Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 21:3 - ކިތާބުލް މުޤައްދަސާ

3 އަދި ސާރާއަށް ލިބިވަޑައިގަތް ދަރިކަލުންނަށް އިސްޙާޤުއޭ ކިޔައި އިބްރާހީމްގެފާނު ނަން ދެއްވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 21:3
11 ပူးပေါင်းရင်းမြစ်များ  

އެއާއިއެކު މާތްކަލާނގެ ވަޙީބަސްފުޅު އެކަލޭގެފާނަށް އިވިވަޑައިގަތެވެ. ”⁠ނޫން! ތިބާގެ އަންހެނުން، ސާރާއަށް ފިރިހެން ދަރިއަކު ލިބޭނެ. އެ ދަރިއަށް އިސްޙާޤުގެ ނަމުން ނަންދީ. ތިމަންކަލާނގެ މި ޢަހުދުނާމާ އެ ދަރިއާއި އެ ދަރީގެ ދަރިފަސްކޮޅާ އެކުގައި އަބަދަށް ދެމިގެންވާނެ. މި ޢަހުދުނާމާކީ އަބަދަށް ދެމިގެންދާނެ އެއްބަސްވުމެއް.


ތިމަންކަލާނގެއާ ތިބާއާ ދެމެދު ކުރެވޭ ޢަހުދުނާމާ ދަމަހައްޓާނީ މި އަންނަ އަހަރުގެ މިހާތަނުގައި ތިބާގެ އަންހެނުން، ސާރާއަށް ލިބޭ ދަރި އިސްޙާޤު.⁠“


ނަމަވެސް މާތްކަލާނގެ އިބްރާހީމްގެފާނަށް ވަޙީކުރެއްވިއެވެ. ”⁠ތިދަރިފުޅާއި މެދު އަދި ތިބާގެ ޖާރިޔާއާއި މެދު ކަންބޮޑު ނުވޭ! ސާރާ އެ ބުނި ފަދައިން ކަންތައް ކުރޭ. ތިމަންކަލާނގެ ވަޢުދުވެވަޑައިގެންނެވި ފަދައިން ތިބާއަށް ދަރިފަސްކޮޅެއް ދެއްވާނީ އިސްޙާޤުގެފާނު މެދުވެރިކޮށް.


އަދި ސާރާ ވިދާޅުވިއެވެ. ”⁠މާތްކަލާނގެ އަހަރެންނަށް ހުނުމުގެ އުފާވެރިކަން ދެއްވައިފި. މިވާހަކަ އަޑުއެހި ކޮންމެ މީހަކުމެ އަހަރެންނާއި އެކުގައި މި ހުނުމުގެ އުފަލުގައި ބައިވެރިވާނެ.


ދެން މާތްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠ތިބާއަށް ތިމަންކަލާނގެ ވަޢުދުކުރެއްވި ތިބާގެ އެންމެ ލޯބިވާ ހަމައެކަނި ދަރިފުޅު އިސްޙާޤު ތިބާއާ އެކުގައި މޫރިއްޔާ ސަރަހައްދަށް ގެންދޭ. އެތަނުގައިވާ ފަރުބަދަތަކުން ފަރުބަދައެއްގެ މަތީގައި ތިމަންކަލާނގެއަށް ހުށަހެޅޭ ޤުރުބާނެއްގެ ގޮތުގައި އެދަރިފުޅު އަންދާލާ. އެއީ ކޮން ފަރުބަދައެއްކަން ތިމަންކަލާނގެ އަންގަވާނަން.⁠“


މިއީ އިބްރާހީމްގެފާނުގެ ދަރިކަލުން އިސްޙާޤުގެފާނުގެ ދަރިފަސްކޮޅު އުފެދިގެން ދިޔަގޮތުގެ ވާހަކައެވެ.


އިބްރާހީމްގެފާނީ އިސްޙާޤުގެފާނުގެ ބަފައިކަލުންނެވެ. އިސްޙާޤުގެފާނީ ޔަޢުޤޫބުގެފާނުގެ ބަފައިކަލުންނެވެ. ޔަޢުޤޫބުގެފާނީ ޔަހޫޛާ އާއި އޭނާގެ އަޚުންގެ ބަފައިކަލުންނެވެ.


މާތްރަސްކަލާނގެ އިބްރާހީމްގެފާނަށް އެންގެވި. ’⁠ތިމަންކަލާނގެއާއި ކަލެއާއި ދެމެދު މި ކުރެވުނު ޢަހުދުނާމާ ހަނދާން ހުރިކަމާއި އަދި އެ ޢަހުދުނާމާގައި ކަލޭ އެއްބަސްވެފައިވާ ކަން ހާމަކުރުމަށްޓަކައި ކަލޭމެންގެ ހުރިހާ ފިރިހެންދަރިން ޚިތާނު ކުރަން ޖެހޭނޭ.⁠‘ އެހެން ކަމުން އިބްރާހީމްގެފާނު އެކަލޭގެފާނުގެ ދަރިކަލުން އިސްޙާޤުގެފާނުގެ އުމުރުފުޅުން އަށްވަނައަށް ވީ ދުވަހު އެދަރިކަލުން ޚިތާނު ކުރެއްވި. އަދި ފަހުން އިސްޙާޤުގެފާނު އެކަލޭގެފާނުގެ ދަރިކަލުން ޔަޢުޤޫބުގެފާނު ޚިތާނު ކުރެއްވި. އަދި ޔަޢުޤޫބުގެފާނު ވެސް އެކަލޭގެފާނުގެ ބާރަ ފިރިހެން ދަރިކަލުން ޚިތާނު ކުރެއްވި. މިއީ އަހަރެމެންގެ ދަރިކޮޅުގެ މަޝްހޫރު ބާރަ ކާބަފައިކަލުން.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ