Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 21:27 - ކިތާބުލް މުޤައްދަސާ

27 ދެން އިބްރާހީމްގެފާނު އެކަލޭގެފާނުގެ އަތްޕުޅުގައި ވީ ބައެއް ކަންބަޅި ބަކަރިއާއި ގޮންގަނޑުގެރި އަބީމާލިކުއަށް ދެއްވިވެއެވެ. އެއަށް ފަހު ސުލްޙައިގެ މުޢާހަދާއެއް އެ ދެބޭކަލުން ކުރެއްވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 21:27
15 ပူးပေါင်းရင်းမြစ်များ  

މި ހަނގުރާމައިން ސަލާމަތްވި މީހަކު ހިނގާދިޔަ ކަންތަކުގެ ވާހަކަ އަބްރާމްއަށް ކިޔައިދިނެވެ. އޭރު ޢިބްރާނީ ދަރިކޮޅުގެ އަބްރާމް ދިރިއުޅެމުން ގެންދަވަނީ އަމޫރީންގެ ގަބީލާގެ މަމްރާއަށް މިލްކުވެގެންވާ ބޮޑު ބިޔަ ގަސްތަކުގެ ތެރޭގައެވެ. މަމްރާ އާއި އޭނާގެ ދެ ކޮއްކޮ އަޝްކޫލް އާއި ޢާނިރު އަކީ އަބްރާމްގެ ބައިވެރިންނެވެ.


އެ ހިނދު އަބީމާލިކު އެކަލޭގެފާނަށް ދެންނެވިއެވެ. ”⁠ތިޔަފަދަކަމެއް ކުރި މީހަކު އަޅުގަނޑަކަށް ނޭނގެ. ކަލޭގެފާނު މީގެކުރިން ތިޔަ ވާހަކައެއް ވިދާޅެއްނުވަމު. އަދި ތިޔަވާހަކަ އަޅުގަނޑު އެހި މިއީ ފުރަތަމަ ފަހަރު ވެސްމެ.⁠“


ދެން އިބްރާހީމްގެފާނު އެކަލޭގެފާނުގެ ޖަނަވާރުތަކުގެ ތެރެއިން އަންހެން ޅަ ކަންބަޅީގެ ހަތްކަންބަޅި ވަކިކުރެއްވިއެވެ.


ވީމާ، ތިބާ އާއި އަހަރެންނާއި ދެމެދުގައި ސުލްޙައިގެ މުޢާހަދާއަކަށް އައުން އަހަރެން އެދެމު. އަދި މި މުޢާހަދާގެ ޝަރުތުތައް މާތްކަލާނގެ ހެކިވަނިވި ގޮތުން ދެފަރާތުން ކުރުމަށް އެއްބަސްވަމު.⁠“


ރިޝްވަތުދޭ މީހާ ހީކުރަނީ އެއީ ޖާދޫގެ ހިލަކޮޅެއް ކަމަށެވެ. ރިޝްވަތު ދިނުމުން އޭނާ ބޭނުންހާ ކަމެއް ވެދާނެ ކަމަށެވެ.


ހަދިޔާއަކީ ދޮރު ހުޅުވައިދޭ އެއްޗެކެވެ. ހަދިޔާތައް، މުހިންމު މީހުންނާ ތިމާ ކައިރިކޮށްދެއެވެ.


ބައެއް ރައްޓެހިންގެ ކިބައިން ލިބެނީ ގެއްލުމެވެ. އަނެއްބައި ރައްޓެހިން ތިމާގެ އެއްބަނޑުމީހާއަށް ވުރެން ގާތްކަން ބޮޑެވެ.


ސިއްރުން ދެވޭ ހަދިޔާއަކުން ރުޅިއައިސް ހުންނަ މީހާގެ ރުޅިވެރިކަން މަތަވެދެއެވެ.


މަގޭ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. އަހަރެން މިބުނި އެއްޗެއްގެ މާނަ ދެނެގަތުމަށް މިފަދަ އާދައިގެ މިސާލަކާ މެދު ވިސްނާ ބަލާށެވެ. މިސާލަކަށް ދެމީހެއްގެ ދެމެދުގައި އެއްބަސްވުމުގެ ގޮތުން ލިޔެވިފައިވާ ޢަހުދުނާމާއެއް އެހެން އެކަކަށް ވެސް އެއަށް ބަދަލު ގެނެސް ބާތިލު ކޮށް ހެދިދާނެ ހެއްޔެވެ؟


ޔޫނަތައިން ދާއޫދުއާ ދެމެދު ޢަހުދު ގާއިމުކޮށްފިއެވެ. އެއީ އޭނާގެ އަމިއްލަ ނަފްސެކޭ އެއްފަދައިން ލޯބިވާތީއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ