Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 21:31 - ކިތާބުލް މުޤައްދަސާ

31 އެގޮތުން އެ ވަޅު ހުރިތަނަށް ބިއުރުސަބްޢައޭ ކިޔައި ނަން ދެވުނެވެ. އެއީ އެ ދެބޭކަލުންގެ މެދުގައި ވެވުނު މި މުޢާހަދާގެ އެއްބަސްވުން އެތަނުގައި ކުރެވުނީމައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 21:31
14 ပူးပေါင်းရင်းမြစ်များ  

އޭގެ އަނެއްދުވަހު ވަރަށް ހެނދުނުގެ ވަގުތެއްގައި ކެއިންބުއިމަށް ބޭނުންވާނޭ ތަކެއްޗާއި ޖަނަވާރުގެ ހަމުން ހަދާފައިވާ ހަމެއްގެފުރާ ފެންއެޅުމަށް ފަހު އިބްރާހީމްގެފާނު އެހަން ހާޖަރުގެ ކޮނޑަށް ލައްވައި ދެއްވިއެވެ. އެއަށް ފަހު އިސްމާޢީލްގެފާނާއި ދެމައިން އެގެއިން ފޮނުއްވާލެއްވިއެވެ. ދެން އެ ދެމައިން ވަކި މިޞްރާބެއްނެތި ބިއުރުސަބްޢައާ ކައިރީގައިވާ ސަހަރާތެރޭގައި ހިނގަމުން ދިޔައެވެ.


އިބްރާހީމްގެފާނާއި އަބީމާލިކު ބިއުރުސަބްޢަގައި ވެވުނު އެއްބަސްވުމަށް ފަހު އަބީމާލިކު އާއި އޭނާގެ ސިފައިންގެ ވެރިޔާ ފީކޫލް އެނބުރި ދިޔައީ ފިލިސްޠީނުގެ ސަރަހައްދަށެވެ.


އެއަށް ފަހު އިސްޙާޤުގެފާނު އެސަރަހައްދު ދޫކުރައްވައި ބިއުރުސަބްޢައަށް ވަޑައިގަތެވެ.


އޭގެ އަނެއް ދުވަހުގެ ހެނދުނު އެރަސްގެފާނާއި އެކަލޭގެފާނާއި ދެމެދު ޢަހުދު ކުރައްވައި އެއްބޭކަލަކު އަނެއްބޭކަލަކަށް ސުލްޙައިގެ މުޢާހަދާ ކަށަވަރު ކުރެއްވިއެވެ. ދެން ސުލްޙަވެރި ކަން މަތީ އެބޭކަލުން އެރަށުން އެނބުރި ވަޑައިގެންފިއެވެ.


އެހެންވެ އިސްޙާޤުގެފާނު އެވަޅަށް ޝިބްޢާ ގެ ނަމުން ނަން ދެއްވިއެވެ. އަދި މިއަދާއި ހަމައަށް ވެސް އެ ވަޅު ހުރި އެވަށުގެ ނަމަކީ ބިއުރުސަބްޢަ އެވެ.


ޔަޢުޤޫބުގެފާނު (އިސްރާއީލުގެފާނު) އެކަލޭގެފާނުގެ އެންމެހާ މުދަލަކާއިގެން މިޞްރަށް ވަޑައިގަތުމަށް ދަތުރު ފެއްޓެވިއެވެ. ދަތުރުގެ މަގުމަތީގައި އެކަލޭގެފާނު ބިއުރުސަބްޢައަށް ވަޑައިގަންނަވައި އެކަލޭގެފާނުގެ ބަފައިކަލުން އިސްޙާޤުގެފާނުގެ މަތިވެރި ރަސްކަލާނގެ މާތްކަލާނގެ ކިބަފުޅަށް ޤުރުބާން ހުށަހެޅުއްވިއެވެ.


އަހަރެންގެ ލަފަޔަކީ ކަލޭގެފާނު އިސްރާއީލާއި ދާނުން ފެށިގެން ބިއުރުސަބްޢައާ ދެމެދުގެ އެންމެން އެއްކުރައްވައިގެން ވަޑައިގަތުން. އެއީ ގޮނޑުދޮށުގައިވާހައި ދޮންވެލިފުއްހާ ގިނަ ބައެއް. އެ އެންމެން ގޮވައިގެން ކަލޭގެފާނު ވަޑައިގަތުން.


އެމީހުން ޞޫރުގެ ކިއްލާއަށް ވެސް ދިޔައެވެ. އަދި ޙިއްވީންނާއި ކަންޢާނުގެ ހުރިހާ އަވަށަކަށް ދިޔައެވެ. އޭގެ ފަހުން ޔަހޫޛާގެ ދެކުނު އަވަށް ކަމަށްވާ ބިއުރުސަބްޢައަށް ވެސް ހިނގައްޖެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ