެންވާ ރަސްގެފާނު!⁠“


އަހަރެންގެ ދުޢާއަކީ ޖަލާލަތާއި ޝަރަފު އަބަދަށްޓަކައި އަހަރެމެންގެ ހަމައެކަނި ކަލާނގެއަށް ލެއްވުމެވެ. އެކަލާނގެއީ އަބަދަށް ދެމިވޮޑިގެންވާ ޣައިބުވަންތަ ދާއިމަށް ރަސްކަމުގައި ވޮޑިގެންވާ ކަލާނގެއެވެ. އާމީން!


އީސާ އަލްމަސީޙަކީ އިއްޔެއާއި އަދި މިއަދު ވެސް އަދި ތާއަބަދުވެސް ބަދަލެއް ނުވެ ހުންނަވާނެ ބޭކަލެކެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ